Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުޅިވަރު އެސޯސިއޭޝަންތައް

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ދޮވެ ސާފުކުރަންޖެހޭ!

ކުޅިވަރު އެސޯސިއޭޝަންތައް ހިންގާ މީހުންގެ ކަރަޕްޝަންގެ މައްސަލަތައް އެބަހުރި

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 14:06
ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއާ ބައްދަލުކުރައްވަނީ

ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއާ ބައްދަލުކުރައްވަނީ

އަބަދުވެސް ދެކެވެމުން އަންނަ ވާހަކައަކީ އެކި ކުޅިވަރުތަކުގައި އެކަށީގެންވާ ވަސީލަތްތަށް ނެތް ވާހަކައެވެ. ބޭނުންވާ ވަރަށް ތަމްރީނު ކޮށްދޭނެ މީހުން ނެތް ވާހަކައެވެ. އެސޯސިއޭޝަންތަކުގައި ހިންގުންތެރި ތެދުވެރި ބަޔަކު ނެތް ވާހަކައެވެ. ދެން ދައްކާ ވާހަކައަކީ ވަސީލަތްތަށް ހޯދައިދޭން އެސޯސިއޭޝަންތަކަށް އައްޔަނުކޮށްފައިވާ މީހުން ކަރަޕްޓް ވާހަކައެވެ. ދައްކަން މިއުޅެނީ ދިވެހި ރާއްޖޭގައި ކުޅިވަރުތައް ހިންގުމަށް އުފެދިފައިވާ އެސޯސިއޭޝަންތަކުގެ ވާހަކައެވެ.

ރާއްޖޭގައި 18 ވަރަކަށް އެސޯސިއޭޝަން އޮންނައިރު، އޭގެ ތެރެއިން ބައެއް އެސޯސިއޭޝަންތައް ހިންގަމުން އަންނަނީ ނަމެއްގައެވެ. އެ ކުޅިވަރުތަކުގެ ނަންބޭނުން ކޮށްގެން ފައިސާ ހޯދާ، އެ ފައިސާ އަމިއްލަ ފައިދާއަށް ބޭނުންކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. މިއީ އަބަދުވެސް ފެތުރެމުން އަންނަ އަޑުތަކެވެ. އެސޯސިއޭޝަންތަކަށް ކުރެވެމުން އަންނަ ތުހުމަތެކެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ވާހަކަ ދެކެވޭއިރު، އެސޯސިއޭޝަންތައް ހިންގަން އެކި ދައުރުތަކުގައި އަދި މިހާރުވެސް ތިއްބެވި ބޭފުޅުންގެ ހިޔާނާތުގެ މައްސަލައިގެ ވާހަކަދައްކާނެ ބަޔަކު ނެތެވެ. އެސޯސިއޭޝަންތަކުގައި ތިއްބެވި ބޭފުޅުން ހިޔާނާތްވިޔަސް އެވާނީ ހިޔާނާތަށް ނޫން ހެއްޔެވެ؟ މި ބުނަނީ ކުޅިވަރުގެ އާއިލާގައި ހިމެނޭ ބަޔަކު ކޮފީ މޭޒުގައި މިވާހަކަތައް ނުދައްކާ ވާހަކައެއް ނޫނެވެ. އެވާހަކަތައް ކޮފީ މޭޒުގެ އިތުރުން ފެންމަތިކޮށް މިކަންތައްތައް ބެލި ތަހުގީގުކުރާ ހިސާބަށް ގެންދަން މަސައްކަތް ނުކުރާ ވާހަކައެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް އެސޯސިއޭޝަންތަކާ ބައްދަލުކުރައްވަނީ

ކުޅިވަރު އެސޯސިއޭޝަންތަކުން ވެފައިވާ ހިޔާނަތްތަކަށް ބަލާލަމާ ހިނގާށެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓަކީ އެއަރ ކޮންޑިޝަންކޮށް ފިނިކޮށް ހުންނާނެ ގޮތަށް ފަރުމާ ކުރެވިފައިވާ ތަނެކެވެ. އެހެން ނަމަވެސް އެތަނުގައި ހަރުކޮށްފައިވާ ޖާދޫވީ ނުފެއްނަ ޒާތުގެ އޭސީގެ ސަބަބުން އެތަނުގައި މެޗެއް ބަލާލަން ހުންނައިރު ވަނީކީ އަމަށަކު ހޫނެއްނޫނެވެ. އަދުގެ ސަރުކާރުން އެކަން ހައްލުކޮށް ޒުވާޏުން މަރުކަރުގެ އެތެރެ ހޯލު ކުޅިވަރު ކުޅުމަށް އެކަށީގެންވާ ތަނަކަށް ހެދުމަަށް މަސައްކަތް ކުރައްވާނެ ކަމުގެ ފެހި ސިގުނަލް ދީފައިވާއިރު މުސްތަގުބަލުގައި ކަންވެގެން ދާގޮތް ބަލަން ތިބެމާ ހިނގާށެވެ.

ދެންއޮތީ ކެރަމް އެސޯސިއޭޝަނުގެ ވާހަކައެވެ. ކެރަމް ބޯރޑް ކުޅެންތިބޭ އިރު ތިމަންނަމެން ގަޔަށް ފެންތިކި ޖަހައޭ ކުޅުންތެރިން ބުނީމައި ހައިރާނެއް ފަހެ ނުވާނެހެއްޔެވެ. ކޮންމެ އަހަރަކު ސަރުކާރުން ބަޖެޓެއް ދެއެވެ. މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް ކިޔާ މިނިސްޓްރީ އެއް އޮވެއެވެ. އެ މިނިސްޓްރީއަށްވެސް ސަރުކާރުން ބޮޑު ބަޖެޓެއް ރައްޔިތުންގެ ޓެކްސް ފައިސާއިން ކަނޑައަޅާފައި އޮވެއެވެ. މިހެން މިކަން އޮތުމުން ކުޅުންތެރިންތަކެއް ކުޅެން ތިބޭ ތަނަށް ފެން ތިކިޖަހައޭ ބުނުމުން މިކަން ގަބޫލް ކުރާނީ މަދު ބައެކެވެ. އިސް މަގާމުތަކަށް މީހުން އައްޔަނު ކުރެވިފައިވަނީ މިފަދަ ކަންކަން ހައްލުކޮށް އެންމެ އެކަށީގެންވާ ވަސީލަތްތަކެއް ހޯދައި ކުޅިވަރުތަށް ކުރިއެރުވައި ދިނުމަށް ނޫންހެއްޔެވެ.

ގައުމީ އަންހެން ނެޓްބޯލް ޓީމު

ދެން އޮތީ ހުއްޓުން އަރާފައި އޮތް ނެޓްބޯޅަ އެސޯސިއޭޝަނުގެ ވާހަކައެވެ. ރަނގަޅު ފެންވަރުގެ ބޯޅައެއް ކީއްކުރަން އާދައިގެ ބޯޅައެއްވެސް ނެޓްބޯޅަ އެސޯސިއޭޝަންގެ މިލްކިއްޔާތުގައި މިވަގުތު އޮތްހެނެއް ހިޔެއްނުވެއެވެ. އެސޯސިއޭޝަންގެ އެންމެ ޅަފަތުގައި އޮތީ އަތުމެކެންޔާ ދަތުވެސް މެކެފައެވެ. އަހަރުތަކެއް ފަހުން ނެޓްބޯޅަ އެސޯސިއޭޝަންގެ އިސްވެރިން ބަދަލުވިއިރު އެސޯސިއޭޝަން އޮތީ ދަރަނިވެރި ވެފައެވެ. ބޮޑެތި ސްޕޮންސަރތައް ނެގިއެވެ. އެލާރީ ވަނީ ބިންފަޅާ އަޑިއަށް ކަމެއް ނޫނީ އެރީ އުޑަށްކަމެއް ނޭގެއެވެ. ދެން އައި މެނޭޖްމެންޓް އުޅެންޖެހުނީ ދަރަނި ދައްކައި އެކަމުން ސަލާމަތް ނުވެވިގެންނެވެ. އެހެން ނަމަވެސް ނެޓްބޯޅަ އެސޯސިއޭޝަންގެ ނިމިގެން ދިޔަ ދައުރުގެ އިސްވެރިންނަށް އެސޯސިއޭޝަން ނުހިންގުނީ ދަރަނި ދައްކާފައި ބާކީ ލާރިއެއް ނެތީމާއޭ ބުނުމުން މޮޔަ މިހެއްދެނީ ކޮންބައެއްބާވައެވެ.

ނެޓްބޯޅައަށްފަހު ދެން ބާސްކެޓް އޮތީ ކޮންހާލެއްގާތޯ ބަލާލަމާތޯއެވެ. ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ ބަދަލުވިތާ މާގިނަ ދުވަހެއް ނުވެއެވެ. ކުޅޭނެ ރަނގަޅު ކޯޓެއް ބާސްކެޓަކަށްވެސް ނެތެވެ. ވަރުވަރުން ފުޓްސަލު ދަނޑުތަށް ބިން ހުސްކޮށް މުޅި މާލޭގައި އޮތްއިރު ބާސްކެޓް ކުޅެން އޮތީ ދެ ކޯޓެވެ. ދެން އޮތީ ސޯޝަލް އިންޑޯއެވެ.

ވޮލީ އެސޯސިއޭޝަން ރައީސް މުހައްމަދު ލަތީފް އާއި އެކްސްކޯ ބައެއް މެމްބަރުން

އެ ތަނަކީ ރައީސް އޮފީހަށް ވުރެން "ބިޒީ" ތަނެކެވެ. ވޮލީއާއި، ބާސްކެޓާއި، ނެޓްބޯޅައަށް އެއްވަރަށް ވަގުތު ބަހާފައި އިންޑޯ ކޯޓު ހަމަހަމަކޮށް ފަރިތަކުރުންތަކަށް ދިނުމަކީ ނާދިރު ކަމެކެވެ. ސުވާލަކީ ބާސްކެޓުގެ އިސްވެރިން ބާސްކެޓަށް ހާއްސަ ރަނގަޅު ކޯޓެއް ހޯދަން ނޫޅެނީހެއްޔެވެ؟ ނޫނެކެވެ. އެ ބޭފުޅުންވެސް ވަރަށް މަސައްކަތް ކުރެއެވެ. ނޫސްވެރިއަކު ނުވަތަ އެހެންވެސް މީހަކު އަހާލައިފިނަމަ، ރެއާ ދުވާލު ނުނިދާ ކުރަނީ އެމަސައްކަތެވެ. ހިތާމައަކީ، މުބާރާތެއް ބާއްވަން ވިޔަސް ބިމެއް ހޯދައި، ކޯޓު ކުރަހައިގެން އެތައް ބުރަ މަސައްކަތެއް ކޮށްގެން ނޫނީ ބާސްކެޓް މުބާރާތެއްވެސް މި މާލޭގައި ބޭއްވެން ނެއްކަމެވެ.

މި ހުރިހާ ވާހާކައެއް ދައްކާއިރު، ވޮލީ ބޯޅައިގެ ވާހަކަ ދައްކާ ނުލައި ނިންމާލެވޭކަށް ނެތެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ދާދި ފަހަކާ ޖެހެންދެން ބައެއްގެ މުށުތެރޭ ފޮރުވައިގެން ގެންގުޅުނު ތަނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ދެން ދައްކަން އޮތީ، އެންމެ ގިނަ ލާރިލިބޭ އެންމެ ކުރިއަރާފައިވާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްގެ ވާހަކައެވެ. ކްލަބުތަށް ރުޅިގަދަވެ ހޫނު ދޮން ދަގަނޑަށްވެފައި ވާއިރު، އެސޯސިއޭޝަންގެ ވެރިން ކަހާތަން ހިރުވާވެސް ނުލަނީއެވެ. ރާއްޖޭގައި އޮތްނަމަ އޮތް ކްލަބަކުން އެފްއޭއެމްއާއި ދެކޮޅުވެފައި ވާއިރު އަދިވެސް މަގާމުތަކުގައި ފައިވިއްދާ ގަދަކޮށްފައި ތިބިއްޔެވެ. އެބޭފުޅުންގެ މޮޅުކަމުން އެންމެފަހުން އޭއެފްސީ ކަޕުންވެސް ޓީމުތަކަށް ފުރުސަތު ނުލިބުނެވެ. ފަރިތަކުރުންތަށް ކުރިއަށް ގެންގޮސް، މުބާރާތްތަކަށް ތައްޔާރުވާން ތިއްބާ ސަސްޕެންޑްވެސް ކުރަނީއެވެ. މާލީގޮތުން ވާނެ ގެއްލުމަކަށް ބެލުމެއް، ފުޓުބޯޅައަށް އައިސްދާނެ ހީނަރުކަމަކަށް ބެލުމެއް ނެތެވެ. ކިތައްމެ ދަނޑުތަށް ގިނަ ވެފައި ތަރައްޤީއަކަސް، ސިޔާސީވެ އިތުބާރު ގެއްލުމުން ތަނެއް ވީރާނާ ވާކަށް މާގިނަ ދުވަހެއް ނުވާނެއެވެ.

ވަގަކަށް ހާސްދުވަހެވެ، ވާގެއްލުން ދެ ގުނައެވެ. އަލުން އަނބުރާ ކުޅިވަރުތައް ދިރުވާ އާލާ ކުރުމަށް ހެޔޮނިއަތެއްގައި މަސައްކަތް ކުރާނެ ބަޔަކު މިގައުމަށް ބޭނުންވެއެވެ. މުސްތަގުބަލުގައި ބައިނަލްއަޤްވާމީ ވަނަތަކެއް ހޯދޭނީ އޭރުންނެވެ. ހަމަހަމަ ކަމާއެކު ވަސީލަތްތަކުގެ ގޮތުން ކުޅިވަރިތަކަށް އެހީތެރިވެދޭން އެބަޖެހެއެވެ. ވަކި ބައެއްގެ އަމިއްލަ ފައިދާއަށް އެސޯސިއޭޝަންތަށް ބޭނުން ނުކޮށް ޒިންމާދާރުވާނަ އެބަޖެހެއެވެ.

ހުނަރުވެރި ކުޅުންތެރިން އެބަތިއްބެވެ. އެފަދަ ކުޅުންތެރިން އިތުރަށް ތަމްރީނުކޮށް ރަންވަނަތަކެއް ހާސިލް ކުރުމަށް އެހީތެރިވެދޭން ތިބީވެސް ހަމަ ކުޅިވަރު އެސޯސިއޭޝަންތަކެވެ. ރެފްރީންނާއި، ކޯޗުން ތަމްރީނުކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި، ފުރަ މާލެއެކޭ އެއްފެންވަރެއްގައި މުބާރާތްތަށް ކުރިއަށް ގެންދެވޭނެ އިންތިޒާމުތަށް ހަމަޖެހެން އެބަޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

ރާއްޖޭގެ " އެމްއެމްޕީއާރްސީ" ކޮރަޕްޝަން ވާނީ އެމެރިކާގެ " ވޯޓަރގޭޓް" ސްކޭންޑަލް އަށް ބާ؟

16 އޯގަސްޓު 2017
އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

އިބްރާހީމް ނާސިރު – މިނިވަންކަމުގެ ބަތަލު، ރާއްޖޭގެ ޒަމާނީ ތަރައްގީގެ މޭސްތިރި

26 ޖުލައި 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު