Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަންފާ ސެންޓަރުގެ ފަނަރަވަނަ އަހަރީ ދުވަސް

ރާއްޖޭގެ ދޮށީ އުމުރުގެ އާބާދީ ދަނީ އިތުރުވަމުން: ރައީސް

20 އެޕްރީލު 2019 | ހޮނިހިރު 17:55

ދޮށީ އުމުރުގެ އާބާދީއަށް ރާއްޖޭގައި އެދެވޭ ވަސީލަތްތަކެއް ގާއިމްކުރެވިފައި ނެތް ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް | 20 އެޕްރީލު 2019 | ހޮނިހިރު 17:55
މަންފާ ސެންޓަރުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

މަންފާ ސެންޓަރުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ

އާބާދީގެ ނިސްބަތުން ރާއްޖޭގައި އުޅޭ ދޮށީ އުމުރުގެ މީހުންގެ އާބާދީ ދަނީ އިތުރުވަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަންފާ ސެންޓަރަށް (މިހާރުގެ ނަމުން އޭޖްޑް ކެއަރ މޯލްޑިވްސް) 15 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދޮށީ އުމުރުގެ އާބާދީ އިތުރުވަމުންދާ އިރު ބައެއް ފަހަރު ދައުލަތުގެ ބެލުމުގެ ދަށަށް މީހުން ގެންދަން ޖެހޭ އިރު، ރާއްޖޭގައި ހުރީ އެ ފަރާތްތަކަށް ހިދުމަތް ދޭން އެންމެ އެކަށީގެންވާ ތަންތަން ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާ އެކު މި ވަސީލަތްތައް ފުޅާކުރަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑު ވެސް ގަބޫލުކުރަން، ގުރައިދޫގައި ހުންނަ މަރުކަޒަކީ، ދޮށީ ޢުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން. އެ އަށް ވުރެ ފެންވަރު ރަނގަޅު، އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވޭ. އެފަދަ މަރުކަޒަކުން، އެ ޢުމުރުގެ މީހުންގެ ހެލްތު ސްކްރީން ހަދައި، ޞިއްޙީ ޙާލަތު ވަޒަން ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދޮށީ އުމުރަށް ދިޔުމުން ދައުލަތުން އެލަވަންސެއް ދީފައި ގޭގައި ބޭތިއްބުމަށް ވުރެ ރަނގަޅީ ހަރަކާތްތެރި ދިރިއުޅުމަކަށް އެ މީހުންނަށް ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ދޮށީ އުމުރާ ބައްދަލުވުމަކީ ހަރަކާތްތެރި ދިރިއުޅުމާ ވަކިވާން ޖެހޭ ސަބަބެއް ނޫން ކަމަށާއި، ދޮށީ އުމުރުގައި ހަރަކާތްތެރިކޮށް އުޅުމަކީ ބަލި އެނދާ މީހާ ދުރުކޮށްދޭ ކަމެއް ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ދޮށީ އުމުރާ ބައްދަލުވުމަކީ ކުރީގެ ޙަރަކާތްތެރި ދިރިއުޅުމާ ވަކިވާންޖެހޭ ސަބަބެއް ނޫން. އަދި މަސައްކަތް ކުރުމާއި ވަޒީފާ އަދާކުރުން ހުއްޓައިލަންޖެހޭ ސަބަބެއް ވެސް ނޫން. ދޮށީ ޢުމުރުގައި ވެސް ކޮންމެވެސް މަސައްކަތެއްގެ ތެރޭގައި ޙަރަކާތްތެރި ދިރިއުޅުމެއް އުޅެން އާދަކުރުމަކީ ބަލި އެނދާ މީހާ ވަރަށް ބޮޑަށް ދުރުކޮށްދޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މީހުން މުސްކުޅި ކުރާއިރު އެ މީހުންގެ ބޭނުން ހިފޭނެ އިންތިޒާމުތައް، ސަރުކާރުގެ ތެރެއިން ނޫނަސް ހަމަޖައްސާފައި ހުންނަ ކަމަށެވެ. އަދި އެފަދަ އިންތިޒާމްތަކެއްގެ މަގުސަދަކީ މުޖުތަމައުއިން އެމީހުން ބާކީ ނުކޮށްލާނެކަން ވިސްނައިދިނުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދޮށީ އުމުރުގެ ބެލެނިވެރިންނަށް ހުރިހާ އެންމެން ވެސް އަޅާލުމަށް ބާރުއަޅުއްވާފައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަޅާލައި އިހުތިރާމް ކުރަމުގެ އާދައަކީ ވެސް ޅަކުދިންނާއި ޒުވާނުންގެ ތެރޭގައި އަށަަގަންނަވަން ޖެހޭ އާދައެއް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މައިންބަފައިން ދޮށީ އުމުރަށް ދިޔުމުން ބޭނުންވަނީ ބަލަން ހުންނާނެ ބިދޭސީއެއް ނޫން ކަމަށާއި، އެމީހުން ބޭނުންވަނީ ދަރިންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން ކަމަށެވެ.

"އަޅުގަނޑުމެން ބޮޑެތިވެ އަމިއްލަ ދިރިއުޅުމެއް ފަށާފައިވިޔަސް މައިންބަފައިން ވެފައިވާ ޤުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެ. ފުދުންތެރިކަން ހުރި މިންވަރަކުން މައިންބަފައިންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ކުރަންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މުސްކުޅިންނަށް ހިދުމަތްކޮށް ދިނުމުގައި މަންފާ ސެންޓަރުން ކުރަމުން ގެންދަވާ މަސައްކަތްތަކަށް ތައުރީފްކުރައްވާފައެވެ. މަންފާ ސެންޓަރަކީ، ދޮށީ ޢުމުރުގެ މީހުންގެ ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށާއި އެމީހުންގެ ޢުމުރާ ގުޅޭގޮތުން، ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައި ވަރަށް ކާމިޔާބު މަރުކަޒެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް