Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ރައީސް ޔާމީނެވެ. ވިސްނަވާށެވެ. އަނިޔާވެރިން އާހިރުގައި ރައްޔިތުން ކުރިމަތީ ޖެހޭނީ ކުޑަކަކޫޖަހާށެވެ.

ޕާޓީގެ މޫނުމަތި ބަދަލުކޮށްގެން ނޫނީ ރައްޔިތުން ބަލައެއް ނުގަންނާނެ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 15 އެޕްރީލު 2019 | ހޯމަ 12:24
ރައީސް ޔާމީން ޕީޕީއެމް ބައްދަލުވުމެއްގައި

ރައީސް ޔާމީން ޕީޕީއެމް ބައްދަލުވުމެއްގައި

ދުނިޔެއަކީ އެއްގޮތަކަށް އަބަދު ހިނގާ ތަނެއް ނޫނެވެ. އިއްޔެ ތިމާއަށް ލިބުނު މަޝްހޫރުކަމާ، މޮޅުކަމާ، ލިބުނު ފައިސާއާ ބާރާ ނުފޫޒުގެ މައްޗަށް ބޮޑާވެ ރައްޔިތުންގެ މަތިން ހަނދާން ނެތިއްޖެނަމަ, ގެއްލި ދިޔުމަކަށް މާގިނަ ވަގުތެއް ބޭނުމެއް ނުވާނެ އެވެ. އެކަން ޖެހޭނީ ވެރިން ގަބޫލު ކުރައްވާށެވެ.

ރާއްޖޭގައި 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބުކޮށް ޖެހިގެން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގިނަ ގޮނޑިތަކެއް ވެސް ކާމިޔާބު ކުރިއެވެ. ދިވެހި ރައްޔިތުން ތިބީ ބަލާށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޭރު ލިބިފައި ނެތުމާ، ސަރުކާރުގެ ބާރާ ނުފޫޒާ ފައިސާގެ އޮއިވަރުގައި މަޖިލިސް ޖެހި ވެރިމީހާގެ އަތަށް ދައުލަތުގެ އެންމެހާ ބާރުތައް އައީ ހައިރާން ކުރުވާފަދަ ބާރު މިނުގައެވެ.

ރާއްޖޭގެ ފަޅުރައްތަކާ، ފިނޮޅުތަކާ ، ފަޅުތައް ހިތުހުރި ގޮތަކަށް ސަރުކާރުގެ ތެރެއިން ބަހާ ހުސްކޮށްލީ އެންމެން ކުރިމަތީގައެވެ. ގާނޫނު އަސާސީއިން ލިބިފައިވާ އަސާސީ ހައްގުތައް ހަނިކޮށް ހިފަހައްޓައިފައި އޭރު އޮތީ އެނޫން ދުވަހެއް މިގައުމަށް ނާންނާނެ ކަމަށް ހީކޮށްގެނެވެ. އެދުވަހު ވިޔަފާރި އުސޫލުން ބިންތައް ޕާޓީގެ ފިކުރުގައި ބަހަމުން ދިޔައިރު ތިޔައީ ކޮރަޕްޝަނޭ ގޮވިޔަސް އަޅައެއް ނުލިއެވެ. ނުބައްދަލު މުއްސަނދިކަން ވަކި ބަޔަކަށް ލިބެމުން ގޮސް ނިކަމެތި މީހާ ގޮތް ހުސްވެ ބަސް ހުއްޓި މަތިބަލަން މަގުމެދުގައި ހުންނަން ޖެހުނީ ޔާމީންގެ ވެރިކަމުގައި ނޫން ހެއްޔެވެ. އަދި އަނިޔާވެރިކަމާ، ބިރުދެއްކުމުގެ ސިލްސިލާ ނުހުއްޓުވި އޮއްވާ މީހުން ވީނުވީއެއް ނޭންގި ގެއްލުވާލާ، އަނިޔާވެރިގޮތަކަށް މަރާލީ އެންމެ މީހެއް ނޫނެވެ. ރައީސް ޔާމީނެވެ. މިއީ ދޮގުހެއްޔެވެ.

މި ހުރިހާ ކަމެއް މިހެން އޮތް ދުވަސްތަކެއް ދިވެހިން ތަޖުރިބާކުރި އިރު އިންތިހާބުތަކުގައި ދިވެހިންގެ އަތަށް އަރާ ވޯޓު ކަރުދާސް ކޮޅުގައި ގިނަ ބަޔަކު މަނިކުފާނަށް ކާފު ޖަހާނެ ކަމަށް އޭރު ހީފުޅު ކުރެއްވުން ވެސް އެއީ ގޯހެކެވެ. މަނިކުފާނުގެ ވެރިކަމުގައި ބޭއްވުނު އިންތިހާބުތަކާ، އެންމެ ފަހުން މަމަހު ބޭއްވުނު މަޖިލިސް އިންތިހާބުގައި މަނިކުފާނުގެ ޕާޓީއަށް ލިބުނު ހުރިހާ ނާކާމިޔާބެއްގެ ޒިންމާ މަނިކުފާނާ މަނިކުފާނުގެ ސަރުކާރުގައި ހިތުހުރި ގޮތަކަށް ރައްޔިތުންނާމެދު ކަންކަން ކުރެއްވި ވެރިން ޖެހޭނީ ނަންގަވާށެވެ.

މަނިކުފާނުގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު މަގާމުން އިސްތިއުފާ ދެއްވައިފައި، ޕާޓީގެ ލީޑަރ ސިޕް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވީ އެނޫން ހަމަ އެއް ގޮތެއް ނެތުމުން ކަމަށް ގަބޫލު ކުރަމެވެ. އޮންނާނީ ހަމަ އަނިޔާވެރިން ސިޔާސީ ކަންކަމާ ދުރަށް ދިޔުމެވެ. އިދިކޮޅު ހަރުދަނާ ސިޔާސީޕާޓީއެއް އަލުން އުފެއްދޭނީ ވެސް އަދި އިންތިހާބެއް އަލުން ކުރިއަށް އޮތްތާ ކާމިޔާބު ކުރެވޭނީ ވެސް މުޅިން އާ މޫނުތަކެއް ، ތިޔަ ޕާޓީގެ މޫނުމައްޗަށް ނިކުމެގެންނެވެ. އެގޮތަށް ނިކުންނަ ފަރާތްތަކަކީ ވެސް މާޒީގައި ހިނގާފައިވާ ނުރަނގަޅު އެއްވެސް ކަމެއްގައި ބައިވެރިވެފައިވާ ފަރާތަކަށް ވެގެން ދިވެހިން ޕާޓީ ބަލައެއް ނުގަންނާނެއެވެ. ރައީސް ޔާމީނެވެ. ވިސްނަވާށެވެ. އަނިޔާވެރިން އާހިރުގައި އަބަދުވެސް ޖެހޭނީ ރައްޔިތުން ކުރިމަތީގައި ކުޑަކަކޫޖަހާށެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
09 ފެބުރުއަރީ 2017

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!
07 ފެބުރުއަރީ 2017

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
30 ޖެނުއަރީ 2017

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު