Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

''ކަލަންކް'' އަށް ލިބެމުންދާ ކާމިޔާބީ ހީކުރިވަރެއް ނުވި!

މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 54.40 ކްރޯޑް ރުޕީސް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 21 އެޕްރީލު 2019 | އާދީއްތަ 17:09
\'\'ކަލަންކް\'\'ގެ ޕޯސްޓަރ

\'\'ކަލަންކް\'\'ގެ ޕޯސްޓަރ

މިދިޔަ ބުދަ ދުވަހު ރިލީޒް ކުރި ފިލްމް "ކަލަންކް" އަށް ރިލީޒްކުރި ދުވަހު ބޮޑު އާމްދަނީއަށް ލިބިގެންދިޔަ ނަމަވެސް ޖެހިގެން އައި ދުވަސްތަކުގައި ލިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފައެވެ.

އާލިއާ ބަޓް އާއި ވަރުން ދަވަން ލީޑް ރޯލުން ފެނިގެންދާ މި ފިލްމް ވެގެން ގޮސްފައި ވަނީ މި އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ދުވަހު އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމަށެވެ. މި ފިލްމަށް ރިލީޒް ކުރި ދުވަހު އާމްދަނީގެ ގޮތުގައި 21.06 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. ނަމަވެސް ބުރާސްފަތި ދުވަހު މި ފިލްމަށް ލިބިފައި ވަނީ 11.45 ކްރޯޑް ރުޕީސްއެވެ. ހުކުރު ދުވަހު 11.60 ކްރޯޑް ލިބިފައިވާއިރު ހޮނިހިރު ދުވަހު ލިބިފައިވަނީ 9.75 ކްރޯޑް ރުޕީސް އެވެ.

އެހެންކަމުން މި ފިލްމަށް ޖުމްލަ އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 54.40 ކްރޯޑް ރުޕީސްއެވެ.

ބޮކްސް އޮފީސް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ފިލްމްގެ ވިޔަފާރި ދަށަށް ގޮސްފައި ވަނީ މި ދުވަސްވަރު އިންޑިއާގައި އިންތިހާބު ކުރިއަށްދާތީއެވެ.

އަބީޝޭކް ވަރުމާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމްގެ ޓީޒާ ލައުންޗް ކުރުމަށް ބޭއްވި ހަފްލާގައި ފިލްމްގެ ޕްރޮޑިއުސަރ ކަރަން ޖޯހަރު ބުނެފައި ވަނީ މި ފިލްމް އޭނާ އަށް ހާއްސަވާ އެއް ސަބަބަކީ "ކަލަންކް"އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށް ވުން ކަމަށެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

މި ފިލްމްގައި ވަރުން އާއި އާލިއާގެ އިތުރުން އަދިތްޔާ ރޯއީ ކަޕޫރް، ސޯނާކްޝީ ސިންހާ، މާދުރީ ޑިކްސިޓް އަދި ސަންޖޭދަތު ލީޑް ރޯލުން ފެނިގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާގެ ބޮކްސް އޮފީހުގައި "ޑަންގަލް"އަށް ބޮޑު ކާމިޔާބީއެއް

ޗައިނާގެ ބޮކްސް އޮފީހުގައި "ޑަންގަލް"އަށް ބޮޑު ކާމިޔާބީއެއް

09 މެއި 2017
ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

ހަޖަމު ނުވި ނަތީޖާއިން ރައްޔިތުންގެ މޫނުމަތީގައި "ތަފާލެއް"!

07 މެއި 2017
"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

"ޑަންގަލް" އައިފާއަށް ނޯމިނޭޓެއް ނުވި

18 އެޕްރީލު 2017
އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

އަކްޝޭއަށް ނެޝަނަލް އެވޯޑް ލިބުމުން ފާޑުކިޔަންޖެޭހޭ ސަބަބެއް ނުވިސްނުނު: ޕްރިޔާދަރްޝަން

10 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު