Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓިވެޓްއިން ހިންގާ ތަމްރީން ޕްރޮގްރާމްތައް

އެމްޕީއެލްއަށް މުއައްޒަފުން ތަމްރީން ކުރުމަށް ޓިވެޓްއާ ގުޅިގެން ޕްރޮގްރާމެއް ފަށައިފި

16 އެޕްރީލު 2019 | އަންގާރަ 07:27

ތަމްރީންދޭން ހަމަޖެހިފައިވަނީ އެމްޕީއެލްއަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން

އަމަން ހަލީމް
އަމަން ހަލީމް | 16 އެޕްރީލު 2019 | އަންގާރަ 07:27
އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން (ޓިވެޓް) ގުޅިގެން އެ ކުންފުންޏަށް ބޭނުންވާ މުއައްޒިފުން ތަމްރީނު ޕްރޮގްރާމެއް ފަށަން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެމްޕީއެލްގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދް އަލީއެވެ. ޓިވެޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ހާޝިމްއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލްގައި ފުލް ޓައިމް ޓްރެއިނިން ޕްރޮގްރާމެއް ހިންގަން ނިންމާފައިވާ އިރު، މި ޕްރޮގްރާމްގެ ދަށުން ސަތޭކައަށް ވުރެ ގިނަ ޒުވާނުން ތަމްރީން ކުރަން ވަނީ ހަމަޖެހިފައެވެ. އެކި ދައުރުތަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމް ކުރިޔަށް ގެންދާނީ އެޕްރެންޓިސްޝިޕް އުސޫލެއްގެ ދަށުންނެވެ. މި ޕްރޮގްރާމްގައި އެމްޕީއެލްގައި މަސައްކަތް ކުރާ މުއައްޒަފުންގެ އިތުރުން ޝައުގުވެރިން ހުރި އެހެން ފަރާތްތަކަށް ވެސް ބައިވެރިވެވޭނެއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއަކީ ވަރަށް ގިނަ ދާއިރާތަކަށް ތަމްރީންވެފައި ތިބި ޓެކްނިކަލް މުއައްޒަފުންތަކެއް ބޭނުންވާ ކުންފުންޏެއް ކަމުން، މިއަދު ސޮއިކުރެވިގެން މިދިޔައީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ. އަދި ކުންފުންޏަށް މުއައްޒަފުން ހޯދުމުގައި ދަތިތަކެއް ހުރިއިރު މި ޕްރޮގްރާމްގެ ދަށުން އެކަމަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއީ، ޓިވެޓްގެ ސްޓޭންޑަޑަށް ފެންވަރު ބެލެހެއްޓިގެން ހިންގާ ކޯސްތަކެއް ކަމަށެވެ. އަދި ކޮންމެ ބައިވެރިޔަކު ވެސް ތަމްރީން ޕްރޮގްރާމް ފުރިހަމަކުރުމުން ސެޓްފިކެޓް ލިބޭނީ ކިޔަވައިދޭ ފަރާތް ނޫން އެހެން ފަރާތެއްގެ އެސެސްމަންޓެއް ހެދުމަށް ފަހުގައި ކަމަށް ހާޝިމް ފާހަގަކުރެއްވިއެވެ.

ޓިވެޓް އާއި އެމްޕީއެލް ގުޅިގެން ހިންގާ ޕްރޮގްރާމްގައި ތަމްރީންދޭން ހަމަޖެހިފައިވަނީ އެމްޕީއެލްގެ ކޮމާޝަލް ހާބަރަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުންނެވެ. އެގޮތުން ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި، އިންޖިނިއަރުންނާއި އެހެނިހެން ޓެކްނިކަލް ދާއިރާތަކުން ތަމްރީނުދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް