Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ލާމަރުކަޒީ ބޮޑު ބަދަލު: ކައުންސިލްތަކުން ކުންފުނި އުފައްދައި، އަންހެނުން އިންތިހާބު ކުރުން ލާޒިމު

23 އެޕްރީލު 2019 | އަންގާރަ 06:22

ކައުންސިލްގެ 33 ޕަސެންޓަކަށް ވާންޖެހޭނީ އަންހެނުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 އެޕްރީލު 2019 | އަންގާރަ 06:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން

ކައުންސިލްތަކުން ކުންފުނި އުފައްދައި، ވިޔަފާރި ކުރެވޭ ގޮތް ހެދުމަށާއި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުމަށް ލާޒިމުވާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހަށް އިއްވައި، ބިލުގެ ބަހުސް އަންގާރަ ދުވަހު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

ސަރުކާރުން ހުށަހެޅި އިސްލާހުގައި ކައުންސިލްތަކަށް އަންހެނުން އިންތިހާބު ކުރުން ލާޒިމުކޮށް، ދައުލަތަށް ނަގާ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް ދިނުމަށާއި ސިޓީ ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާފައިވެއެވެ. އަދި ސިޓީގެ ގޮތުގައި ކަނޑައަޅާ ޝަރުތުތަކަށް ބަދަލު ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް އިނާޔަތް ދިނުމަށާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށް ވެސް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލު:

  1. ކައުންސިލްގެ 33 ޕަސެންޓަކީ އިންތިހާބު ކުރާ އަންހެނުން
  2. ސިޓީގެ އާބާދީ 20،000 ވުރެ އިތުރު ނުވާނަމަ ފަސް ކައުންސިލަރުން
  3. 30،000 ވުރެ އިތުރު ނުވާނަމަ ހަތް ކައުންސިލަރުން
  4. ސިޓީއެއްގައި ވަކި ރަށްތަކެއް ހިމެނޭނަމަ، ރަށަކުން ކައުންސިލަރެއް
  5. އަންހެނުންގެ ކޮމެޓީތަކަށް އުޖޫރަ ދިނުން
  6. އޭލްޖީއޭގެ މެމްބަރުންގެ އަދަދު ނުވައަކަށް އިތުރު ކުރުން
  7. ކައުންސިލްތަކަށް އެހީތެރުވުމަށް ގައުމީ އިދާރާތައް އުފެއްދުން
  8. ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ކައުންސިލްތަކުން ދިނުން
  9. ކައުންސިލްތަކުން ކުންފުނި އުފައްދައި، މަޝްރޫއުތައް ހިންގުން
  10. ދައުލަތަށް ލިބޭ ކުލީގެ 40 ޕަސެންޓް ކައުންސިލްތަކަށް
  11. ދައުލަތުގެ ބަޖެޓުގެ 5 ޕަސެންޓް، ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް
  12. ކައުންސިލްގެ އިދާރީ އިސް މުވައްޒަފު ކައުންސިލުން ކަނޑައެޅުން

ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުކޮށް، ސަރުކާރުގެ ފަރާތުން އެ ބިލު ސުޕޮންސަރ ކުރެއްވި ރޮޒައިނާ، އަންގާރަ ދުވަހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމުން، އޭނާގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ރޮޒައިނާގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން އަލީ ނިޒާރު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހަކީ ކައުންސިލްތައް ބާރުވެރިކުރުވާނެ އިސްލާހެއް ކަމަށެވެ. އެ ބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ބައެއް މެމްބަރުން ވަނީ އެ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ފާހަގަ ކުރައްވާފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް