Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިން

އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިން، ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ސަރުކާރުން ކަރަންޓަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް ހަކަތަ ސަމަކާރަ ގޮތްތައް އަށަގެންނެވުމަކީ ކޮންމެހެން ލާޒިމްކަމެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 18 އެޕްރީލު 2019 | ބުރާސްފަތި 10:44
އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިން ވޯރކްޝޮޕްގެ ތެރެއިން

އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިން ވޯރކްޝޮޕްގެ ތެރެއިން

އިމާރާތްތަކުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އިމާރާތްކުރުމުގައި ގެންގުޅޭނެ ހަކަތަ ސަމަކާރަ ގައިޑްލައިނެއް ތައްޔާރު ކުރުމަށް ކަމާގުޅުންހުރި ފަރާތްތަކާއިއެކު ބާއްވާ އިންސެޕްޝަން ވަރކްޝޮޕް ބާއްވައިފިއެވެ.

ޝީ ބިލްޑިންގގައި ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ކަމާއި ގުޅުންހުރި ވުޒާރާތަކާއި، ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބު ކުރައްވާ މިނިސްޓްރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެން ރަޝީދު ހަސަން ދެއްކެވި ވާހަކަފުޅުގައި އާންމުންނާއި ސަރުކާރުން ކަރަންޓަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށް ހަކަތަ ސަމަކާރަ ގޮތްތައް އަށަގެންނެވުމަކީ ކޮންމެހެން ލާޒިމްކަމެއް ކަމަށެވެ.

މި މަސައްކަތުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ސްޕެޝަލިސްޓް ޚަދީޖާ ނަސީމް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން ތައްޔާރުކުރާ އިމާރާތްކުރުމުގައި ގެންގުޅޭނެ ހަކަތަ ސަމަކާރަ ގައިޑްލައިނަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ގުޅިގެން ތައްޔާރުކުރާ ގައިޑް ލައިނެއް ކަމަށެވެ. އެހެންކަމުން މި ތައްޔާރުކުރެވޭ ގައިޑްލައިނަކީ ދިވެހި ރާއްޖެ ބިލްޑިންގ ކޯޑުގެ ބައެއްގެ ގޮތުގައި ހިމަނައި، އާންމުންނަށް ފަސޭހައިން ލިބޭނެހެން އާންމު ކުރުމަށް ތައްޔާރު ކުރާ ގައިޑްލައިނެއް ކަމަށާއި އެގޮތުން ދަރިވަރުންނަށާއި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި އަދި މިނޫންން ދާއިރާތަކުގެ ބޭފުޅުންނަށްވެސް މި ގައިޑްލައިންގެ ފަސޭހަކަމާއި އެކު ބޭނުންކުރުމަށް މަގުފަހިކޮށްދިނުމަކީ މިމަސައްކަތުގެ އަމާޒެއް ކަމަށް ހަދީޖާ ވިދާޅުވި އެވެ.

އެނަރޖީ އެފިޝަންސީ ބިލްޑިންގ ގައިޑްލައިނެއް ތައްޔާރުކުރުމުގެ މަޤްސަދަކީ ރާއްޖޭގައި ހަދާ އިމާރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި ސިފަތަކެއް ހިމަނައިގެން ހަދާ އިމާރާތްތަކަކަށް ހެދުމަށް ބާރުއެޅުމާއި، މިހާރު ހުރި އިމާރާތްތަކަށް ކުދިކުދި ބަދަލުގެނެސްގެން އެ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ މިންވަރު ދަށްކުރުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީގެން އިމާރާތްތަކުގެ ދާއިރާއިން ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރާވަރު އިތުރުކުރުމެވެ.

މި މަސައްކަތަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލްސީއީއައި) މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. އެލްސީއީއައި މަޝްރޫޢުއަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ބަދަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ: ކުއްޓި ނަޝީދު

ސަރުކާރު ބަދަލުވާއިރު ބަޖެޓް ތައްޔާރުކުރުމުގެ ފުރުސަތު އައު ސަރުކާރަށް ލިބޭ ގޮތަށް ގާނޫނު ބަދަލުކުރަންޖެހޭ: ކުއްޓި ނަޝީދު

30 އޮކްޓޯބަރު 2018
އަންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ: ޝާހިދު

އަންނަ އަހަރަށް ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށް އެބަދޭ: ޝާހިދު

06 އޮކްޓޯބަރު 2018
އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ފުލުހުން ބާލައިފި

އަސްދޫ ބިލްޑިންގް މަތީގައި ހުރި ޖޭޕީގެ ބޮޑު ދިދަ ފުލުހުން ބާލައިފި

21 އޯގަސްޓު 2018
ފިނޭންސް މިނިސްޓްރީ ބިލްޑިންގގެ މަސައްކަތް ހުއްޓިފައި

ފިނޭންސް މިނިސްޓްރީ ބިލްޑިންގގެ މަސައްކަތް ހުއްޓިފައި

11 އެޕްރީލު 2018
ގާޒީ ބިލްޑިންގެ ސީލިންގުން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ގާޒީ ބިލްޑިންގެ ސީލިންގުން ބައެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

02 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު