Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެސްއެމްއީ ބޭންކު

އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި

18 އެޕްރީލު 2019 | ބުރާސްފަތި 13:02

އަލަށް ފަށާ ވިޔަފާރިތަކަށް "ފަށާ ވިޔަފާރި" ލޯނު

އަމަން ހަލީމް
އަމަން ހަލީމް | 18 އެޕްރީލު 2019 | ބުރާސްފަތި 13:02
އެސްއެމްއީ ބޭންކުގެ އެމްޑީ އަހްމަދު ޒީނާދު

އެސްއެމްއީ ބޭންކުގެ އެމްޑީ އަހްމަދު ޒީނާދު

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސަރުކާރުން އުފެއްދި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފިއެވެ.

އަލަށް ފަށަައިގަންނަ ވިޔަފާރިތަކަށާއި، މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށްގެން އަލަށް ތައާރަފް ކުރި ދެ ލޯނަކީ "ފަށާ ވިޔަފާރި" އަދި "ވިޔަފާރި ތަރައްގީ" ގެ ލޯނެވެ. މި ލޯނުތައް ދޫކުރަން ހަމަޖެހިފައިވަނީ 4 ޕަސެންޓާއި 9 ޕަސެންޓާއި ދެމެދުގެ އިންޓްރެސްޓް ރޭޓެއްގައި ގިނަވެގެން 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

Advertisement - newsAdvertisement

ދޫކުރެވޭ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކާ މުއްދަތު ކަނޑައެޅޭނީ އެސްޑީއެފްސީއަށް ހުށަހަޅާ ލޯނު އެޕްލިކޭޝަންތަކަށް ބެލުމަށް ފަހު، އެ ވިޔަފާރިއެއްގެ ރިސްކާއި ފީސިބިލިޓީއަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ. އަދި މީގެ ތެރެއިން ބައެއް ލޯނުތަައް އެ ލޯނެއްގެ އަދަދާއި މަޝްރޫއަށް ރިއާޔަތްކޮށް އެއްވެސް ރަހުނަކާ ނުލާވެސް ދޫކުރެވޭނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހު އެސްޑީއެެފްސީން ތައާރަފްކުރި ދެ ލޯނާއި އެކު މިހާރު ޖުމްލަ 6 ވައްތަރެއްގެ ލޯނެއް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރެވެއެވެ. ތައާރަފް ކުރެވުނު ދެ ލޯނުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ލިބިގެން ދިޔުމާއި އެކު ވިޔަފާރިތައް ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގައި އެސްޑީއެފްސީން ކުރަމުންދާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެން ދާނެ ކަމަށް ވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ. ލޯނުތަކާއި ބެހޭ އިތުރު މައުލޫމާތު އެ ކޯރޕަރޭޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެސްޑީއެފްސީން ވަނީ ބުނެފައެވެ.

އެސްޑީއެފްސީން ދޫކުރާ އިތުރު ލޯނުތަކުގެ ތެރޭގައި ހިމެނެނީ ހަރުމުދާ ލޯނު، ވިޔަފާރި އެހީ، ރަށު ފަތުރު އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ދަނޑެވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައާރަފުކުރެވިފައިވާ "ދަނޑުވެރި ނަފާ" ލޯނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް