Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ކޯޓުގެ ހުކުމް

ދަށު ކޯޓްތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ގުޅޭ ބަންދާމެދު އެ ކޯޓުން ގޮތް ނިންމުމުން އިސްތިއުނާފަށް ހުރަސް އެޅޭ: ހައިކޯޓް

ދަށު ކޯޓުގައި މައްސަލަ ހިނގަނިކޮށް ބަންދާމެދު ގޮތް ނިންމުމުން މައްސަލައިގެ މައުޟޫއުގެ ތެރެއަށްއެކޯޓަށް ވަދެވޭކަމަށް ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 އެޕްރީލު 2019 | ހުކުރު 08:03
ދިވެހިރާއްޖޭގެ ހައިކޯޓް

ދިވެހިރާއްޖޭގެ ހައިކޯޓް

ދަށު ކޯޓްތަކުގައި ހިނގަމުންދާ ޝަރީއަތްތަކާއި ގުޅޭ ބަންދާމެދު ގޮތް ނިންމުމުން އިސްތިއުނާފް ކުރުމުގެ ނިޒާމަށް ހުރަސް އެޅޭކަމަށް ހައިކޯޓުން ބުނެފިއެވެ.

ހައި ކޯޓުން މިގޮތަށް ބުނީ، މާރާމާރީ މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ދައުވާކޮށްފައިވާ މީހަކު ކުރިމިނަލް ކޯޓުން ބަންދުން ދޫކޮށްލުމުން، އެ އަމުރު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން ބުރާސްފަތި ދުވަހު އިއްވި ހުކުމެއްގައެވެ.

"އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް" ކަމަށް ބުނެ ބަންދުން ވީއްލާފއިވާ އެމީހާ ހުރީ ޝަރީއަތް ނިމެންދެން، ކުރިމިނަލް ކޯޓުގެ އެހެން އަމުރެއްގެ ދަށުން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ޝަރީއަތް މިހާރު ވެސް ކުރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ހައިކޯޓުން ބުރާސްފަތި ދުވަހު ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ތަހުގީގު މަރުހަލާގައިވާ މައްސަލަތަކާ ހިލާފަށް ދަށު ކޯޓަށް ހުށަހެޅި ހިނގަމުންދާ ޝަރީއަތްތަކުގައި އިސްތިސްނާއީ ހާލަތެއްގައި މެނުވީ ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އެ މައްސަލައެއްގެ މައުޟޫއުއާ މެދު ދަށު ކޯޓުން ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ކުރިން އެ މައްސަލައިގެ މައުޟޫއުގެ ތެރެއަށް ހައިކޯޓަށް ވަދެވޭ ވަދުވުމެއް ކަމަށެވެ.

އެހެންވެ، އިސްތިސްނާއީ ހާލަތެއްގައި މެނުވީ ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ހައިކޯޓުން ބަންދުގެ މުއްދަތު ޖެހުމަކީ އިސްތިއުނާފު ކުރުމުގެ ހައްގަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް އެ ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. ހުކުމް ކުރި މައްސަލާގައި އެމީހާ ބަންދުގައި ބަހައްޓަން ނުޖެހޭ ކަމަށް ކަނޑައެޅި ސަބަބު އަމުރުގައި ބަޔާންކޮށްފައެއް ނެތެވެ.

ހިނގަމުންދާ ޝަރީއަތްތަކާ ގުޅިގެން ބަންދާމެދު ދަށު ކޯޓުން ނިންމާ ނިންމުންތައް ހައިކޯޓުން ބާތިލްކޮށް، އެ މައްސަލަ ބަލަން ޖެހޭ ގާނޫނީ އުސޫލުތައް ބަޔާން ކޮށްދިނުމުން އެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް އެ މައްސަލައެއްގެ ބަންދާމެދު ގޮތެއް ނިންމަން ޖެހެނީ ދަށު ކޯޓުން ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ. މި ހުކުމް އިއްވަވާފައިވަނީ ފަނޑިޔާރު އަލީ ސަމީރު, ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު