Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހްމަދު މަހްލޫފް

މަހްލޫފްގެ ސަސްޕެންޝަން އުވާލައިފި

16 އެޕްރީލު 2019 | އަންގާރަ 13:33

މަހްލޫފްގެ މައްސަލައެއް ނެތް ކަމަށް އޭސީސީ އާއި ފުލުހުން ވެސް ވަނީ ނިންމާފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 16 އެޕްރީލު 2019 | އަންގާރަ 13:33
ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް

ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް

މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެންޕަވަރމަންޓް އަހްމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލައިފިއެވެ.

މަހްލޫފް މަގާމުން އެކަހެރިކޮށްފައި ވަނީ އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯރޓްގައި އެސްއޯއެފް ކުންފުނިން ޑޮލަރު ގަތް މީހުންގެ ނަންތަކުގެ ތެރޭގައި، އޭނާގެ ނަން އޮތުމުގެ ސަބަބުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެންގެވުމުގެ މަތިންނެއެވެ.

Advertisement - newsAdvertisement

މަހްލޫފްގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭސީސީ އަދި ޕޮލިހުން ވެސް އެއްވެސް މައްސަލައެއް ނެތްކަން ޔަގީންކުރެއްވުމަށް ފަހު އޭނާއަށް އިތުބާރުކުރައްވާ އަލުން ރަސްމީ މަސައްކަތަށް ނެރެދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުދަންނަވާ ކަމަށެވެ. އަދި ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ރިޕޯޓާ ގުޅިގެން މަހުލޫފު ގޭގައި މަޑުކުރަން ރައީސް ސޯލިހު އަންގަވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި އެސްއޯއެފް ކުންފުނިން މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު ޖަމާވެފައިވާ ކަމަށް ދައްކައެވެ. އެ ރިޕޯޓްގައި މަޚްލޫފްގެ ނަންފުޅު އޮތުމުން، އެކަމާ ގުޅޭ ގޮތުން ރިޕޯޓް އާއްމުވި ދުވަހު މަޚްލޫފް ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ވެސް އަދި އެހެން ވެސް ކޮރަޕްޝަންގެ ފައިސާއެއްގައި ޖެހިފައި ނޯންނާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް އޭރު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން މަހުލޫފު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށެވެ. އަދި އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ، މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށް ވެސް މަހުލޫފު ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަހުލޫފުގެ އާއިލީ ވިޔަފާރީއެއް ކަމަށް ބަޔާނުގައި އޭނާ ވަނީ ވިދާޅުވެފައެވެ. މަހްލޫފް ވަނީ 33000 ޑޮލަރަށްވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފް އަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއް ވެސް ޓްވީޓްކުރައްވާފައެވެ.

މަޚްލޫފާ އެކު ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ވަނީ ހަމަ މި މައްސަލައިގައި ސަސްޕެންޑް ކުރައްވާފައިވެއެވެ. އޭނާގެ އެކައުންޓަށް ވެސް އެސްއޯއެފުން 30000 ޑޮލަރު ޖަމާކޮށްފައި ވެއެވެ. ނަމަވެސް އަންގާރަދުވަހު އަކްރަމްގެ ސަސްޕެންޝަން ވެސް އުވާލާފައިވަނީ ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު އެއްވެސް މައްސަލައެއް ނެތުމުން ކަމަށެވެ. މި މައްސަލަތައް އޭސީސީ އާއި ފުލުހުން ވެސް ތަހްގީގުކުރުމަށް ފަހު އެ ބޭފުޅުންގެ އެއްވެސް މައްސަލައެއް ނެތްކަން އަންގާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަހްލޫފް އާއި އަކްރަމްގެ އިތުރުން ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސްވެރިން ވެސް ސަސްޕެންޑްކޮށްފައި ވެއެވެ. ނަމަވެސް މި ދެ ބޭފުޅުން ފިޔަވައި އެހެން ފަރާތްތަކުގެ ސަސްޕެންޝަނާ މެދު ސަރުކާރުން އަދި ގޮތެއް ނުނިންމައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2017

ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައިވެސް ހަމައެއް، އުސޫލެއް ނެތް: ވަކީލުން

10 އޮކްޓޯބަރު 2017
ވަކީލުންގެ ސަސްޕެންޝަން އުވާލުމުގައިވެސް ހަމައެއް، އުސޫލެއް ނެތް: ވަކީލުން
03 އޮކްޓޯބަރު 2017

ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށްދޭން އެދިއްޖެ

03 އޮކްޓޯބަރު 2017
ސަސްޕެންޝަން އުވާލުމުގައި އަމަލުކުރާ އުސޫލު ސާފުކޮށްދޭން އެދިއްޖެ
30 ސެޕްޓެމްބަރު 2017

އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!

30 ސެޕްޓެމްބަރު 2017
އިތުރު 16 ވަކީލެއްގެ ސަސްޕެންޝަން އުވާލައިފި، އަދިވެސް 27 ވަކީލެއް ސަސްޕެންޝަނުގަ!
18 ސެޕްޓެމްބަރު 2017

ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި

18 ސެޕްޓެމްބަރު 2017
ވަކީލުންތަކުގެ ސަސްޕެންޝަން އުވާލުމަށް އެމްނެސްޓީއިން ގޮވާލައިފި
13 ސެޕްޓެމްބަރު 2017

ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި

13 ސެޕްޓެމްބަރު 2017
ވަކީލުންގެ ސަސްޕެންޝަން ވަގުތުން އުވާލުމަށް މައުމޫން ހަމީދު ގޮވާލައްވައިފި
04 ސެޕްޓެމްބަރު 2017

ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި

04 ސެޕްޓެމްބަރު 2017
ބީބީސީން މިޔަންމާގެ ޓީވީ ޗެނަލް އާއި އެއްކޮށް ހަދައިފައިވާ އެއްބަސްވުން އުވާލައިފި
30 މެއި 2017

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި

30 މެއި 2017
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުން މީޑިއާތައް ބޭރުކޮށް ގްރޫޕް އުވާލައިފި
17 މެއި 2017

ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި

17 މެއި 2017
ޤާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުތައް އުވާލައިފި
08 ފެބުރުއަރީ 2017

މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
މަހްލޫފްގެ މައްސަލައިގާ ހުރި ކަންބޮޑުވުންތައް އެމްޑީޕީން އައިޕީޔޫއަށް ހުށަހަޅައިފި
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް