Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިކަމާއި ބެހޭ ބިލް

މަސްވެރިކަމާ ބެހޭ އާ ބިލް- މިނިސްޓްރީއަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް!

މަސްވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގުމަށް ހުއްދަ އާއި ލައިސަންސް ދިނުމުގެ ބާރު މިނިސްޓރީއަށް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 04:40
ދިވެހި މަސްވެރިން

ދިވެހި މަސްވެރިން

ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ މިނިސްޓްރީއަށް ބޮޑެތި މަސްއޫލިއްޔަތުތަކާ އެކު ސަރުކާރުން މަސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް ހުށައަޅައިފިއެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ހުށައަޅާފައިވާ މި ބިލްގެ ފުރަތަމަކިއުން ވަނީ ހޯމަދުވަހު އިއްވާފައެވެ.

Advertisement - newsAdvertisement

މިބިލް ހުށައެޅި މަގުސަދު ކަަމަށް ބުނެފައި ވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރުންތަކާއި، އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމާއި، ހެޔޮވެރިކަމުގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިންގައި ބެލެހެއްޓުމާ ގުޅޭ އޮނިގަނޑު އެކަށައަޅައި، އެކުއަކަލްޗަރގެ ސިނާއަތު ރާވައި ހިންގައި ބެލެހެއްޓުމަށް ފުރިހަމަ ނިޒާމެއް އެލުލަވާލައި އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމެވެ. އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި ފިޔަވަޅުއެޅުމާއި، ރާއްޖެއިން ބައިވެރިވެފައިވާ މަސްވެރިކަމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކަށް ދައުލަތުން އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރުމުގެ ގޮތުން ރާއްޖެއިިން ތަންފީީޒު ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވާލުން ވެސް މި ބިލްގެ މަގްސަދުތަކުގެ ތެރޭގައި ވެއެވެ.

ބިލްގައި މަސްވެރިކަމާ ބެހޭ މިނިސްޓްރީގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ގޮތުގައި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި ބަލަހައްޓައި، ތަރައްގީކުރުމުގެ މަސްއޫލިއްޔަތާއި ބާރުތައް ދޭގޮތަށް ވަނީ ހުށައަޅާފައެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަަހައްދުގައި ކުރާ މަސްވެރިކަމާއި، މަސްވެރިކަމާއި ގުޅުންހުރި ހަރަކާތްތަކާއި ބެހޭ ގަވާއިދުތައް ހަދައި ތަންފީޒު ކުރުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަަމާ ބެހޭ ހަރަކާތްތަކާ ބެހޭ ގަވާއިދު ހަދައި ތަންފީޒުކޮށް، ރާއްޖޭގެ ކަނޑާއި އެއްގަމުގައި ކުރާ އެކުއަކަލްޗާއާއި ގުޅޭ ކަންކަން ހިންގައި ކުރިއެރުވުމާއި، ކަނޑުގެ ދިރުންތަކާ މާހައުލު ހިންގައި ބަލަހައްޓައި ދެމެހެއްޓެނިވި މަސްވެރިކަމާއި އެކުއަކަލްޗަރ ކުރިއެރުވުން ހިމެނެއެވެ.

އެކުއަކަލްޗަރ ކުރިއެރުވުމަށް ޚާއްސަ ގަވާއިދުތައް ހަދަންޖެހޭ

އެއްތިރީސް އަހަރުވީ މަސްވެރިކަމާ ބެހޭ ގާނޫނު އުވާލައި، އަލުން ހުށައަޅާ މި ގާނޫނު ދިވެހިރާއްޖެ އާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަންކުރާ ބޭރުގެ އުޅަނދުފަހަރުތަކާއި ފަރާތްތަކުގެ މައްޗަށް ހިނގާނެއެވެ.

މި ބިލްގައި ހިމެނޭ މުހިއްމު މާއްދާތަކުގެ ތެރޭގައި، މަސްވެރިކަމުގެ ވަސީލަތްތައް ރާވައި ހިންގުމުގައި "ގުޑް ގަވަރނަސް" ގެ ދަށުން މަސްވެރިކަމާ ބެހޭ ކަންކަން ރާވައި ހިންގުމުގައި ދެ ފުށް ފެންނަ ނިޒާމެއްގެ ދަށުން ކަންކަން ރާވައި ހިންގުން މިނިސްޓްރީގެ މައްޗަށް ލާޒިމްކުރެއެވެ.

މަސްވެރިކަމުގެ ބާވަތްތައް ކަނޑައެޅުމާއި، މަސްވެރިކަމާ ގުޅޭ މެނޭޖްމެންޓް ޕްލޭންތައް ހަދައި އެއަށް އަމަލުކޮށް، ރާވައި ހިންގާ ބެލެހައްޓާނެ ގަވާއިދުތައް ހެދުމުގެ ބާރު މިނސްޓްރީއަށް ލިބިއެވެ. މިއާ އެކު، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ކުރާ މަސްވެރިކަމާއި، އަދި މަސްވެރިކަމާ ގުޅޭ ހަރަކާތްތައް ހިންގުމަށް ހުއްދައާއި ލައިސަންސް ދިނުމުގެ ބާރު މިނިސްޓރީއަށް ލިބިދެއެވެ.

މި ބިލުގައިވާ ގޮތުން މުނިފޫހިފިލުވުމާއި ކުޅިވަރުގެ ބޭނުމަށް ބާއްވާ "މަސް ރޭސް" ފަދަ އެއްވެސް ހަރަކާތެއް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ. އަދި އެކަމަށްޓަކައި ފީއެއް ވެސް ނެގުމުގެ އިޚްތިޔާރު މިނިސްޓްރީއަށް އޮވެއެެވެ. އަދި އެ ހުއްދަ ދެވޭނީ ގިނަވެގެން 14 ދުވަހުގެ މުހުލަތަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.

މަސްރޭސް ބާއްވާ ނަމަ ކުރިން ހުއްދަ ހޯދަން ޖެހޭ

ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން ބޭރުގެ މަސްވެރި އުޅަނދުތަކަށް މަސްވެރިކަން ކުރުމަށް ވެސް ކުރިއާލާ މިނިސްޓްރީ އިން ޚާއްސަ ހުއްދައެއް ނަގަންޖެެހެއެވެ. އަދި އެ ހުއްދަ ދިނުމުގައި އަމަލު ކުރާނެ ގޮތާއި ގުޅޭ ގަވާއިދެއް މިނިސްޓްރީން އެކުލަވާލަންޖެހެއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކަށް ބޭރުގެ މަސްވެރި އުޅަނދުފަހަރު ވަދެ ނުކުތުމާއިބެހޭ ގަވާއިދުތައް ހެދުމުގެ ބާރުވެސް މިނިސްޓަރަށް މި ބިލުގެ ދަށުން ލިބިދެއެވެ.

އެގޮތުން އެކުލަވާލާ ގަވާއިދުތަކާއި އުސޫލްތަކުގައި މަސްވެރިކަމާ ބެހޭ ލައިސަންސް ދިނުމާއި، ހުށައަޅާނެ ޝަރުތުތަކާއި، ހުއްދަ ނުވަތަ ލައިސަންސް ހިފަހައްޓައި ބާތިލު ކުރުމާއި، އާ ކުރުމާއި ބެހޭ ގަވާއިދު އެކުލަވާލައި، ދައްކަންޖެހޭ އެކިއެކި ފީ ކަނޑައަޅުމުގެ ބާރު މަސްވެރިކަމާއި ބެހޭ މިނިސްޓްރީއަށް މި ބިލުން ލިބިދެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން ކުރުމަށް ނުވަތަ މަސްވެރިކަމާއި ގުޅުން ހުރި ހަރަކާތްތައް ހިންގޭނީ މިނިސްޓްރީއިން ދޫކުރާ ސައްޚަ ލައިސަންސެއް އޮވެގެންނެވެ. އެ ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ ބާރުވެސް މި ބިލުން މިނިސްޓަރަށް ލިބިދެއެވެ. އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުގައި މަސްވެރިކަން ކުރާ ކުރުމުގައި މަނާކަމެއް ކޮށްފިނަމަ އެކަމަށް ދޭނެ އަދަބު ނުވަތަ ޖޫރިމަނާކުރުމާއި އަދަދު ކަނޑައަޅާނީވެސް މަސްވެރިކަމާއި ބެހޭ މިނިސްޓްރީންނެވެ. މަސްވެރިކަމާއި ގުޅޭ ލައިސަންސް ނުވަތަ ހުއްދަ ބާތިލު ކުރާ ނަމަ އެކަން އެންގިކަމުގެ ލިޔުމެއް ފެންނަން އޮންނާންޖެހެއެވެ.

ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ކޯސްގާޑުން ހިފެހެއްޓި ބޭރުގެ މަސްބޯޓެއް

މީގެ އިތުރުން ރާއްޖޭގެ މަސްވެރިންނާއި، ބޭރުގެ މަސްބޯޓުތަކުން ގާނޫނާއި ޚިލާފަށް ކުރެވޭ މަސްވެރިކަން ހުއްޓުވައި، ފިޔަވަޅު އެޅުމުގެ ބާރު މިނިސްޓްރީއަށް ލިބިދެއެވެ.

އެކުއަކަލްޗަ ކުރުމުގެ ގަވާއިދާއި ލައިސަންސްދިނުމާއި، ހިފެހެއްޓުން އަދި އެކުއަކަލްޗަކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައި އެކަމާއި ގުޅޭ ޕްލޭންތައް ރާވައި ހިންގުމަކީ މިނިސްޓްރީގެ މޭންޑޭޓްގެތެރޭގައި ހިމެނޭ ކަންކަމެވެ. އަދި އެކުއަކަލްޗާ ކުރާއިރު، އީއައިއޭ ރިޕޯޓް ހަދައިފައިވޭތޯ ބެލުމާއި، އެކަން ކުރުމަށް ރާއްޖޭގެ ބިމާއި ބެހޭ ގާނުނުގެ ދަށުން ހެދިފައިވައިވާ ގަވާއިދާއި އެއްގޮތަށް ފިޝަރީޒް މިނިސްޓްރީއަށް ބިން ކުއްޔަށް ދޫކުރުމުގެ ބާރު ވެސް މި ބިލުން މިނިސްޓްރީއަށް ލިބިދެއެވެ.

ބާރަ ބާބުގެ މައްޗަށް އެކުލެވޭ މި ބިލުގެ ނުވަވަނަ ބާބުގައި މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި މޮނިޓަރިން، ކޮންޓްރޯލް އަދި ސަރވޭލެންސްއާއި ބެހޭ ނިޒާެމެއް ސިފައިންގެ ކޯސްޓްގާޑާއި ފުލުހުންނާއި، ޓްރާންސްޕޯޓް އޮތޯރިޓީއާއި ގުޅިގެން ފިޝަރީޒް މިނިސްޓްރީން ހަދައި ތަންފީޒުކުރަން ލާޒިމްކުރެއެވެ. އަދި ތަންފީޒުކުރުމުގެ ބާރު، ފުލުހުންނާއި ސިފައިން އަދި ކޯސްޓްގާޑަށް ވަރަށް ފުޅާ ދާއިރާއެއްގައި ލިބިދެއެެވެ. އެގޮތުން ތަންފީޒީ މި އިދާރާތަކުން ކޯޓް އަމުރަކާއި ނުލައި އުޅަނދެއް ހުއްޓުވައި ބަލައި ފާސްކުރެވިދާނެއެވެ. އަދި އެކުއަރކަލްޗަރ ކުރާ ސަރަހައްދުވެސް ބަލައި ފާސްކުރެވިދާނެއެވެ. މީގެ އިތުރުން ހިފާ ހައްޔަރުކުރުކުރުމުގެ ބާރުވެސް ތަންފީޒީ އިދާރާތަކަށް ލިބިދެއެވެ. މީގެ އިތުރުން ތަންފީޒީ އިދާރާތަކަށް ލިބިދޭ ބާރުގެ ދަށުން ނެގޭ ތަކެތި ހިފަހައްޓައި، ހަލާކުވާ ބާވަތެއް ނަމަ ވިއްކާ ވެސް ލެވިދާނެއެވެ.

މިގާނޫނު ބުނާ ގޮތުން މަސްވެރިކަން މޮނިޓަރކުރުމާއި ކޮންޓްރޯލް ކުރުމާއި ސާރވައިލެންސް އާއި ގުޅޭ ގަވާއިދު ހަދައި ހިންގަން ޖެހޭނީ ސިދާ މިނިސްޓްރީއޮފް ފިޝަރީޒްއިންނެވެ.

މަސްވެރިކަން ތަރައްގީކޮށް، އާ ކަންކަން ތައާރަފްކޮަށް، ރާއްޖޭގެ އިގްތިސާދާއި ސަގާފަތަށް ދުޅަހެއުކަން ގެނެސްދިނުމާއި އެކު، މުސްތަގުބަލުގެ ޖީލުތަކުގެ ބޭނުންތައް ފުއްދޭނެ ގޮތަށް ކަނޑުގެ މުއްސަނދިކަން ދެމެހެއްޓުމާއި، ކަނޑުގެ މުއްސަންދިކަން "ދެމެހެއްޓެނިވި ގޮތުގައި" ބޭނުން ކުރެވޭނެ ގޮތަށް ގާނޫނޫތައް ބައްޓަން ކޮށް އަމަލުކުރުން މިނސްޓްރީގެ މައްޗަށް މި ގާނޫނުން ލާޒިމްކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު