Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

އިންތިގާލީ އަދާލަތުގެ ބިލު: ނިމިދިޔަ ހަތް އަހަރުގެ މައްސަލަތަކަށް ޖިނާއީ ތަހުގީގު!

15 އެޕްރީލު 2019 | ހޯމަ 16:02

އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް އުފައްދާނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 15 އެޕްރީލު 2019 | ހޯމަ 16:02
ފެބްރުއަރީ 7، 2012: ޖުމްހޫރީ މައިދާނަށް އެއްވެ، އާންމުންނާ ގުޅިގެން، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން

ފެބްރުއަރީ 7، 2012: ޖުމްހޫރީ މައިދާނަށް އެއްވެ، އާންމުންނާ ގުޅިގެން، ރައީސް ނަޝީދުގެ ވެރިކަމާ ދެކޮޅަށް ފުލުހުން ހިންގި ހަރަކާތުގެ ތެރެއިން

މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެ، އިންސާނީ ޝަރަފާއި ކަރާމާތަށް އަސަރުކޮށްފައިވާ ކަމެއް ދައުލަތުގެ މުއައްސަސާއަކުން ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ކޮށްފައިވާނަމަ، އެކަން ބެލުމަށްޓަކާ އިންތިގާލި އަދާލަތުގެ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށަހެޅުއްވި "އިންތިގާލީ އަދާލަތުގެ ބިލު"ގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އިއްވާފައެވެ.

Advertisement - newsAdvertisement

ބިލުގައި ބުނެފައިވާ ގޮތުން ތަހުގީގުކޮށް ބަލަން ޖެހޭނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ކަންކަމެވެ.

އިންތިގާލީ އަދާލަތުގެ ބިލު ބޭނުމަކީ ވޭތުވެދިޔަ ހަތް އަހަރު ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި މުއައްސަސާއަކުން، ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން އަނިޔާއެއް ނުވަތަ ދެރައެއް ލިބިފައިވާ ފަރާތްތަކަށް ހައްލު ހޯދައި ދީ، ޝަރުއީ ނިޒާމުގެ ތެރެއިން އިންސާފު ހޯދައި ދިނުމެވެ.

އެ ބިލުގެ ބޭނުމަށްޓަކާ ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އިންތިގާލީ އަދާލަތުގެ ކޮމިޝަނެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށް ވަނީ ބުނެފައެވެ. އެ ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ވަކިކުރުމުގެ ބާރު ލިބިގެންވަނީ ރައީސަށެވެ.

ބިލުގައިވާ ގޮތުން އިންތިގާލި އަދާލަތުގެ ކޮމިޝަން އުފެއްދުމުން، މައްސަލަ ހުށަހެޅުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭނެއެވެ. ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަންކަން ބަލައި، ތުހުމަތު ކުރެވޭ ފަރާތްތަކަށް ދިފާއުގައި ވާހަކަ ދެއްކުމާއި ވަކީލެއްގެ އެހީތެރިކަން ދޭންޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ލިބޭ ބާރުތައް

  • ކޯޓު އަމުރެއްގެ ދަށުން މީހުން ހައްޔަރު ކުރުން
  • ޕާސްޕޯޓް ހިފެހެއްޓަން ކޯޓު އަމުރަށް އެދުން
  • ހެކިބަސް ނެގުމަށް މީހުން ހާޒިރު ކުރުން
  • ތަންތަން ބަލައި ފާސް ކުރުމަށް ކޯޓު އަމުރު ހޯދުން
  • ތަހުގީގީ އިދާރާއަކަށް ލިބޭ ބާރުތައް ލިބޭނެ

ސަރުކާރުން ހުށަހެޅި ބިލުގައި ބުނެފައި ވަނީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް އެ ކޮމިޝަނުން ތަހުގީގު ކުރުމަށްފަހު، ޖިނާއީ ދައުވާ އުފުލަންޖެހޭ ފަރާތްތަކާމެދު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވަންވާނެ ކަމަށެވެ.

އިންތިގާލި އަދާލަތު ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، މީޑިއޭޓަރެއްގެ ދައުރު އަދާކޮށް، މަދަނީ ހައްލު ހޯދުމަށް "އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަން"ގެ އޮފީހެއް އުފައްދަންޖެހޭ ކަމަށް ވެސް ބިލުގައި ވަނީ ބުނެފައެވެ. އެ އޮފީހަށް އައްޔަން ކުރަންޖެހޭނީ ރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތިން މެމްބަރުންނެވެ.

އިންތިގާލީ އަދާލަތުގެ އޮމްބުޑްސްމަންގެ އޮފީހުގެ ބޭނުމަކީ އިންސާނީ ހައްގުތަކާ ހިލާފު މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައި، މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ފެންނަ މައްސަލަތަކަށް ހައްލު ހޯދުމެވެ.

އޮމްބުޑްސްމަންގެ އޮފީހުން ހޯދައިދޭނެ ހައްލުތަކުގެ ތެރޭގައި ކުށް ކުރި މީހާ އާންމުކޮށް މައާފަށް އެދުމަށް އެންގުމާއި ދައުލަތުން ބަދަލު ނަގައިދިނުން ހިމެނެއެވެ.

ދައުވާ ކުރުމާއި ހުކުމް ކުރުމުގައި އަމަލު ކުރާ އުސޫލު:

  • ޕީޖީއަށް ފޮނުވުމުން، 15 ދުވަހުގެ ތެރޭގައި ދައުވާ ކުރުން
  • ދަށު ކޯޓަށް ހުށަހެޅުމުން 45 ދުވަހުގެ ތެރޭގައި ހުކުމް ކުރުން
  • 10 ދުވަހުގެ ތެރޭގައި އިސްތިނާފު ކުރުން
  • ހައި ކޯޓާއި ސުޕްރީމް ކޯޓުން 30 ދުވަހުން ހުކުމް ކުރަންވާނެ

ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތާ ގުޅުން ހުރި ތަނަކުން އެއްވެސް މީހަކަށް އަނިޔާއެއް ދީފައިވާނަމަ، އެކަމަށް ބެލުމަށް ބާރު އަޅާ "އިންތިގާލި އަދާލަތުގެ ގާނޫނު"ގެ މަގުސަދު ގާސިލުވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުން އެ ގާނޫނު އުވޭނެ ކަމަށް ބިލުގައިވެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!

10 އެޕްރީލު 2017
ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!
01 އެޕްރީލު 2017

ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ

01 އެޕްރީލު 2017
ނިމިދިޔައީ ހެއްވާޒާތުގެ ސަބަބުތައް ބަޔާންކޮށް ސިޔާސީ ފަރާތްތައް ހާޒިރުކުރުމުގައި ރެކޯޑް ހެދި ހަފްތާއެއް: އެމްޑީޕީ
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
06 މާރިޗު 2017

ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް

06 މާރިޗު 2017
ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް