Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިއާގެ އިންތިޚާބު

އިންޑޮނީޝިއާގެ އިންތިޚާބުގެ ވޯޓްލުން ފެށިގެން ކުރިޔަށްް

ވިދޯދޯއާ އެެންމެ ގާތުން ވާދަކުރައްވަނީ ޕްރަބޯވޯ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2019 | ބުދަ 04:35
އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު 7:00 ގައި ފަށާފައިވޭ

އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު 7:00 ގައި ފަށާފައިވޭ

އިންޑޮނީޝިއާގެ ރައްޔިތުން އެ ގައުމުގެ ރިޔާސީ އިންތިޚާބާއި އާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

އިންޑޮނީޝިއާގެ އެންމެ އިރު އުތުރުގެ ޕްރޮވިންސްތަކުގައި އިންތިޚާބުގެ ވޯޓްލުން ބުދަ ދުވަހުގެ ހެނދުނު 7:00ގައި ފަށާފައިވާއިރު ވެރިރަށް ޖަކާޓާގައި ފަށާފައި ވަނީ އެ ޕްރޮވިންސްތަކަށް ވުރެ ދެ ގަޑިއިރު ފަހުންނެވެ.

އިންޑޮނީޝިއާގެ ތިން ޓައިމް ޒޯނެއް އޮވެއެވެ. ވޯޓުލުން މެދުރު 1 ޖަހާއިރު ބަންދުކުރާއިރު ވޯޓްލުން ބަންދުކުރާތާ ދެ ގަޑިއިރު ތެރޭ ނަތީޖާ ލިބެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.

ދުރު ސަރަހައްދުތަކަށް ސެކިއުރިޓީންނާ އެކު މަތިންދާ ބޯޓްގައި ވޯޓްކަރުދާސް ފޮނުވާފައިވާއިރު ވޯޓް ކަރުދާސްތައް ތަންތަނަށް ފޮނުވުމަށް ލޯންޗުފަހަރާއި، ކެނޯ އާއި އަސް ވެސް ބޭނުންކޮށްފައި ވެއެވެ.

މީގެ އިތުރުން އިންޑޮނީޝިއާގެ ޖަކާޓާގެ އުތުރުން އޮންނަ ތައުޒަން އައިލެންޑްސްއަށް ވޯޓްލާ މަރުކަޒުތަކެއްގެ ގޮތުގައި ދެ ލޯންޗެއް ވޯޓް ފޮށި ހިފައިގެން ގޮސްފައި ވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ޖޯކޯ ވިދޯދޯ އާއި އިންޑޮނީޝިއާގެ އުލަމާ ކައުންސިލްގެ ޗެއަރމަން މައުރުފް އަމީން އާއި ރިޓަޔަރޑް ޖެނެރަލެއް ކަމަށްވާ ޕްރަބޯވޯ ސުބިއަންޓޯ އާއި މިލިއަނަރެއް ކަމަށްވާ ސަންޑިއާފާ އޫނޯއެވެ.

ވިދޯދޯއާ އާއި އަމީން ދައްކަވަމުން ގެންދަވަނީ އެ ބޭފުޅުންނަކީ ދީނީ އަދި ކުރިއެރުމުގެ ވިސްނުންތަކުގެ ބައެއްގެ ގޮތުގައެވެ.

ވިދޯދޯއާ އެެންމެ ގާތުން ވާދަކުރައްވާ ޕްރަބޯވޯއަކީ 2014 ވަނަ އަހަރުގެ އިންތިޚާބުގައި ވެސް ވާދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު އޭނާއަކީ އިންސާނީ ހައްގުތަކަށް އަރައިގެންފައިވާ ފަރާތެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފައެވެ. އޫނޯ ވަނީ މީގެ ކުރިން ޖަކާޓާގެ ގަވަރުނަރެއްގެ ގޮތުގައި މަދު މަސްތަކެއް ހޭދަ ކުރައްވާފައެވެ.

މިފަހަރުގެ އިންތިހާބުގައި 192 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ވިދޯދޯ މި ފަހަރުގެ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެއެވެ. ވިދޯދޯ އުޅުއްވަނީ އެމަނިކުފާނާ އެއްމެ ގާތުން ވާދަކުރައްވާ ކުރީގެ އަސްކަރިއްޔާގެ ޖެނެރަލް ޕްރަބޯވޯއަށް ވުރެ އެތައް ގުނައެއް ކުރީގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު

07 ނޮވެމްބަރު 2017
ޓޫރިޒަމް ތަރައްގީކުރުމުގެ އިތުރު މަޝްރޫއުތައް އަންނަ އަހަރު ފެށިގެންދާނެ: ބަންޑާރަ ނައިބު
01 ނޮވެމްބަރު 2017

ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް

01 ނޮވެމްބަރު 2017
ކެންޔާގައި އަލުން ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރާނަން: އިދކޮޅު ކެންޑިޑޭޓް
22 އޮކްޓޯބަރު 2017

ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

22 އޮކްޓޯބަރު 2017
ޖަޕާނުގެ އަވަސް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
24 ސެޕްޓެމްބަރު 2017

ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ

24 ސެޕްޓެމްބަރު 2017
ޖަރުމަނުގެ ފެޑެރަލް އިންތިޚާބުގެ ވޯޓްލުން ފެށިއްޖެ
01 ސެޕްޓެމްބަރު 2017

ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި

01 ސެޕްޓެމްބަރު 2017
ކެންޔާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ބާތިލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު