Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލަންކާ ބޮންގޮއްވުން

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާ އެމްޑީޕީން ކުށްވެރިކޮށްފި

21 އެޕްރީލު 2019 | އާދީއްތަ 18:04

މި ހިތާމައިގައި އެމްޑީޕީ އޮތީ ލަންކާއާ އެކުގައި ކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 އެޕްރީލު 2019 | އާދީއްތަ 18:04
ސްރީލަންކާގެ ހޮޓެލެއް

ސްރީލަންކާގެ ހޮޓެލެއް

އާދިއްތަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ބައެއް ހޮޓާތަކަށާއި އަދި އެ ޤައުމުގެ އެކި ސަރަހައްދުތަކުގައިވާ އަޅުކަންކުރާ ތަންތަނަށް ދީފައިވާ ބޮމުގެ ހަމަލާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކުށްވެރިކޮށްފިއެވެ.

މި ހަމަލާ ކުށްވެރިކޮށް އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ވަނީ މި ހަމަލާދީފައި ވަނީ ގިނަ އަދަދެއްގެ ޓޫރިސްޓުން ތިބޭ ކޮލޮމްބޯގެ މަޝްހޫރު ތިން ހޮޓަލަކަށް ކަމަށް ވެފައި އަދި އާދިއްތަ ދުވަހަކީ ކްރިސްޓިއަނުން ފާހަގަކުރާ އީސްޓަރ ސަންޑޭ ކަމަށް ވެފައި ގިނަ އަދަދެއްގެ ކްރިސްޓިއަނުން އަޅުކަން ކުރަމުން ގެންދިޔަ ވަގުތެއްގައި އަޅުކަންކުރާ އެ ތަންތަނަށް ކަމަށް ވުމުން އެ ޙަމަލާއަކީ ރޭވިގެން ހިންގާފައިވާ ލާއިންސާނީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.

Advertisement - newsAdvertisement

އަޅުކަންކުރާ ތަންތަނަށް ޙަމަލާދީ، އިންސާނިއްޔަތާ ޚިލާފު މިފަދަ ޢަމަލުތައް ހިންގުމުގެ ނަތީޖާއަކަށް ވާނީ މުޖްތަމަޢުގެ އެއްބައެއްގެ މެދުގައި އަނެއް ބަޔަކާ މެދު ނަފްރަތާއި ރުޅިވެރިކަން އުފެދި ސުލްޙަމަސަލަސްކަން ގެއްލި ދިޔުން ކަމަށް އެ ޕާޓީން ގަބޫލު ކުރާ ކަމަށް ބަޔާނުގައި ވެއެވެ. އަދި މިއީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ހަމަޖެހުމަށް ބުރޫއެރުމެއް ކަމަށެވެ.

އެމްޑީޕީން ބުނީ ސްރީލަންކާއަކީ ދިވެހީން އާންމުކޮށް ޒިޔާރަތްކުރާ އަވަށްޓެރި ޤައުމަކަށްވެފައި، ސްރީލަންކާގެ ރައްޔިތުންނަކީ ދިވެހީންނާ އެހާމެ ގާތް ގުޅުމެއް އަބަދުމެ އޮންނަ ރައްޔިތަކަށްވީ ހިނދު، އެ ޤައުމަށާއި ރައްޔިތުންނަށް ލިބިފައި އެވާ ފުން ހިތާމައިގައި އެމްޑީޕީ އޮތީ އެރައްޔިތުންނާ އެކުގައި ކަމުގައެވެ.

އެޤައުމަށް ދިމާވެފައިވާ މި ހިތާމަވެރި ޙާލަތުން އަރައިގަތުމަށް މި ޕާޓީން ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް އެޤައުމުގެ ރައްޔިތުންނާއި ސަރުކާރަށް ވެދޭނެ ކަމުގައި ފުރިހަމަ ޔަޤީންކަން ވަނީ އަރުވާފައެވެ.

މި ނާތަހުޒީބު ދަށުދަރަޖައިގެ ފިނޑި ޢަމަލަކީ، ކޮންމެ ބަޔަކު ކޮންމެ ކޮންމެ މަޤްޞަދެއް ޙާޞިލުކުރުމަށް ހިންގި ޢަމަލެއް ކަމުގައި ވިޔަސް، އެ ޢަމަލަކީ އެއްވެސް ޙާލަތެއްގައި އެޕާޓީ ބަލައިގަންނާނޭ ޢަމަލެއް ނޫން ކަމުގައި ބަޔާނުގައި ވެއެވެ.

މި ހަމަލާގައި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 400 އަށް ވުރެ ގިނަ މީހުނަށްވަނީ އަނިޔާ ލިބިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް