Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިބު ރައީސް ފައިސަލް

ފައިސަލް ލޯތްބާއެކު ޒުވާނުންނަށް: މަގުމަތީގެ އެކްސިޑެންޓްތަކާމެދު ވިސްނަވާ

19 އެޕްރީލު 2019 | ހުކުރު 02:19

އެކްސިޑެންޓްތައް މަދުކުރުމަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 އެޕްރީލު 2019 | ހުކުރު 02:19
ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގައި ހިނގަމުންދާ މަގުމަތީގެ އެކްސިޑެންޓްތަކަކީ މިހާރު ދިމާވެފެއިވާ އެންމެ ބޮޑު އެއް ޑިޒާސްޓަރ ކަމަށާއި މިކަމާމެދު ޒުވާނުން ފުންކޮށް ވިސްނަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ގައުމީ ރޯޑް ސޭފްޓީ އެކްޝަން ޕްލޭން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވުމަކީ ހަގީގަތުގައި ވަރަށް ފުންކޮށް ވިސްނައި އިތުރު ފިޔަވަޅުތައް އަޅަންޖެހިފައިވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement
''ބޮޑު އިންސައްތައެއް މާލެ ސަރަހައްދުން ފެނިގެންދިޔަ ނަމަވެސް ރާއްޖޭގައި ގިނަ ހިސާބުތަކުގައި ވަކިން ޚާއްސަކޮށް ބޮޑެތި ރަށްތަކުގަ އެކްސިޑެންޓްތައް ހިނގަނީ މަދަކުން ނޫނޭ. އަޅުގަނޑުމެން މިއަދު ރާއްޖޭގެ ރަށްތަކުގައި ފަސޭހަކަމާއެކު ދުއްވާ ލެވޭ ގޮތަށް މަގުތަކާ އެއްޗެހި ހަދަމުންދާއިރު މިއީ ފުންކޮށް ވިސްނަން ޖެހޭކަމެއް.'' ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ފަސޭހަކަން ގެންނަނީ ހިތާމައާ ކުރިމަތިލާން ނޫން ކަމަށާއި، މަގުތައް ޒަމާނީ ފެންވަރަށް ހަދަމުންދާއިރު، އެމަގުތައް ބޭނުންކުރަން ޖެހޭނީ ބޭނުންކުރާ މީހާގެ އިތުރުން އެހެން މީހުންނަށް ހިތްދަތިކަން ނުލިބޭ ގޮތަށް ބަލައިގެން ކަމަށެވެ.

ޒުވާނުން ބޮޑަށް ވިސްނަންޖެހޭކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކޮންމެ މަންމަ އާއި ބައްޕައަކުގެ އެމީހެއްގެ ދަރިއާއި މެދު ފޮނި މުސްތަގުބަލެއް އުއްމީދު ކުރާ ކަމަށެވެ.

''ތަފާސްހިސާބުތަކުން ވެސް އަބަދު ވެސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ ގާތްގަނޑަކަށް އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ގިނަ އަދަދެއްގެ ޒުވާނުން، ގިނަ އެކްސިޑެންޓްތަކުގައި ގިނަ އަނިޔާތައް ލިބިފައިވާކަން. ވަރަށް ލޯތްބާއެކު އެފާރާތްކުގެ ކިބައިން މިއެދެނީ މިކަންތައްތަކާއި ތިޔަ ޒުވާނުން ފުރިހަމައަށް ވިސްނަވާށޭ،'' ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މަގުމަތި ބޭނުންކުރާއިރު އެހެން މީހުންނާ މެދު ވެސް ވިސްނަންޖެހޭ ކަމަށާއި، ދުއްވާ މީހުން މަގު ހިނގާ މީހުންނާ ދޭތެރޭގައި ވިސްނަން އެބަޖެހޭ ކަމަށެވެ. ހިނގާ މީހުން ދުއްވާ މީހުންނަށް ތަން ދޭންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެހިލަކެއް ފުރޮޅާލާފައި

ފައިސަލް ވިދާޅުވީ އަޅުގަނޑުމެންނަކީ ދޫދޭންޖެހޭ ބަޔަކަށްވާންޖެހޭއިރު، ލަސްވެގެން މީހަކު ކުރިއަރައިގެންދާ ވަގުތު އެމީހަކަށް ޖާގަ ދޭންޖެހޭ ކަމަށެވެ. ނަމަވެސް އަމަލުތައް ހުންނަ ގޮތުން އެކަމަށް ދެރަވެ، ހިތާމަކޮށް އަދި ބައެއް ފަހަރު ފަހަރު ލަދު ގަންނަޖެހޭ މަންޒަރުތައް ވެސް މަގުމަތިން ފެނިގެންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

މަގުހުރަސް ކުރުމަށް ވަކި ސަރަހައްދެއް ކަނޑައަޅައި ކުލަ ގަދަކޮށް އެތަން ފާހަގަކޮށްފައި އޮންނައިރު ވެސް ގިނަ ފަހަރު މަގު ހުރަސް ކުރާ ފަރާތްތަކަށް ފުރުސަތު ނުދެވިދާ ކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވީ އެއީ ލަދު ގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ މަގުހުރަސްކުރާ ތަނުގެ 6 ފޫޓު ދުރުން ވެސް ހަމަ ހުރަސްކޮށްލާ މަންޒަރު ފެންނަ ކަމަށާއި، މިއީ ހިނގާ މީހުން މަގު ބޭނުން ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށެވެ.

ފައިސަލް ވިދާޅުވީ ދިވެހި ރައްޔިތުން ބައެއްގެ އާދަތައް ރަނގަޅުކޮށް، އެންމެނަށް ނަމޫނާ ދައްކާ ބަޔަކަށްވާންޖެހޭ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 މެއި 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި

08 މެއި 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފި
03 މެއި 2017

ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!

03 މެއި 2017
ފައިސަލްއާ ސުވާލުކުރީ މަޖިލީހުގެ 42 މެންބަރުން ޖޭޕީއަށް ގެންދަން މަސައްކަތްކުރޭތޯ!
02 މެއި 2017

ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ

02 މެއި 2017
ކާށިދޫ ދާއިރާގެ މެންބަރ ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރު ކުރަނީ
13 އެޕްރީލު 2017

އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

13 އެޕްރީލު 2017
އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
12 އެޕްރީލު 2017

ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!

12 އެޕްރީލު 2017
ޔާމީން ބަންދުކުރި މައްސަލަ: އަމީން ފައިސަލްގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްތި ދުވަހު!
11 އެޕްރީލު 2017

މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް

11 އެޕްރީލު 2017
މަޖިލިސް ފެންނަނީ ކަންމަތީ ފިހާރައެއްގެ ގޮތުގައި: ފައިސަލް ނަސީމް
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް