Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

ދަނޑުވެރިކަމުގައި ބޭނުން ކުރާ ޕެސްޓިސައިޑް އާއި ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި

15 އެޕްރީލު 2019 | ހޯމަ 11:39

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން  ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 15 އެޕްރީލު 2019 | ހޯމަ 11:39
ދަނޑުވެރިކަން ކުރިއަރުވާ އާލާކުރުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި  ބިލެއް

ދަނޑުވެރިކަން ކުރިއަރުވާ އާލާކުރުމުގެ ބޭނުމުގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލެއް

ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމުގެ ބޭނުމުގައި "ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އާއި ބެހޭ" ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެމްބަރު އަހްމަދު މަރްޒޫގްއެވެ.

Advertisement - newsAdvertisement

މި ބިލްގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކުރިއެރުވުމަށްޓަކައި، ޕެސްޓިސައިޑްގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ޕެސްޓިސައިޑް ދިވެހިރާއްޖޭގައި އުފެއްދުމާއި،ދިވެހިރާއްޖެއަށް އިމްޕޯޓް ކުރުމާއި، ވިއްކުމާއި،ބޭނުންކުރުމާއި،ނައްތާލުމާއި ބެހޭ އުސޫލްތައް ކަނޑައަޅައި،ޕެސްޓިސައިޑް ބޭނުންކުރުމުގައި އާންމު ސިއްހަތާއި،ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ކުރާ އަމަލްތައް ބަލައި ފިޔަވަޅު އެޅުމާއި،ޕެސްޓިސައިޑާއި ގުޅޭ އެނޫން ވެސް އުސޫލްތައް ބަޔާންކޮށްފައިވެއެވެ.

މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް އިމްޕޯޓް ކުރުމާއި،އެކްސްޕޯޓް ކުރުމާއި، ވިއްކުމާއި، އުފެއްދުމާއި،ބޭނުންކުރުމާއި ބެލެހެއްޓުމާއި،ނައްތާލުމާއި ގުޅޭ އުސޫލްތައް ކަނޑައެޅިގެންދާނެއެވެ. ބިލް ގާނޫނަކަށް ބަދަލުވެގެން ދިއުމުން ގާނޫނު ހިންގުމުގެ މައިގަނޑު މަސްއޫލިއްޔަތު ހަވާލުވެގެންވާ ފަރާތަކީ މިނިސްޓަރެވެ.

މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި ގާނޫނަށް އަމަލުކުރަން ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ޕެސްޓިސައިޑާއި ބެހޭ ބޯޑްގެ ނަމުގައި މިނިސްޓްރީގައި ބޯޑެއް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާކޮށްފައިވެއެވެ.މީގެ އިތުރުން ބިލްގައި ޕެސްޓިސައިޑް އާއި ގުޅޭ ސިޔާސަތު ކަނޑައެޅުމާއި،ޕެސްޓިސައިޑް އާއި ބެހޭ ޔުނިޓެއް މިނިސްޓްރީގެ ދަނޑުވެރިކަމުގެ ޑިވިޝަންގައި މިނިސްޓަރު އުފައްދަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ޕެސްޓިސައިޑް އާއި ބެހޭ ބޯޑެއް އެކުލަވާލުމަށް ބަޔާންކޮށްފައިވާއިރު، މި ބިލް ގާނޫނަކަށް ބަދަލުވެ، ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ބޯޑް އުފައްދަންވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައިވެއެވެ. މި ބޯޑަކީ މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތައް ތަންފީޒް ކުރުމުގައި މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި އުފައްދަންޖެހޭ ބޯޑެކެވެ.

މި ބިލް ގާނޫނަކަށް ބަދަލުވެގެން ދިޔުމުން ދިވެހިރާއްޖެއަށް އެކްސްޕޯޓް ކުރެވޭނެ ބާވަތުގެ ޕެސްޓިސައިޑަށް ހުއްދަދޭނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޯޑުންނެވެ.ޕެސްޓިސައިޑް ނައްތާލުމާއި، ޕެސްޓިސައިޑް ބަންދުކުރުމާއި ލޭބަލް ކުރުމާއި، އަލުން ބަންދުކުރުމާއި،ޕެސްޓިސައިޑް ރައްކާކޮށްފައި ބެލެހެއްޓުމާއި،އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި،އިޝްތިހާރުކުރުމާއި،ލައިސަންސް ދޫކުރާނެ ގޮތްތައް ވެސް ބިލްގައި ބަޔާކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި

12 ޖެނުއަރީ 2017
އެމްޕީއެލްގެ ޖެޓީ ސަރަހައްދުގައި މުދާ ބޭލުމަށް ބޭނުންކުރި ކެރޭނެއް ފުރޮޅާލައިފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް