Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ކުރީގެ މެމްބަރުންނަށް އިތުރު އިނާޔަތް ދޭ ބިލާ އެމްޑީޕީ ދެކޮޅު: އީވާ

22 އެޕްރީލު 2019 | ހޯމަ 12:01

އިސްލާހު ހުށަހެޅުއްވީ މުސްތަފާ އާއި ލަތީފު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 އެޕްރީލު 2019 | ހޯމަ 12:01
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވުމުން، މެމްބަރުންނަށް ދޭ މުސާރައިން ވަކި ނިސްބަތެއް ދިނުމަށާއި އިނާޔަތްތައް މެދުނުކެނޑި ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރަން އެމްޑީޕީން ވޯޓު ނުދޭނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިހާރު ލިބޭ އިނާޔަތް، މެމްބަރުކަމުން ވަކިވުމުން ވެސް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ހުށަހެޅުއްވީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ. ދެ ދެ މެމްބަރުން ވަނީ އިމްތިޔާޒުގެ ގާނޫނަށް އިސްލާހު ގެނައުމަށް ވަކިވަކިން ތިން ބިލެއް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެ އިސްލާހުތަކަށް އެމްޑީޕީން ވޯޓު ނުދޭނެ ކަމަށް އީވާ ވިދާޅުވީ އޭނާ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.

ލަތީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެމްބަރުކަމުން ވަކިވުމުން މުސާރައިގެ ވަކި ޕަސެންޓެއް ދޭންޖެހޭނެ ކަމަށެވެ. ނަމަވެސް މިހާރު ގާނޫނުގައި ބުނެފައިވާ ގޮތުން އެ އިނާޔަތް ލިބޭނީ މެމްބަރުކަމުން ވަކިވުމަށް ފަހު، އުމުރުން 55 އަހަރު ވުމުން ކަމަށެވެ.

ލަތީފު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ، މަޖިލީހުގައި އެއް ދައުރުގެ މެމްބަރުކަން އަދާކުރައްވާފައިވާ މީހަކަށް މެމްބަރުންނަށް ލިބޭ މުސާރައިގެ 30 ޕަސެންޓް ލިބޭނެއެވެ. އަދި ދެ ދައުރު އަދާކުރައްވާފައިވާ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި މެމްބަރުކަމުން ވަކިވި މެމްބަރުންނަށް މެމްބަރެއްގެ މުސާރައިގެ 45 ޕަސެންޓް ލިބޭނެއެވެ.

ލަތީފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މެމްބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި އޭނާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި މިހާރު ބުނެފައި ވަނީ މެމްބަރުކަން ކުރައްވާފައިވާ މީހުންނަށް ލިބޭނީ އޮފިޝަލް ޕާސްޕޯޓް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމު އަދާ ކުރައްވާފައިވާ މީހުންނަށް ވެސް ހެލްތު އިންޝުއަރެންސާއި ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުސްތަފާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައިވާ ކޮންމެ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ދައުލަތުން ހަމަޖައްސަންވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ފަރާތްތަކަށް މަގާމުގެ މުއްދަތުގެ ތެރޭގައި ލިބޭ އިނާޔަތް، މެމްބަރުކަމުން ވަކިވިޔަސް މެދުނުކެނޑި ލިބޭނެ ގޮތަށް އިސްލާހު ހުށަހަޅާފައި ވަނީ މިހާރު ތިއްބެވި މެމްބަރުންގެ މަގާމުގެ މުއްދަތު ހަމަވާން 30 ދުވަހަށްވެފައި ވަނިކޮށެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ނުކުރެވި ނާކާމިޔާބުވި މެމްބަރުންގެ އަދަދު 60 އަށް ވުރެ ގިނައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް