Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

މަޖިލީހުގެ ނައިބު ރައީސް ކަމަށް އީވާ ގެންނަން ތާއިދު ކުރަން: އަސްލަމް

16 އެޕްރީލު 2019 | އަންގާރަ 04:06

އެމްޑީޕީން ވޯޓު ދޭނެ ގޮތާމެދު ޕީޖީ ގްރޫޕުން ގޮތެއް ނިންމާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 16 އެޕްރީލު 2019 | އަންގާރަ 04:06
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގެންނަވަން ތާއިދު ކުރައްވާ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އާ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ އަސްލަމް އެގޮތަށް ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަަކަފުޅު ދައްކަވަމުންނެވެ. އަސްލަމް ވިދާޅުވީ އީވާއަކީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަރަށް ގާބިލުބޭފުޅެއް ކަމަށާއި އޭނާއަކީ ހަމަހަމަކަމަށް ލޯބި ކުރައްވާ މެމްބަރެއް ކަމަށެވެ.

Advertisement - newsAdvertisement
"އީވާ އަބްދުﷲ އެންޑޯޒް ކުރަނީ ވަރަށް ހީވާގިކޮށް ވަރަށް ރަނގަޅަށް މަސައްކަތް ކުރާ މޮޅު ބޭފުޅަކަށް ވާތީ. ވަރަށް ގާބިލު ބޭފުޅެއް. އީވާ އަބްދުﷲ އާއެކު ޕާޓީގެ ތެރެއިން ވަރަށް ގިނަ ދުވަސްވެއްޖެ މަސައްކަތް ކުރާތާ. އަޅުގަނޑަށް ވަރަށް ފަސޭހަވާނެ އީވާ އަބްދުﷲއާ އެކު މަސައްކަތް ކުރަން،"

މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް އީވާ އަދި އިއުލާނެއް ނުކުރައްވަފައެވެ. ނަމަވެސް އަސްލަމާ އެކު ފަސް ބޭފުޅަކު ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިންކަން ފާޅުކުރައްވާފަ އެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަސަން އަފީފުގެ އިތުރުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައެވެ. އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވެސް ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމަށާއި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ބޭފުޅަކު ކަނޑައަޅާނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގައި ނަގާ ވޯޓަކުން ކަމަށެވެ. އެ ވޯޓު ނަގާނީ އާ މަޖިލީހުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ މެދުގައެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ މަޖިލިސް މެމްބަރުން ވޯޓު ދެއްވާނެ ބޭފުޅަކު ކަނޑައެޅުމަށް ޕާލަމެންޓްރީ ގްރޫޕުން ވިޕުލައިނެއް ނެރުމާމެދު ގޮތެއް ނިންމާނެއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ވާންޖެހޭނެ ކަމަށާއި އޭނާއަށް މަޖިލީހުގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ކޮމެޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ވިސްނުން ގެންގުޅުއްވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމެޓީތަކުގައި މެމްބަރުންނަށް ލަފާ ދިނުމަށް ޓެކްނިކަލް އެސިސްޓެންޓް ވަރުގަދަ ކުރަންޖެހޭ ކަމަށާއި ކަމާ ގުޅޭ އެކްސްޕާޓުން ކޮމެޓީތަކުގެ އިދާރީ މަސައްކަތަށް ގެންނަންޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގެ ގޮތުގައި އިތުރު ކޮމެޓީތައް އުފައްދަންޖެހޭ ކަމަށް ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ އިންސާނީ ހައްގުތަކާ ގުޅޭ ކޮމެޓީއަކާއި ޖިންސީ ހަމަހަމަ ކަމާ ގުޅޭ ކޮމެޓީއެއްގެ އިތުރުން މޫސުމީ ބަދަލުތަކާ ގުޅޭ ކޮމެޓީއެއް އުފައްދަންޖެހޭ ކަމަށެވެ.

މަޖިލީހުގެ މެމްބަރުކަން މެދުނުކެނޑި ތިން ދައުރު ކުރައްވައި، ހަތަރު ވަނަ ދައުރަކަށް ހޮވިވަޑައިގެންފައިވާ އަސްލަމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މައިނޯރިޓީގެ އަޑު ވީހާ ވެސް ބޮޑަށް އިއްވުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އެގޮތުން މިނިވަން މެމްބަރުންނަށާއި ކުދި ޕާޓީތަކަށް ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަން ލިބޭ ފުރުސަތު އިތުރު ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މައިނޯރިޓީއަށް ވެސް ޖާގަ ލިބެންޖެހޭނެ. މައިނޯރިޓީގެ ހައްގުތަކާއި އަޑު އިއްވޭނެ އިންތިޒާމު ވާންޖެހޭ. ކޮންމެ މެމްބަރަކަށް ވެސް ވީހާ ވެސް ބޮޑަށް ހިޔާލުފާޅު ކުރުމުގެ ފުރުސަތު ދެވެންޖެހޭ،"

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް