Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުތައް ބަލާ ކޮމިޝަން

މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު

22 އެޕްރީލު 2019 | ހޯމަ 20:05

މަރުތަކުގެ ފަހަތުގައި ތިބި މީހުން ހޯދަން އެކަށީގެންވާ މަސައްކަތެއް ކުރިން ނުކުރޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 އެޕްރީލު 2019 | ހޯމަ 20:05
މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާ އެ ކޮމިޝަންގެ މެމްބަރު މިޞްބާޙް ޢައްބާސް (ކ) ވާހަކަފުޅު ދައްކަވަނީ

މަރުތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދާ އެ ކޮމިޝަންގެ މެމްބަރު މިޞްބާޙް ޢައްބާސް (ކ) ވާހަކަފުޅު ދައްކަވަނީ

އަވަހާރަކޮށްލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރ ޔާމީން ރަޝީދުގެ އިތުރުން، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ދެނެގަނެވިއްޖެ ކަމަށާއި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ހުރަސްތަކެއް ކުރިކަމަށް މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސް އެގޮތަށް ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސުއޫދު ވިދާޅުވީ އެ ތިން މައްސަލައިގެ ބޭނުން، ނުވަތަ މޯޓިވް އާއި މަރުތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ހޯދިއްޖެ ކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި އެއީ ކޮން ބައެއްކަން ހާމަކޮށް، ކޮމިޝަންގެ މަސައްކަތުގެ "ކުރިމަރާލަން" ބޭނުންފުޅު ނުވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ އަފްރާޝީމާއި ޔާމީންގެ މަރުގެ އިތުރުން ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބީ ކޮން ބައެއްތޯ ހޯދުމަށް ވޭތުވެދިޔަ މުއްދަތަކުގައި އެކަށީގެންވާ މަސައްކަތްތަކެއް ތަހުގީގީ އިދާރާތަކުން ކުރެވުނު ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ ކޮމިޝަނުން އެ މައްސަލަތަކުގެ ރިޕޯޓު ނެރުމުގެ ކުރިން ފިޔަވަޅުތަކެއް އަޅައި، އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ މައްސަލަތަކުގެ މޯޓިވް ދެނެގަނެވިއްޖެ. އެ މޯޓިވް ދަނެގަނެވުނު ކަން އެއީ އެންމެ ބޮޑު ކާމިޔާބު. އެހެންވީމަ އަޅުގަނޑު، މަސައްކަތުގެ ކުރި މަރާލާކަން ބޭނުމެއް ނޫން. އެއީ އަޅުގަނޑުމެން ފައިނަލް ރިޕޯޓުގައި ހާމަ ކުރާނެ ކަމެއް،" މަރުތައް ބެލުމަށް އެކުލަވާލި ފަސް މެމްބަރުންގެ ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ކުރީގެ ބަންޑާރަ ނައިބު ކަމުގެ މަގާމާއި މަދަނީ ކޯޓުގެ ގާޒީކަންވެސް ކުރެއްވި ސުއޫދު ވިދާޅުވީ ފުލުހުންނާ ގުޅިގެން ކޮމިޝަނުން ޖިނާއީ ތަހުގީގު ހިންގަމުންދާ ކަމަށާއި ނަމަވެސް ތަހުގީގު ފުރިހަމަ ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ ގާނޫނަކުން ބާރުލިބިގެން ޖިނާއީ ތަހުގީގު ހިންގުމުގެ ގާނޫނީ ބާރުވެރިކަން ރިޔާސީ ކޮމިޝަނަށް ލިބިފައި ނުވާތީ، މައްސަލަތަކުގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވެން ނެތް ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފާސްވުމުން، ކޮމިޝަނުން ބޭނުންވާ މީހުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށެވެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ޖިނާއީ ތަހުގީގެއް ކުރެވޭނީ ތަހުގީގީ އިދާރާއެއް ކަމަށް ގާނޫނުން ކަނޑައަޅާ ފަރާތްތަކަށް. އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ، ޖިނާއީ ތަހުގީގު ކުރާ އިދާރާއަކަށް ފިޔަވައި، ޖިނާއީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށްވެސް ނުވަތަ ކޯޓަށްވެސް ނުފޮނުވޭނެ. އެހެންވީމަ އެކަން ކުރަހަކަށް ވެގެން މިއުޅެނީ،" ސުއޫދު ވިދާޅުވިއެވެ.

ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދަނީ 25 މައްސަލައެވެ. އެ މައްސަލަތަކުގެ ތަހުގީގަށް ސިޔާސީ ބައެއް އިސް ފަރާތްތަކުގެ ބަޔާންތަކެއް އެ ކޮމިޝަނުން ވަނީ ނަގާފައެވެ. މަރުތައް ބަލާ ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުން، ތަހުގީގުތައް ނިންމައި، މި މަހުގެ ކުރިން މަސައްކަތް ނިންމާލެވޭނެއެވެ. ނަމަވެސް ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލު ފާސްވުމުން ނޫނީ ކޮމިޝަންތަކުގެ މަސައްކަތް ފުރިހަމަ ކުރެވޭކަށް ނެތެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް