Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ކޮމެޓީއަށް ފޮނުވާފައިވާ ފަސް ބިލެއްގެ ސުންގަޑި މި މަހުގެ ނިޔަލަށް އިތުރު ކޮށްފި

ފަސް ބިލް ވަނީ މިމަހުގެ 15 ވަނަ ދުވަހު ސުންގަޑި ހަމަވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 11:47
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒު ރަޝީދު

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައިވާ ފަސް ބިލެއްގެ ސުންގަޑި ހަމަވާތީ މި މަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެކޮމެޓީއަށް ފޮނުވާފައިވާ 5 ބިލަކީ:

Advertisement - newsAdvertisement
  1. މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ގައި ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށައަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލާއި
  2. 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ހުށައަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު އުވާލުމުގެ ބިލާއި،
  3. 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ގެމަނަ ފުށީ ދާއިރާގެ މެމްބަރު ޖަލީމު އުސްމާނު ހުށައަޅުއްވާފައިވާ ސިޔާސީ ޕާޓީގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައުމުގެ ބިލާއި،
  4. 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު ކުރީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލު ހުށައަޅުއްވާފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާއި،
  5. މިއަހަރުގެ ފެބްރުއަރީ 27 ވަނަ ދުވަހު ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލުގެ ކޮމެޓީ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ކޮމެޓީއިން ބިލު ނިންމި ގޮތަށް ނޫންކަމުގައި ބަޔާންކޮށް ޝަކުވާގެ ސިޓީއެއް އެކަން ހިނގައިފައިވާގޮތް ބައްލަވައިދެއްވުމަށް އެދިވަޑައިގެން މަޖިލީހުގެ އަމީންއާންމު ސޮއިކުރައްވައި ފޮނުވާފައިވާ މެމޯގެ މައްސަލައެވެ.

މި ފަސް ބިލް ވަނީ މި މަހުގެ 15 ވަނަ ދުވަހު (ހޯމަދުވަހު) ސުންގަޑި ހަމަވެފައެވެ. އެހެން ނަމަވެސް އަންގާރަ ދުވަހު އެ ކޮމެޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި އަށް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ ވޯޓުދެއްވާފައި ވަނީ، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށައެޅުއްވި ގޮތަށް މިމަހުގެ 30 ގެ ކުރިން ބިލްތައް ނިންމަވައި ގޮތެއް ނިންމުމަށެވެ.

އެ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ކޮމެޓީތައް ނުބޭއްވި ލަސްވެފައި ވަނީ ނިމިދިޔަ މަޖިލިސް އިންތިޚާބަށް ކެންޕެއިން ކުރެއްވުމުގައި މެމްބަރުން އުޅުއްވާތީ ކަމަށެވެ. އަދި ހުށައެޅިފައިވާ ފަސް ބިލުގެ ތެރެއިިން ގާނޫނީ ޚިދުމަތުގެ ބިލް މެމްބަރުންނާ ވާހަކަދެއްކެވުމަށް ފަހު ބުދަ ދުވަހަށް އެޖެންޑާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހުށައެޅުނު ފަސް ބިލުގެ އިތުރުން އެ ކޮމެޓީއަށް ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް (އެންއައިސީ) ކުރިމަތިލެއްވި 26 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ހުށައަޅާފައެވެ. އެންއައިސީއަށް ކުރިމަތިލެއްވި 26 ބޭފުޅުންގެ ތެރެއިން އެއް މެމްބަރުން ކޮމެޓީއިން ފާސްކުރަންޖެހެއެވެ. ރިޔާޒު ވިދާޅުވީ 26 ބޭފުޅުންގެ ނަންތައް ދިރާސާ ކުރައްވާނެ ދުވަހެއް ކަނޑައަޅުއްވާނީ ވެސް ކޮމެޓީގެ މެމްބަރުންނާ ވާހަކަ ދެއްކެވުމަށް ފަހުގައި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު