Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ވަޒީފާތަކަށް ނާގާބިލު މީހުން ނަގާތީ ސުވާލުކުރުމަށް ސީއެސްސީގެ މެމްބަރުން ކޮމެޓީއަށް ހާޒިރުކުރުމަށް ފާސްކޮށްފި 

މެމްބަރުން ހާޒިރު ކުރާނެ ވަގުތެއް ކޮމެޓީގެ މެމްބަރުންނަށް އަންގާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 07:18
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ކުރިއަށް ގެންދިޔަ ކޮމެޓީގެ ތެރެއިން

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ކުރިއަށް ގެންދިޔަ ކޮމެޓީގެ ތެރެއިން

ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތު ހަމަނުވާ މީހުން ނަގާތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް އެ ކަމިޝަންގެ މެމްބަރުން ހާޒިރުކުރުމަށް ކޮމެޓީއިން ފާސްކޮށްފިއެވެ.

އަންގާރަދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާއި ބެހޭ ކޮމެޓީގައި އެ ހުށައެޅުން ފާސްކޮށްފައިވަނީ ބައިވެރިވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އާރިފު މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވަޒީފާތަކަށް މީހުން އައްޔަންކުރުމުގައި އިސްކަންދޭން ވާނީ އިލްމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ފަރާތްތަކަށް ކަން ސިވިލް ސަރވިސް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ޝަރުތުހަމަނުވާ ފަރާތްތައް ހަމަޖެއްސަމުންދާކަމުގެ ޚަބަރުތައް ބައެއް ނޫސްތަކުގައި ޝާއިއުކުރަމުންދާތީ އެކަންތައްތައް ސިވިސް ސަރވިސް ކޮމިޝަނުގެ މެމްބަރުންނާ ސުވާލުކޮށްގެން ސާފުކުރުމަށް ބޭނުންވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފައެވެ.

އެކޮމެޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަނުގެ މެމްބަރުން ހާޒިރު ކުރާނެ ވަގުތެއް ކޮމެޓީގެ މެމްބަރުންނަށް އަންގާނެ ކަމަށެވެ.

އަންގާރަދުވަހު އޮތް ކޮމެޓީގައި ބައެއް މެމްބަރުން ވަނީ ސިވިލް ސަރވިސް ކަމިޝަނުގެ މެމްބަރުން ހާޒިރު ކުރުމަށް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އެގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިވިލް ސަރވިސް ކަމިޝަނުގެ ތެރޭގައި ވެސް ޝަރުތު ހަމަނުވާ މެމްބަރުން އެބަތިއްބެވި ކަމަށެވެ. އަދި އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އައްޔަން ކުރައްވާފައި ތިއްބެވި މެމްބަރުންކަމަށް ރޮޒެއިނާ ފާހަގަކުރެއްވިއެވެ.

"މި ކޮމެޓީގައި ތިއްބެވި މެމްބަރުން ހެކިވާނެ އެތާގައި އެބަތިބި ސިވިލްސާވިސް ކަމިޝަނުގެ މެމްބަރުކަމަށް ޝަރުތުހަމަނުވާ މެމްބަރުން ވެސް. މިތަނަށް ގެނެސް އެބޭފުޅުން ކިޔަވަން ތިބި ދުވަސްކޮޅަކީ އެބޭފުޅުންގެ ތަޖުރިބާގެ ދުވަސްކަމަށް ބަލައިން ނިންމައިގެން 10 އަހަރުގެ ތަޖުރިބާ ކިޔެވުމަށް ފަހު އޮންނާނެކަމަށް ގާނޫނު ގައި އޮތްއިރު އެނޫން ގޮތަށް އަމަލު ކޮށްގެން މި ކޮމެޓީއިން ނަގާފައި ތިއްބެވި މެމްބަރުން ސިވިލް ސަރވިސްގައި އެބަތިބި" ރޮޒެއިނާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގާފައިވާ ސިޔާސީ ހަރަކާތްތަކުގައި ސިވިލް ސަރވިސްގެ މެމްބަރުން ބައިވެރިވެފައިވާކަން ހާމަވެފައިވާ ކަމަށެވެ. މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަޒީފާ އަދާކުރާމީހުންނަށް އޮތް ބިރުވެރިކަން އޮތް ކަމަށެވެ. ސިވިލް ސަރވިސް ގެ މުއައްޒަފުން ނާއި މެމްބަރުން ސިޔާސީ ހަރަކާތްތަކަށް ދިއުމަށް މަޖުބޫރުކޮށް ހާޒިރީ މާކް ކުރުން ފަދަ ކަންތައްތައް މިދިޔަ ސަރުކާރުގައި ހިނގާފައިވާ ކަމަށާއި 18 ވަނަ މަޖިލީހުގެ ފަހު ދައުރުގައި އެކަހަލަ ހުށައެޅުމެއް ހުށައެޅުމުން ހައިރާންވެލައްވާ ކަމަށް އިންތި ވިދާޅުވިއެވެ. އަދި އެވާހަކަތައް މީޑިއާގަ އާއި މަޖިލީހުގެ މެމްބަރުން ވެސް ސަމާލު ކަމަށް ގެނައި ކަމަށާއި އެކަމާއި އަޅާލާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"މުއައްޒަފުންނަށް ފޮނުވާފައި ހުންނަ މެސެޖްތަކާއި މެމޯ ހެއްދުމާއި މި ކަންތައްތަކަކީ މުޅި މީޑިއާއަށް ފަލީހަތް ވެފައިވާ ކަންތައްތައް. މި ހުރިހާ ކަމެއް ހިނގައިދިޔައިރު މިއިން އެއްވެސް ކަމެއްގައި މި ބޭފުޅުން އަޅުގަނޑޫމެން ޝަކުވާ ހުށައެޅިއިރު ބެލުމެއް ނެތް.މިއަދު ކުއްލިއަކަށް ވެއްޖިއްޔާ އަޅުގަނޑު ޔަގީންކަން އަރުވަނީ ހަމަގައިމު މިހާރު މިއޮތް ސަރުކާރުގައި މަޖުބޫރު ކަމެއް ނޯންނާނެ އެވެސް މުއައްޒަފަކަށް،" އިންތި ވިދާޅުވިއެވެ.

ސިވިސް ސަރވިސް ގާނޫނަށް އަމަލު ކުރަން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

ސީއެސްސީގެ ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ފާތުމަތު އާމިރާއި އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ

ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ

09 ޑިސެމްބަރު 2018
ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރަން އެންމެ މަތިން މާކްސް ލިބުނީ އާމިރާއަށް

ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކުރަން އެންމެ މަތިން މާކްސް ލިބުނީ އާމިރާއަށް

29 ނޮވެމްބަރު 2018
ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފި

ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފި

30 ސެޕްޓެމްބަރު 2018
އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން

އިންތިހާބުގެ ފަހުން ހަދާ އެއްބަސްވުންތަކާ ދެމުންދާ ވަޒީފާތަކަށް ޒިންމާއެއް ނުވާނަން: ހަސަން

25 ސެޕްޓެމްބަރު 2018
ސަރުކާރު މުވައްޒަފުން އޮފީހުގައި ތިބެ ރީރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ގަވައިދު ބެލުމަށް ފަހު: ސީއެސްސީގެ ރައީސް

ސަރުކާރު މުވައްޒަފުން އޮފީހުގައި ތިބެ ރީރަޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ގަވައިދު ބެލުމަށް ފަހު: ސީއެސްސީގެ ރައީސް

22 ޖުލައި 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު