Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު ކައުންސިލްތަކާ ބައްދަލުކުރެއްވުން

ކޮޅުމަޑުލުގައި ފަތުރުވެރިކަން ތަރައްގީކޮށް ދިނުމަށް ރައީސް އަރިހުން އެދެފި

ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް އެ ވިޔަފާރި  ފުޅާކޮށްދިނުމަށް އެދުނު

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 16 އެޕްރީލު 2019 | އަންގާރަ 04:06
ތ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ތ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ތ. އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ކޮށްދިނުމަށް އެ އަތޮޅުގެ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެދެފިއެވެ.

ކޮޅުމަޑުލު ކައުންސިލުން އެކަމަށް އެދިފައިވާނީ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ރާއްޖެ.އެމްވީއާ މައުލޫމާތު ހިއްސާ ކުރައްވަމުން ތ. އަތޮޅު ކައުންސިލްގެ ރައީސް ރިލްވާން އަބްދުﷲ ވިދާޅުވީ، އަތޮޅުގައި އޮތީ ހަމަ އެކަނި އެންމެ ރިސޯޓެއް ކަމަށާއި އެ ރިސޯޓުގެ ސަބަބުން އެ އަތޮޅުގެ ކައުންސިލަށް އަދި އެއްވެސް ރަށަކަށް ފައިދާ އެއް ނުލިބޭ ކަމަށެވެ. އެހެން ކަމުން އަތޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކޮށް އެ ވިޔަފާރި ފުޅާކޮށްދިނުމަށް ރައީސް އަރިހު އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތިމަރަފުށީގެ އެއާޕޯޓް ހުއްޓިފައި އޮންނަނީ ފަތުރުވެރިކަން ފުޅާވެފައި ނެތުމުން ކަމަށާއި، އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާވެގެން ދިޔުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ރިލްވާން ވިދާޅުވިއެވެ.

ކޮޅުމަޑުލުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ކައުންސިލުން ރާއްވަވާފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު، ކައުންސިލްގެ ފަރާތުން ވަނީ ރައީސްއާ ހިއްސާ ކޮށްފައެވެ. ކައުންސިލްގެ ފާޅުކުރި ކަންތައް އަޑުއެހުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލު ކޮށްދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި، ސަރުކާރުގެ ތަރައްޤީގެ ޕްލޭންގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފަތުރުވެރިކަން ފުޅާކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައި ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ތ. އަތޮޅު ކައުންސިލް މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައި، ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އާބާދީގައި 16،800 މީހުން ދިރިއުޅޭ, ތ. އަތޮޅު ވެރިކަން ކުރާ ރަށާކީ ވޭމަންޑޫއެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށެއް އޮވެއެވެ. ކޮޅުމަޑުލު އަތޮޅަކީ ފަޅުރަށްތައް ގިނަ އަތޮޅެކެވެ.

ކޮޅުމަޑުލު އަތޮޅުގައި ރުއްތިބި ކިޔާ ރިސޯޓެއް ތަރައްގީ ކުރުމަށް އެމްއެސްއެން ރިއަލިޓީ މޯލްޑިވްސް އަށް މިދިޔަ އަހަރު ވަނީ ދީފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު