Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މާލިއްޔަތު ކޮމެޓީ

ޖޭއެސްސީއިން ހުށައެޅި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ގޮތް ނިންމުމަށް 19 ވަނަ މަޖިލީހަށް

އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވާ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 09:43
މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމެޓީގެ ތެރެއިން

މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމެޓީގެ ތެރެއިން

ޖުޑީޝަލް ސަރވިސް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ހުށައެޅުން ފަނޑިޔާރުންގެ މުސާރަ ބޮޑު ކުރަން ގޮތް ނިންމުމަށް 19 ވަނަ މަޖިލީހަށް ފޮނުވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން އަންގާރަ ދުވަހު ނިންމާފައި ވަނީ އެކޮމެޓީއަށް ހާޒިރުވެ ވަޑައިގަތް އަށް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށް އަލުން ރިވިއު ކުރަން ހުށައެޅި އިރު 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް މުސާރައިގެ ގޮތުގައި 73،125 ރުފިޔާ ލިބިލައްވައެވެ. އަދި ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި 12،500 ރުފިޔާ މުސާރައިގެ އިތުރުން ލިބިލައްވައެވެ. އެންމެ ކުޑަ މުސާރައެއް ފަނޑިޔާރުންގެ ތެރެއިން ލިބިލައްވަނީ މެޖިސްޓްރޭޓަރުންނަށެވެ. އެއީ 23،450 ރުފިޔާއެވެ. މެޖިސްޓްރޭޓަރުންނަށް ކާރުކޮޅު، މެޑިކަލް އިންޝިއުރެންސްގެ ގޮތުގައި ލިބިލައްވަނީ 4،750 ރުފިޔާއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް ސޮއި ކުރައްވާ މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފަނޑިޔާރުންގެ މުސާރަތަކަކީ މިހާރުގެ މުސާރަތަކުގެ ޚަރަދުތަކާއި މިހާރުގެ ދިރިއުޅުމުގެ ޚަރަދުތަކާއި އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި އަޅާބަލާއިރު އެކަށީގެންވާވަރަށްވުރެ ކުޑަ މުސާރައެއްކަމަށް ކޮމިޝަނަށް ފެންނަކަމަށެވެ. އެހެންކަމުން އެ މުސާރަ އަލުން ރިވިއު ކޮށްދިނުމަށް މަޖިލީހަށް ހުށައަޅުއްވާކަމަށް އެސިޓީގައި ވަނީ އެދިވަޑައިގެންފައެވެ. ޖޭއެސްސީއިން ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަށް ނިންމައި މަޖިލީހަށް ފޮނުވާފައިވަނީ ފަނޑިޔާރުންގެ މުސާރައާއި އިނާޔަތްތައް ރިވިއު ކުރުމަށް އެކޮމިޝަންގެ ފަނޑިޔާރުންގެ ވަޒީފާއާއި ބެހޭ ކޮމެޓީއިން ނިންމައި ކޮމިޝަނަށް ހުށައެޅި ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑަށް ކޮމިޝަނުގެ މެމްބަރުން ހުށައެޅި އިސްލާހުތައް ހިމެނޭ ގޮތަށެވެ.

ފަނޑިޔާރުންގެ މުސާރައާއި އިނާޔަތް ރައީސުލްޖުމްހޫރިއްޔާގެ މުސާރައާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މުސާރަ ކަނޑައަޅައި ފާސްކޮށްފައިވަނީ 2010 ވަނަ އަހަރުގެ 28 ޑިސެމްބަރުގައި ރައްޔިތުންގެ މަޖިލީހުންނެވެ. އޭގެ ފަހުން މުސާރަ ރިވިއު ކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މި ސަރުކާރުން ޕޭ ކަމިޝަނާއި ގުޅިގެން ދައުލަތުގެ މުސާރައާއި އޮނިގަނޑު ރިވިއު ކުރަމުން ދާތީ މިވަގުތު ޖަވާބެއް ދެވެން ނެތްކަމަށް ޖޭއެސްސީއަށް ސިޓީއެއް ހުށައެޅުމަށް ފެނިވަޑައިގެންނަވާ ކަމަށެވެ.

ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ ދައުލަތުގެ އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ފަނޑިޔާރުންނަށް ކަމަށާއި ފަނޑިޔާރުންގެ މުސާރައާއި ބެހޭގޮތުން ގޮތް ނިންމެވުމަށް 19 ވަނަ މަޖިލީހަށް ބޭއްވުމަށް ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މުގައްރިރު ކޮމަންޑޫ ދައިރާ މެމްބަރު، އަހްމަދު ނާޝިދު (އޭޑީކޭ ނާޝީދު) ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އިން ވަނީ އެޖެންޑާ 19 އިގެ ގޮތުގައި ބޮޑު އެޖެންޑާއެއް ހިންގާފައި ކަމަށެވެ. އޭގެ ތެރޭގައި ޖުޑީޝަލް ރިފޯމް ހިމެނިފައިވާކަމަށާއި އެ އެޖެންޑާއަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާ އެޖެންޑާއެއްކަމަށެވެ. އެހެންކަމުން ރައްޔިތުން ދީފައިވާ ސާފު މެޖޯރިޓީގެ ތެރެއިން 19 ވަނަ މަޖިލީހަށް ފަނޑިޔާރުންގެ މުސާރަ ރިވިއު ކުރުމަށް ކޮމެޓީއިން ފާސްކޮށްފައިވާ ކަމަށެވެ.

" މި ކޮމެޓީއިން ތިބޭފުޅުން ތި ވިދާޅުވަނީ 19 ވަނަ މަޖިލީހުން އެބޭފުޅުން ރިވިއު ކުރުމަށް ފާސްކުރުމަށް ހުށައެޅުމަށް. އަޅުގަނޑުމެންގެ މެންޑޭޓުން މި ކަންތައްތައް ނިންމާލަން." ނާޝިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަކޮށް ބައެއް މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ބައެއް މުވައްޒަފުން ބުނެފި

17 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

28 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު