Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓްް

ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟

17 އެޕްރީލު 2019 | ބުދަ 13:31

ބްރޯޑްކޮމްއިން ވަނީ މީޑީއާގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއަޅާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 އެޕްރީލު 2019 | ބުދަ 13:31
ބްރޮޑްކޮމްގެ މެންބަރުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ބައްދަލުކުރުން

ބްރޮޑްކޮމްގެ މެންބަރުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ބައްދަލުކުރުން

ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް ކުރި އަނިޔާތަކުގެ ވާހަކަ އަނެއްކާ ފެށިގެންގޮސް ނިމެންދެން ލިޔާނެ މާބޮޑު ބޭނުމެއް ނެތެވެ. ދިވެހިން ނުދަންނަ ވާހަކައެއް ނޫނެވެ. ބަޔަކު މީހުން އެ އަނިޔާވެރިކަމުގެ ވާހަކަ ހަނދާން ނެތިގެން އުޅުނަސް، އެކަން ހަނދާން ނެތޭހާ ދުވަސްނުވެއެވެ. އެ އަނިޔާވެރި ދުވަސްތަކުގައި، އަނިޔާވެރި ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރި މީހުންގެ މަތިން ވެސް ދިވެހިން ހަނދާން ނުނެތެއެވެ. އަނިޔާވެރި ވެރިކަމަށް ހިތްވަރުދީ، އެކަމަށް މަގު ފަހިކޮށްދިން އެއް ބަޔަކީ ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެކޮމިޝަންގެ މެމްބަރުންކަން މިއަދު ވެސް ދިވެހިން ހަނދާން އެބަހުއްޓެވެ.

އިންސާފުގެ މަގަށް ރާއްޖެ ގެނައުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ހިންގި އިސްލާހީ ހަރަކާތުގެ އަޑު ކަނޑުވާލަން އެންމެ ގަދައަށް މަސައްކަތް ކުރީ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންނެވެ. އިދިކޮޅު ފަރާތްތަކުގެ އަޑުތައް ގެނެސްދިން، ރައްޔިތުންގެ ލޯބި ލިބިފައި އޮތް ރާއްޖެ ޓީވީ ފުލުފުލުގައި ޖޫރިމަނާކޮށް، ސްޓޭޝަންގެ އަޑު ކަނޑުވާލަން އެތައް މަސައްކަތެއްކޮށް، ސްޓޭޝަންގް ޓްރާންސްމިޝަން މެދުކަނޑާލަން މަޖުބޫރުވާ ޙާލަތްތައް މެދުވެރިކުރީ މިހާރުވެސް އެކޮމިޝަންގައި ތިއްބެވި މެމްބަރުން ތިއްބަވައިގެންނެވެ. ރައީސް ޔާމީން ޕްރޮމޯޓް ކުރުމަށް ކެނޑިނޭޅި ކުރި މަސައްކަތުގެ އަގެއްގެ ގޮތުން ބޮޑު މުސާރަ ދީފައި ކަމަށް ޤާބިލްނޫން ބަޔަކު އެތަނަށް ލައިގެން ކުރީ ސަރުކާރުން ޖެހި ސަކަރާތް ދިވެހިން ހަނދާން އެބަހުއްޓެވެ. ކޮމިޝަންގައި ތިބެފައި ގޮސް ޔާމީން ޕާޓީގެ ޖަލްސާތަކުގެ ގޮނޑި ޖަހަން ކޮމިޝަންގެ މެމްބަރުން ތިބި ދުވަސް އަދި ހަނދާން ނެތޭހާ ނުވެއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ އުނދަގޫ ބޮޑުވެ، އިސްލާހީ ހަރަކާތުގައި އުޅުނު ފަރާތްތަކަށް އެމީހުން ރައްޔިތުންނަށް ދޭން ބޭނުންވި މެސެޖް ދިނުމަށް ހުރަސް އެޅީ އިހަކަށް ދުވަހުއެވެ. ކޮމިޝަނާއި ހަވާލު ކޮށްފައިވާ މެންޑޭޓުގައިވާ ކަންކަން ފުރިހަމަނުކޮށް، ހަމައެކަނި ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަ ދައްކާ ފަރާތްތަކުގެ އަނގަމަތީގައި މަލަން އަޅަން ތިބޭ ބަޔަކަށް އެކޮމިޝަން އޮތީ އިހަކަށް ދުވަހުއެވެ.

1 ފެބްރުއަރީގައި ނެރުނު އަމުރާއިއެކު، އިސްލާހީ ހަރަކާތުގެ އަޑު ގަދަވުމުން، އެއަޑު ކަނޑުވާލަން އެންމެ ގަދައަށް މަސައްކަތް ކުރީ ބްރޯޑްކޮމްއެވެ. އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ގެނެސްދީފިނަމަ ޓީވީތައް ބަންދުކުރާނެކަމުގެ އިންޒާރު އެތައް ފަހަރަކު ދިނެވެ. މުޒާހަރާތައް ކަވަރުކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިކުރުވިއެވެ.

އެހެން ނަމަވެސް މިއަދު އެދުވަސް ފާއިތުވެއްޖެއެވެ. ރައްޔިތުން އަނިޔާވެރިކަމަށް ނޫނެކޭ ބުނެފިއެވެ. ދެފަހަރު ނޫނެކޭ ބުނެފިއެވެ. ދެން އޮތީ އަނިޔާވެރި ކަމަށް އެއްބާރުލުން ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. މިހާރު ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުން ރައީސް އޮފީހަށް ވަދެ، ކޮމިޝަނަށް ދިމާވި ދަތިތަކުގެ ވާހަކަ ދައްކަނީއޭ ބުނީމާ އަންނަނީ ޒާތެއްގެ ހިންޏެކެވެ. ކޮމިޝަންގެ މެމްބަރުން އެބައްދަލު ކުރި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ އަޑު ކަނޑުވާލާ، އެމަނިކުފާނުގެ މެސެޖް ރައްޔިތުންނާއި ހަމައަށް ދިޔަ ނުދޭން ކޮމިޝަންގެ ރައީސް ޝަހީބާއި އެހެން މެމްބަރުން ކުރި މަސައްކަތް ދިވެހި މީޑިއާތަކުން ހަނދާން އެބަހުއްޓެވެ. އަދި ނޫސްވެރިކަމުގެ މިނިވަން ދުވަސް ފާހަގަކުރަން މީޑިއާ ކައުންސިލާއިއެކު ބްރޯޑްކޮމްގެ މެމްބަރުން ބައްދަލުކުރިއިރު، ލަދު ހަޔާތުގެ ކަންފުޅެއްވެސް ހަމަ ނެތީތޯއެވެ؟ ހައްދެއް ނެތި ބާރުތަކާއި ފައިސާ ލިބިފައި އޮއްވާ ބްރޯޑްކާސްޓަރުންގެ ހައްޤުގައި އެއްވެސް ކަމެއް ނުކޮށް، މިއަދު ދެން ކޮން ވާހަކައެއް ދައްކަންތޯއެވެ؟

އިތުރަށް ކިޔާލަން

02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
16 ޖޫން 2017

ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން

16 ޖޫން 2017
ބްރޯޑްކޮމް ކުރުދޮށީގައި - އެ ހޯދީ މީޑިއާނެޓުން ބައި މިލިއަން، ރާއްޖެޓީވީން 1.2 މިލިއަން
29 އެޕްރީލު 2017

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
06 މާރިޗު 2017

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް