Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

އުވިގެންދާ ގަވާއިދުތަކުގެ މުއްދަތު އަނެއްކާ ވެސް އިތުރުކުރުމަށް މަޖިލީހުން ފާސްކޮށްފި

16 އެޕްރީލު 2019 | އަންގާރަ 09:00

ގަވާއިދުތަކައް އަމަލުކުރުމުގެ މުއްދަތު އިތުރުކުރީ 2020 ވަނަ އަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް 

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 އެޕްރީލު 2019 | އަންގާރަ 09:00
މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

މަޖިލީހުގެ ޗެމްބަރުގައި މެމްބަރުން

އުވިގެންދާ ގަވާއިދުތަކުގެ މުއްދަތު 2020 ވަނަ އަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް އިތުރު ކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

އުވިގެންދާ ގަވާއިދުތަކުގެ މައްސަލައާ ގުޅޭ ގޮތުން ގަވާއިދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓް އަންގާރަދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ. މި ރިޕޯޓް މަޖިލީހުގެ ތަޅުމަށް އިއްވީ ގަވާއިދު ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ.

Advertisement - newsAdvertisement

ރިޕޯޓް ހުށަހަޅުއްވަމުން އިންތި ވިދާޅުވީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި ބަޔާންކޮށްފައިވާ ގަވާއިދުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް ގާނޫނުތައް ހެދިފައިވާ ގަވާއިދުތައް އުނިކޮށް އެ ގާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައި މިހާރު ބަޔާންކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމުގެ މުއްދަތު އެކެއް މެއި 2019 އިން 2020 ވަނަ އަހަރުގެ އެޕްރީލްމަހުގެ ނިޔަލަށް އިތުރު ކުރުމަށް 15 އެޕްރީލް 2019 ގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޢުލަބިއްޔަތުން ފާސްކޮށްފައިވާ ކަމަށެވެ.

ގަވާއިދު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ބަހުސްގައި ބައިވެރިވެވަޑައިގެންފައި ވަނީ އެންމެ ދެ މެމްބަރުންނެވެ. އެއީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްއެވެ. ދެ މެމްބަރުންވެސް ވަނީ އުވިގެންދާ ގަވާއިދުތަކުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނު އިސްލާހުވެގެން އަންނައިރު މި ގަވާއިދުތައް ހެދުމުގައި އެކި ކުންފުނިތަކުން އެކި ހަމަތައް ގެންގުޅޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގައި ޖަދުވަލުގައި ހިމެނޭ އެއްވެސް ގަވާއިދެއް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީން ނޫން ގޮތަކަށް ބަދަލުނުކުރެވޭނެ ރޫހެއް ގާނޫނުގައި ނެތް،" އާމިރު ވިދާޅުވިއެވެ.

އިންތި ހުށަހެޅުއްވި ގޮތަށް ފާސްކުރުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަން ފާހަގަކުރައްވައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މި ގޮތަށް މުއްދަތު އިތުރު ކުރަން ފާސްކުރި ކަމުގައި ވީނަމަވެސް ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ކުރީއްސުރެން މި ގަވާއިދުތައް ހެދުމުގައި ގާނޫނުތައް ބަދަލުކުރަންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި 2008 ވަނަ އަހަރު ފާސްކުރީއްސުރެ މިއަދާއި ހަމައަށްވެސް ދާކަން ޑެލިގޭޓެޑް ލެޖިސްލޭޝަން މިހާރަށް ވުރެ ރަނގަޅަށް ބަލައި ދިރާސާކޮށް އެކަންކަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮންނަ ގާނޫނުގެ ރޫހާއި އެއްގޮތަށްތޯ ބެލޭނެ އިންތިޒާމެއް މަޖިލިސް ތެރޭގައި ހިމެނިފައި އޮންނަންޖެހޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ގަވާއިދު ކޮމިޓީ އޮތް ކަމުގައި ވިޔަސް ހަގީގަތުގައި މި މަސައްކަތް ކުރެވި ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ ސަމާލުކަމެއް މި ކަމަށް ދެވިފައި ނެތް ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި މި ކަމަށް ދާއިމީ ހައްލެއް ހޯދިފައި ނުވާތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށުމާ އެކު ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދަކަށް ނޫނީ އަމަލުނުކުރެވޭތީ، އެހާތަނަށް ހުރި މުހިންމު ގިނަ ގާވާއިދުތަކެއް އުވިގެންދިޔަ ނުދިނުމަށް އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެ ގަވާއިދުތަކަށް ބެލެނިވެރިކަން ދިނެވެ. އަދި މީގެ ތެރެއިން ބައެއް ގަވާއިދުތަކަށް ފަހުން ހެދި ގާނޫނުތަކުން ބެލެނިވެރިކަން ލިބުނު ނަމަވެސް އަދިވެސް ވަކި ހާއްސަ ގާނޫނެއްގެ ދަށުން ބެލެނިވެރިކަން ނުލިބޭ ގިނަ ގަވާއިދުތަކެއް އެބަހުއްޓެވެ. އެކަން ހައްލުކުރުމަށް ފާއިތުވި އަހަރުތަކުގައި އެކި ފަހަރު މަތިން އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން އެ ގަވާއިދުތަކަށް ބާރު ދެމުން ދިޔައީ ވަގުތީ މުއްދަތުތަކެއް ކަނޑައަޅައިގެންނެވެ. އެންމެ ފަހުން ދިން މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް