Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިލިނގިއްޔަށް އުދައެރުން

ވިލިނގިލީ ބަނދަރު ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ

20 އެޕްރީލު 2019 | ހޮނިހިރު 12:31

އުދައަރަން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 1:30 ހާއިރު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 20 އެޕްރީލު 2019 | ހޮނިހިރު 12:31
ގއ. ވިލިނގިލީ ބަނދަރުގެ ތޮށި ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ

ގއ. ވިލިނގިލީ ބަނދަރުގެ ތޮށި ހަލާކުވެ ރަށުތެރެއަށް އުދަ އަރަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ގއ. ވިލިނގިލީ ބަނދަރުގެ އެތެރެ ތޮށި ހަލާކުވެ ރަށުތެރެއަށް އުދައަރަން ފަށައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ ބަނދަރުގެ އެތެރެ ތޮށި ހަލާކުވެ އުދައަރަން ފަށާފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 1:30 ހާއިރު ކަމަށާއި ތޮށީގެ 200 ވަރަކަށް ފޫޓް ހަލާކުވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލަ ދިމާވެފައި ވަނީ ބޭރު ތޮށި ހަލާކުވެފައި ވުމުންކަން މުސްތަފާ ވަނީ ފާހަގަ ކުރައްވާފައެވެ.

މުސްތަފާ ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ބަޖެޓުގައި ވިލިނގިލީގެ ބޭރުތޮށި މަރާތު ކުރުން ހިމަނާފައިވާނެ ކަމަށާއި ނަމަވެސް ފާއިތުވި ހަތް އަހަރެއްހާ ދުވަހު ވެސް މި މަސައްކަތް ވަނީ ނުކުރެވި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު އައި ފަހުން ވެސް ފާއިތުވި ހަތަރު މަސްދުވަހު ކަމާ ގުޅޭ މިނިސްޓްރީތަކާއި ކައުންސިލުން އެކަން ހިއްސާކުރެވިފައިވާނެ ކަމަށާއި ނަމަވެސް އަދިވެސް އެކަމަށް ހައްލެއް ލިބިފައި ނުވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ފާއިތުވި ހަތަރު މަސްތެރޭ ބޭރުތޮށި ލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކައުންސިލު މެންބަރުން މާލެ ގޮސް ވާނީ ކަމާއި ގުޅުންހުރި މިނިސްޓްރީތަކުގެ ބޭފުޅުންނާއި ހިއްސާކޮށްފައި. އަދިވެސް އެކަމަކު އަލިމަގެއް ނުފެނޭ" މިސްތަފާ ވިދާޅުވިއެވެ.

އާބާދީގައި 3700 މީހުން ދިރިއުޅޭ ވިލިނގިލީގެ ބަނދަރަކީ އަބަދު ވެސް ބޮޑެތި އުޅަނދުފަހަރު ތޮއްޖެހިފައި އޮންނަ ބަނދަރެއްކަން މުސްތަފާ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ބަނދަރު ތޮށި ހަލާކުވުމުގެ ސަބަބުން އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ވިލިނގިލީ ބަދަރަކީ އަބަދު ތޮއްޖެހިފައި އޮންނަ ބަނދަރެއް. 135 ފޫޓަށް ވުރެ ބޮޑެތި އުޅަނދުތައް އެހުރީ. ކޮންމެ އުޅާނދަކީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހަދާފައިވާ ދޯނި ތަކެއް. ލިބިދާނެ ގެއްލުމަކަށް ރައްޔިތުން ކަންބޮޑުވޭ." މުސްތަފާ ވިދާޅުވިއެވެ.

ގއ. ވިލިނގިލީގެ އިތުރުން ވެސް ރާއްޖޭގެ ބައެއް ރަށްރަށަށް އުދައަރަމުންދާ ކަމުގެ މައުލޫމަތު ދަނީ ލިބެމުންނެވެ. އެ ގޮތުން މާލޭގެ ރާޅުގަނޑު ސަރަހައްދަށް ވެސް ހޮނިހިރު ދުވަހު ވަނީ އުދައިގެ އަސަރުކޮށްފައެވެ. ރާއްޖޭގެ މޫސުމް ގޯސްވެ ވިއްސާރަވެފައި މި ވަނީ ވާރޭ ނުވެހި ބައެއް ރަށްރަށް ފެނަށް ޖެހިފައި ވަނިކޮށެވެ. އަދި ފާއިތުވި ދުވަސްތަކަކަކީ ރާއްޖޭގެ ތާރީހްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދިޔަ ދުވަސްވަރުކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 މެއި 2017

މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި

21 މެއި 2017
މާލެއަށް ކުރި ވިއްސާރައިގައި ބޮޑު ދިދަ ހަލާކުވެ، ދިދަ ބާލައިފި
03 މެއި 2017

އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި

03 މެއި 2017
އިދިކޮޅު ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ ގއ. ވިލިނގިލީގައި
26 އެޕްރީލު 2017

ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް

26 އެޕްރީލު 2017
ހަތަރު ލީޑަރުން ގުޅިގެން ފެށި މަސައްކަތާއެކު ސަރުކާރަށް ހަތަރު އުދަރެސް ފެނުޖެހިއްޖެ: ޑރ މައުސޫމް
19 އެޕްރީލު 2017

ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި

19 އެޕްރީލު 2017
ސަރުކާރަށް ތާއީދު ނުކޮށްގެން ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ގއ ވިލިނގިލީގައި މުޒާހަރާކޮށްފި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް