Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމް ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލައްވައި، ޕީޖީ ލީޑަރުކަމުން ނިހާން އިސްތިއުފާ ދެއްވައިފި

14 އެޕްރީލު 2019 | އާދީއްތަ 18:36

ތިން އިންތިހާބު ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 އެޕްރީލު 2019 | އާދީއްތަ 18:36
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު

ޕީޕީއެމްގެ ލީޑާޝިޕް އިސްތިއުފާ ދެއްވުމަށް ގޮވާލައްވައި، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުގެ މަގާމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނިހާން އާދީއްތަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި ހުރިހާ އެންމެން ދުރަށް ވަޑައިގަންނަވަންޖެހޭ ކަމަށާއި އާ ލީޑާޝިޕަކަށް ޖާގަ ދެއްވަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ޕީޕީއެމަށް ނާކާމިޔާބުވީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.

"ޕީޕީއެމް ރިފޯމް" ހޭޝްޓެގު ބޭނުން ކުރައްވައި ނިހާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޕީއެމަކީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަމާ ހަމައަށް ދަތުރު ކުރި ޕާޓީއެއް ކަމަށާއި ޕާޓީން ހޯދި ކާމިޔާބީއެއްގެ ހައްގުވެރިންނަކީ އާންމު މެމްބަރުން ކަަމަށެވެ.

ޕީޕީއެމްގެ އާންމު މެމްބަރުނަކީ އިހްލާސްތެރި ބައެއް ކަމަށާއި އެ މެމްބަރުންނަށް އިތުރު ހިތާމަ އާއި ގެއްލުން ދިނުމުގެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ ޕީޕީއެމްގެ އާންމު މެމްބަރެއްގެ ގޮތުގައި ހުންނަވައި ރައްޔިތުންނަށް ސިޔާސީ ގޮތުން ހިދުމަތް ކުރުމުގައި ދެމިހުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ޑީއާރްޕީގެ ތެރެއިން، ރައީސް މައުމޫނަށް ތާއިދު ކުރައްވާ އެކްޓިވިސްޓެއްގެ ގޮތުގައި ސިޔާސީ ދާއިރާއަށް ނުކުންނެވި ނިހާން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2009 ވަނަ އަހަރުއެވެ. ވިލިމާލެ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ދެ ވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ނިހާން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުކަމުން އިސްތިއުފާ ދެއްވުމުން، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް އޭނާއަށް ގެއްލުނީއެވެ.

އުފަން ރަށް، ތިނަދޫ ދެކުނު ދާއިރާއަށް ނިހާން ވާދަ ކުރެއްވުމުން، އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސަނީފު ވަނީ ބޮޑު ފަރަގަކުން އޭނާގެ މައްޗަށް ކުރި ހޯއްދަވާފައެވެ. ސަނީފު ކުރި ހޯއްދެވީ 416 ވޯޓުގެ ފަރަގަކުންނެވެ. ދެހާހަށް ވުރެ ގިނަ މީހުން ވޯޓުލި އެ ދާއިރާގެ އިންތިހާބުގައި ނިހާނަށް ލިބިވަޑައިގެންނެވީ 533 ވޯޓެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް