Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސްރީލަންކާގެ ބޮމުގެ ހަމަލާ

ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!

ފޫނުބެއްދޭ ވަރު ބޮޑު ގެއްލުމެއް ލިބިފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 21 އެޕްރީލު 2019 | އާދީއްތަ 14:08
ލަންކާގެ ސިފައިންގެ މީހަކު ފައްޅިއެއް ކައިރީ ފޯރި މަރަނީ

ލަންކާގެ ސިފައިންގެ މީހަކު ފައްޅިއެއް ކައިރީ ފޯރި މަރަނީ

އަވަށްޓެރި ސްރީލަންކާއަކީ ރާއްޖޭގެ ރައްޔިތުންނާއި އަބަދުވެސް ހާއްސަ ގުޅުމެއް އުފެދިފައިވާ ގައުމެކެވެ. އެއީ ދިވެހިންގެ ދެވަނަ ގެއެވެ. ޗުއްޓީ ހޭދަ ކުރުމަށާއި ކިޔެވުމުގެ އިތުރުން ސިއްހީ ފަރުވާ ހޯދަން ދިވެހިންނަކީ އާއްމުކޮށް ލަންކާ އަށް ދަތުރުކުރާ ބަޔެކެވެ. އެ ގައުމަކީ ދިވެހި އެތައް ބަޔަކު ދިރިއުޅޭ ގައުމެކެވެ. އެއީ ދިވެހިން ވިޔަފާރި ކުރަން ފޯރި ހުންނަ ނޯ ލިމިޓާއި ހައުސް އޮފް ފެޝަން ހުންނަ ގައުމެވެ. އައިސީބީޓީ، އޭސީބީޓި، އެމެރިކަން ކޮލަޖަކީ ދިވެހި އެތައް ދަރިވަރުންތަކެއް ދަރިވަރުވެފައިވާ ކޮލެޖްތަކެވެ. ލަންކާ ސިޔާސީ ކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަސް ދިވެހިންނަކީ އެ ގައުމުގެ ހާލަތު ބަލައި އުޅޭ ބަޔެކެވެ. ލަންކާ އަށް ލިބޭ ކޮންމެ ހިތާމައަކީ ރާއްޖޭ އަށް އޭގެ އަސަރު އިންތިހާއަށް ކުރެއެވެ. އެއީ ހަށިގަނޑުގެ އެއް ފަޅިއަށް ހަމަލާއެއް ލިބުން ކަހަލަ ކަމެކެވެ.

ނިމިގެން ދިޔަ އަހަރު ހަތް ވަނައަށް އެންމެ ގިނައިން ދަތުރުކޮށްފައި ވަނީ ރާއްޖޭ މީހުންނެވެ. ނިމިގެން ދިޔަ 2018 ވަނަ އަހަރު ލަންކާ އަށް 79،108 ދިވެއްސަކު ވަނީ ދަތުރުކޮށްފައިވެއެވެ. ދާހިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމި ވެއްޓި ބޮޑު އަޑިގަޑަކުން ސަލާމާތްވީ އިހަކަށް ދުވަހުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ތަމަޅަ ޓައިގަރުންގެ އަތުން ލަންކާ ސަލާމަތްވީ 2009 ވަނަ އަހަރެވެ. އެއީ 23 އަހަރު އަހަރަށް ފަހުއެވެ.

އޭގެ ފަހުން ގައުމު އައި މަޑު މަޑުން އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ކުރިއަރަމުންނެވެ. ދުނިޔޭގެ މަސްރަހުގައި ލަންކާގެ މަގުބޫލުކަން އިތުރުވާން ފެށިއެވެ. މި ސަރަހައްދުގައި ޓޫރިސްޓުންގެ މެދުގައި އެންމެ މަގުބޫލު ގައުމުގެ ގޮތުގައި އޮތް ރާއްޖެއާ އެއްވަރަކަށް އެ ގައުމަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވެގެން ދިޔައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2014 ވަނަ އަހަރު ލަންކާއަށް ހަ މިލިއަން ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. ނުވަރެލިޔާ، ކެންޑީ ފަދަ ރީތީ ތަންތަނަށް ދަތުރުކުރާ ޓޫރިސްޓުންނަށް ވެސް ލޮޅުމެއް އަރައިފިއެވެ. ފާއިތުވި ތަނުގައި ލަންކާ ގައި ދިން އެއްވެސް ހަމަލާއެއް ޓޫރިސްޓުންނަށް އަމާޒުކޮށް ދީފައެއް ނުވެއެވެ.

އާދިއްތަ ދުވަހު ލަންކާގެ ރައްޔިތުންގެ ހެނދުނުގެ ނިދިން މަހުރޫމް ކޮށްލީ އެ ގައުމުގެ ކްރިސްޓިއަނުން އަޅުކަން ކުރާ ފައްޅީގެ އިތުރުން ޓޫރިސްޓުން ފުރިބާރުވެފައިވާ ހޮޓާތަކަށް ދިން ހަމަލާއިންނެވެ. އެ އަސަރު އެތައް ދިވެހިންނަށް ވެސް ކުރިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު ހެނދުނު ލަންކާގެ ގޯލް ރޯޑް އިން ގެންދަން ޖެހުނީ އެތައް ބައެއްގެ ފުރާނަނެއް މަސްގަނޑެވެ. އުފާވެރިކަން ހިތާމައަށް ބަދަލުކޮށްލިއެވެ. އާދިއްތަ ދުވަހު ލަންކާ ރޮއްވާލައިފިއެވެ.

އެތައް ބަޔަކު ހާލުގައި ޖައްސައި އާއިލާތައް ބީވެއްޖެއެވެ. ބޮން ގޮއްވާލީ އެއްތަނަކުއެއް ނޫނެވެ. ފުލުފުލުގައި ދިޔައީ ބޮން ގޮވަމުންނެވެ. ހޮސްޕިޓަލްތައް ފުރި ބްލަޑް ބޭންކުގައި ހުރީ ލޭވެސް ހުސްވާން ފެށިއެވެ. ސަތޭކަ ނުވަދިހަ އެތައް މީހަކު މަރުވެ 600 ވުރެ ގިނަ މީހުން ޒަހަމްވި ކަމުގެ ރިޕޯޓްލިބެއެވެ. ގައުމު ހުއްޓުމަކަށް އައިސް ކާފިޔު އިއުލާން ކުރަން މަޖުބޫރުވިއެވެ. ހާއްސަ ކޮށް ޓޫރިޒަމް އަށް ބޮޑު އަސަރެއް މީގެ ސަބަބުން ކުރާނެއެވެ.

މިހާތަނަށް 30 އަށް ވުރެ ގިނަ ފަތުރުވެރިން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި ތުރުކީގެ އިތުރުން ނެދަލޭންޑްގެ ފަތުރުވެރިން ހިމެނެއެވެ. އަވަށްޓެރި ގައުމުތަކުން އަދި ދުނިޔޭގެ އެކި ގައުމުތަކުން ލަންކާއާ އެކު ހިތާމާގައި ބައިވެރިވިއެވެ. ވިދިވިދގެން މި ފަދަ ހާދިސާ އެއް ލަންކާ ގައި ހިނގި އިރު އެކަމުގެ މައުލޫމާތު އެގައުމުގެ ފުލުހުންނަށް ހަފްތާއެއް ކުރިން ލިބިފައިވާ ކަމަށް ޝޯޝަލް މީޑިއާގައި ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެއީ ތެދަކަށްވާނަމަ ފުލުހުން އެކަމަށް ފިޔަވަޅު ނޭޅީ ސަބަބެއް ނޭނގެއެވެ. އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް އަދި ތިލައެއް ނުވެއެވެ.

ސިނަމޮން ގްރޭންޑް، ޝަންގްރިއްލާއަކީ ލަންކާގެ އެންމެ ނަންކިޔާ ހޮޓާތަކެވެ. ގޯލް ފޭސް ސަރަހައްދަކީ ލަންކާގައި އެންމެ ސެކުއިރިޓީ ވަރުގަދަ އެއް ސަރަހައްދެވެ. ތާޖް ސަމުންދުރާ ޕާކް، ހައިކޮމިޝަން އޮފް އިންޑިއާ، އެމެރިކާ އެމްބަސީގެ އިތުރުން މިހެން ގޮސް އެތައް ވަރުގަދަ އިމާރާތްތައް ހުންނަ ސަރަހައްދެވެ. ގޯލްފޭސް ސަރަހައްދަކީ ލަންކާގެ ގައުމީ ދުވަހާއި މިނިވަން ދުވަސް ފާހަގަކުރާ ސަރަހައްދެވެ.

ބޮން ގޮއްވާލީ ސިނަމަން ގްރޭންޑާއި ލަންކާގެ ބޮޑު ވަޒީރު ދިރިއުޅުއްވާ ޓެމްޕަލް ޓްރީއާ ދެމެދު ހުންނަނީ 850 މީޓަރެވެ. ވެހިކަލެއްގައި ދާނަމަ ހަތަރު މިނިޓުން ދެވޭނެއެވެ. ޓެމްޕަލް ޓްރީއަކީ އެތަނުގައި ސިފައިން 24 ގަޑިއިރު ފޯރިމަރާ ސަރަހައްދެކެވެ. ބޮޑު ވަޒީރުގެ ގެކޮޅާއި އެހާ ކައިރި ސަރަހައްދެއްގައި ބޮންގޮއްވުމުގެ ހާދިސާއެއް ރާވައިގެން ހިންގިއިރު އޭގެ ހިލަމެއް ހަމަ ސިފައިންނަށް ނޭގުނީތީ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

މިއަދު އެ ގައުމުގެ ރައްޔިތުން ބޭނުންވަނީ އެކަން ކުރި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. ވިޔަފާރިތަކާއި، ސްކޫލުތަކާއި އެތައް ތަނެއް ބަންދު ކުރުމަށް ފަހު މުޅި ލަންކާ އެއް އަޑުން ގޮވަނީ އެ ބަޔަކު ހޯދައިދިނުމަށެވެ. ހަމަލާ ދިން މީހުން އިންސާފު ކުރިމައްޗަށް ގެނައުމަށެވެ. މި ހާދިސާއަށް ފަހު ގިނަ ބަޔަކު ދަނީ، ލަންކާގެ ސެކިއުރިޓީ ކަންތައްތަކާ ސުވާލު އުފައްދަމުންނެވެ. ކޮންމެ ގޮތެއްވިޔަސް ލަންކާ މި ވެއްޓުނީ އަރައި ނުގަނެވޭނެ އަޑިގަނޑަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު