Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިއުޕޯޓް ވިއުގެ މައްސަލަ

ނިއުޕޯޓް ވިއު ހިންގަނީ ގަވައިދާ ޙިލާފަށް: ޕްލޭނިންގ މިނިސްޓްރީ

15 އެޕްރީލު 2019 | ހޯމަ 09:39

ބިން ހުސްކުރަން އެންގީ ޑިސެމްބަރު މަހުން ފެށިގެން ކުލި ނުދައްކާ އޮތުމުން

އަމަން ހަލީމް
އަމަން ހަލީމް | 15 އެޕްރީލު 2019 | ހޯމަ 09:39
ލޮނުޒިޔާރަތް ކޮޅުގައި ހިންގާ ނިއުޕޯޓް ވިއު

ލޮނުޒިޔާރަތް ކޮޅުގައި ހިންގާ ނިއުޕޯޓް ވިއު

ލޮނުޒިޔާރަތްކޮޅުގައި ސްޓްރާޑާ ކުންފުނިން ހިންގާ ނިއުޕޯޓް ވިއު މިހާރު ހިންގަމުންދާ ގަވައިދާ ޙިލާފަށް ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތަން ހުސްކުރަން އެންގީ ފާއިތުވެ ދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުލި ނުދައްކާ އޮތުމުން، އެއްބަސްވުމުގައި ވާގޮތަށް މިނިިސްޓްރީއަށް ލިބިފައިވާ އިޙްތިޔާރުގެ ދަށުން ކަމަށެވެ. އެގޮތުން މިނިސްޓްރީން އެއްބަސްވުން ބާތިލްކޮށްފައި ވަނީ މާރޗް ހަތް ވަނަ ދުވަހުގައި ކަމަށާއި، އެ ދުވަހުން ފެށިގެން ތަން ހުސްކުރަން 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެއްބަސްވުމުގައިވާ ގޮތުން ނަމަ ކުލި ނުދައްކައިފި ހާލަތެއްގައި އިތުރު މުހުލަތެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ކުރުމުގެ އިޙްތިޔާރު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

Advertisement - newsAdvertisement

ޕްލޭނިންގ މިިނިސްޓްރީއިން ބުނެފައި ވަނީ ބިން ހުސްކުރަން ދީފައިވާ މުހުލަތު ހަމަވެފައިވުމާ އެކު، މިހާރު ނިއުޕޯޓް ވިއު ހިންގަމުން ދަނީ ގަވައިދާ ޙިލާފަށް ކަމަށާއި، އެތަން ހުސްކުރުމަށް ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަށް އޮންނަ އުސޫލުގެ މަތިން ކުރިޔަށް ގެންދާ ކަމަށެވެ.

ނިއުޕޯޓް ވިއު މައްސަލައާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާން

ނިއުޕޯޓް ސަރަހައްދު ސަރުކާރަށް ނެގުމަށް ފަހު ނިންމާފައި ވަނީ، ސަރުކާރުން ރާވާފައިވާ ތަރައްގީގެ ޕްލޭންއާއި އެއްގޮތަށް އާންމުންނަށް ހިތްފަސޭހަކޮށްލަން ވަގުތުހޭދަ ކުރެވޭނެ ފެހި ސަރަހައްދެއްގެ ގޮތުގައި ޕާކެއް ތަރައްގީ ކުރުމަށް ކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ސަރުކާރުން ނިއުޕޯޓް ވިއު ހިންގާ ސްޓްރާޑާ ކުންފުންޏަށް އެބިން ކުއްޔަށް ދީފައިވަނީ 22 ސެޕްޓެމްބަރު 2016 ގައެވެ. ފުރަތަމަ ވެވުނު އެއްބަސްވުމުގައި ތިން އަހަރުގެ މުއްދަތަކަށް އެތަން ކުއްޔަށް ދިން ކަމުގައިވީ ނަމަވެސް 13 އޭޕްރީލް 2017 ގައި ވަނީ އެއްބަސްވުމުގައިވާ މުއްދަތު އަށް އަހަރަށް އިތުރުކޮށްފައެވެ. ސްޓްރާޑާ ކުންފުންޏަށް އެބިން ކުއްޔަށް ދީފައިވަނީ ބްރިޖް ވިއުއިންގ ޕްލެޓްފޯމަކާ ފުޑް އައުޓްލެޓެއްގެ އިތުރުން ކުޑަކުދިން ކުޅޭނެ ސަރަހައްދަކާއި ޕާކިން ޒޯނެއް ވެސް ތަރައްގީކުރާ ގޮތަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
27 އެޕްރީލު 2017

ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ

27 އެޕްރީލު 2017
ނ. އަތޮޅާއި ޅ. އަތޮޅަށް މިހަފްތާ ބަންދުގައި އެމްޑީޕީން ގިނަ ކެމްޕެއިން ހަރަކާތްތަކެއް ހިންގަނީ
09 އެޕްރީލު 2017

ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް

09 އެޕްރީލު 2017
ވިލާ ކޮލެޖު ހިންގަނީ ރީތި ނަމެއް ހޯދާކަށް ނޫން: ގާސިމް
27 ފެބުރުއަރީ 2017

އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު

27 ފެބުރުއަރީ 2017
  އެމެރިކާގެ ލަސް ވެގަސްގައި އެންމެ ގިނަ ކެސީނޯ ހިންގަނީ ސައުދީގެ ޝާހީ އައިލާއިން: އަމްރު
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
18 ފެބުރުއަރީ 2017

އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ

18 ފެބުރުއަރީ 2017
އެމްޑީޕީން ޑޯޓުޑޯ ކެމްޕެއިނެއް ހިންގަނީ
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް