Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ

އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ނައިބު ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

21 އެޕްރީލު 2019 | އާދީއްތަ 17:54

ސިޔާސީ ގޮތުން ހަމަޖެހުން އައިސްފައިވާ ދަނޑިވަޅެއްކަން ޝޯކޯ ނޯޑާ ފާހަގަކުރެއްވި

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 21 އެޕްރީލު 2019 | އާދީއްތަ 17:54
ނައިބު ރައީސް ފައިސަލް ނަސީމާއި އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ،

ނައިބު ރައީސް ފައިސަލް ނަސީމާއި އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ،

އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، އާދިއްތަ ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި މިސް ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި ފާއިތުވި ގިނަ އަހަރުތަކުގައި ރާއްޖޭގައި އެކަމަނާ މަސައްކަތްކުރެއްވީ ވަރަށް ހިތްހަމަޖެހިވަޑައިގަތުމާ އެކު ކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ މި ދަނޑިވަޅަކީ ރާއްޖެއަށް ސިޔާސީ ގޮތުން ހަމަޖެހުން އައިސް، އެކި ދާއިރާތަކުން ދިވެހިރާއްޖެ ދުނިޔެއަށް އިތުރަށް ހުޅުވިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވައި، ރާއްޖެއަށް އެކި ގޮތްގޮތުން އިތުރު ކުރިއެރުމާއި ފާގަތި ކަމަށް އެދިވަޑައިގެންނެވިއެވެ.

މިބައްދަލު ކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ޔޫއެންޑީޕީ އަކީ ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމާއި އެއީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްޠިޞާދީ ކުރިއެރުމަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކޮށްލެއްވުމުގައި ނާއިބު ރައީސް ވަނީ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރގެ މަޤާމުގައި ހުންނަވައިގެން ޝޯކޯ ނޯޑާ ރާއްޖެއަށް ކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، އެކަމަނާއަށް ޝުކުރު އަދާކުރައްވާފައެވެ

ނޯޑާގެ ވާހަކަފުޅުގައި، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހޯދި ބޮޑު ކާމިޔާބީއަށް އިޝާރާތްކުރައްވައި، ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި މިކަން އިތުރު ބާރަކަށް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމާއި، ލާމަރުކަޒީކޮށް ހިންގުމާއި ސަރުކާރުގެ އެކިފަންތީގައި އަންހެނުންގެ ދައުރުފުޅާކޮށް، އެކަނބަލުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ނާއިބު ރައީސް ވަނީ ޔޫއެންޑީޕީގެ ޓީމާއި އަދި ޝޯކޯ ނޯޑާ އަށް ފަހު ދެން އެ މަޤާމަށް ވަޑައިގަންނަވާ ބޭފުޅަކާ އެކު ވެސް ގުޅިގެން މަސައްކަތްކުރައްވައި، ސަރުކާރުން ރައްޔިތުންނަށް ވަޢުދުވެފައިވާ ފަދައިން ދެމެހެއްޓެނިވި ތަރައްޤީ ހާޞިލްކުރުމަށް ކުރަމުންގެންދާ މަސައްކަތުގައި ސަރުކާރުން ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިސް ޝޯކޯ ނޯޑާ ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، އެކަމަނާގެ މަސައްކަތަށް ފަހި ކުރިމަގަކަށް ނާއިބު ރައީސް އެދިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
19 ފެބުރުއަރީ 2017

ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

19 ފެބުރުއަރީ 2017
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް