Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިފައިންގެ ޝަރަފުގެ ހިނގާލުން

ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލަނީ

18 އެޕްރީލު 2019 | ބުރާސްފަތި 10:27

ޝަރަފުގެ ހިނގާލުމުގައި 8 ގެމަ ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 18 އެޕްރީލު 2019 | ބުރާސްފަތި 10:27
އެމްއެންޑީއެފްގެ ބައެއް ވެހިކަލްތަކެއް

އެމްއެންޑީއެފްގެ ބައެއް ވެހިކަލްތަކެއް

127 ވަނަ ސިފައިންގެ ދުވަސް ފާހަނގަކުރުމަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭން، މާލެ ސިޓީގައި މާދަމާ ބާއްވާ ސިފައިންގެ ޝަރަފުގެ ހިނގާލުމުގައި، ސިފައިންގެ ބައެއް އުޅަނދުތައް ދައްކާލުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާދަމާ ހަވީރު 16:00 ގައި މާލެ ސިޓީގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި 8 ގެމަ ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އަދި ޝަރަފުގެ ހިނގާލުމުގެ ލަޝްކަރުގެ ފޯރމޭޝަންގައި، އެމްއެންޑީއެފް ކޯސްޓްގާޑް، މެރިންކޯ، ޑްރިލް ޓީމް، އެމްއެންޑީއެފް ބްރާސް ބޭންޑް، ސަޕޯރޓް ސަރވިސް، ސްޕެޝަލް ފޯސެސް އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް ހިމެނޭނެކަމަށް އެ އިދާރާއިން ބުންޏެވެ. މި ގެމަތަށް ބައިވެރިވަމުންދާނީ އެބަޔަކަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯރމުގައި ކަމަށާއި، މި ޝަރަފުގެ ހިނގާލުމުގައި އަންހެން ސިފައިންނަށް ޚާއްޞަ ގެމައެއް ވެސް ހިމެނޭނެކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

Advertisement - newsAdvertisement

އެމްއެންޑީއެފުން ބުނީ ސިފައިންގޭގައި މިހާރު ބޭނުންކުރާ ބައެއް އުޅަނދުތަކުގެ ތެރެއިން ފަޔަރ ވެހިކަލްތަކާއި ސްޕެޝަލް ފޯސަސްގައި ބޭނުންކުރާ ބައެއް އުޅަނދުތައް މި ޝަރަފުގެ ހިނގާލުމުގައި ދައްކާލުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.

މި ޝަރަފުގެ ހިނގާލުން ހުއްޓުމަށް ހަމަޖެހިފައިވާ ފުރަތަމަ ތަނަކީ މުލިއާގެ ސަރަހައްދެވެ. މި ހުއްޓުމުގައި ބޭންޑުގައި ބޮޑުބެރާއި އެކު ފުނަޖެހުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރޯޝަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ކަންމަތި، މަޖީދީ މަގާ ފާށަނާ ކިލޭގެ މަގު ގުޅޭ ކަންމަތި، މާފަންނު ސަހަރާ ޕާކިން ޒޯން ކައިރި އަދި އިއްޒުއްދީން މަގާ އާޒާދީ ހިންގުން ގުޅޭ ކަންމަތި ކައިރީގައެވެ. ކޮންމެ ހުއްޓުމެއްގައިވެސް ސިފައިންގެ ބޭންޑުގައި ރީތި އެކި ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެ އަމީރު އަޙްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް ގޮސް، މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު ޢަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް ގޮސް، ބޮޑުތަކުރުފާނު މަގުން އިރަށް ގޮސް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުގެ ދެކުނަށް އަޅައި އަމީނީ މަގުން އިރަށް ގޮސް، އިއްޒުއްދީން މަގުން ދެކުނަށް ގޮސް، ކަޅުތުއްކަލާ ކޮށްޓަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
11 ފެބުރުއަރީ 2017

އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން

11 ފެބުރުއަރީ 2017
އުޅަނދުތައް ޓޯވް ކުރަން ފަށަނީ، ޓޯވް ކުރުމުގައި ލިބޭ ގެއްލުން ކުޑަކުރުމަށް އުޅަނދުގެ ބިއްލޫރިގަނޑު ތަޅާލެވޭނެ: ފުލުހުން
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް