Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތައިލެންޑް

ވިސާއާ ނުލައި މިއަދުން ފެށިގެން ތައިލެންޑަށް ދެވޭނެ

14 އެޕްރީލު 2019 | އާދީއްތަ 14:38

ވިސާއާ ނުލައި 30 ދުވަހަށް ދެވޭނެ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 14 އެޕްރީލު 2019 | އާދީއްތަ 14:38
ތައިލެންޑުގެ ބެންކޮށް

ތައިލެންޑުގެ ބެންކޮށް

އާދީއްތަ ދުވަހުން ފެށިގެން، ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް ދިވެހިންނަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖެއްސީ ދިވެހިންނަށް ލުއިފަސޭހަކޮށް އެކިޤައުމުތަކަށް ދަތުރުކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ތައިލެންޑާ އެކު ކުރެވުނު މަޝްވަރާތަކުގައި ކަމަށެވެ. އާދީއްތަ ދުވަހު ދިވެހިންގެ ވިސާ ޕޮލިސީއަށް ތައިލެންޑުން އަމަލުކުރަން ފެށުމުން، އެ ގައުމަށް ދަތުރު ކުރާ ދިވެހިން ސަމާލުވާންޖެހޭ ކަންކަން ފޮރިން މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ފުރިހަމަކުރެވިފައިވާ އެރައިވަލް ކާޑާއި އެކަށީގެންވާ އަދަދަށް ހަރަދު ކުރާނެ ފައިސާ އާއި ރިޓާން ޓިކެޓް ހަދާފައި އޮންނަންވާނެއެވެ. ފައިސާގެ ގޮތުގައި މަދުވެގެން ގެންދަން ޖެހޭނީ އެކަކަށް ނަމަ 20،000 ބާތު (632 ޑޮލަރު) އެވެ. އާއިލާއަކަށް ނަމަ، 40,000 ބާތު (12,64 ޑޮލަރު) ގެންދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިސާގެ ދަށުން ތައިލެންޑަށް އެތެރެވުމަށް ފަހު، ގަބޫލުކުރެވޭ އުޒުރަކާ ހުރެ މުއްދަތު އިތުރުކުމަށް އެދޭނަމަ ތައިލެންޑް އިމިގްރޭޝަނުން އެއް ފަހަރުގެ އެއްސްޓެންޝަނެއް ދިނުމުގެ ލުޔެއް ދޭނެ ކަމަށެވެ. އެކަމަށް މުއްދަތެއް ކަނޑައެޅުމުގެ އިހްތިޔާރު ލިބިގެން ވަނީ ތައިލެންޑްގެ އިމިގްރޭޝަނަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެފަދަ ވިސާގައި އެއްގަމު މަގުން ތައިލެންޑަށް ދިވެއްސަކު އެތެރެވެވޭނީ އަހަރަކު ދެ ފަހަރު ކަމަށާއި އަހަރު ގުނާނީ ޖެނުއަރީ މަހުން ފެށިގެން ޑިސެމްބަރަށް ކަމަށެވެ.

ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރަށް އެ ގައުމުގައި ހުރުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެއް ކަމަށް ފާހަގަކޮށް، ފޮރިން މިނިސްޓްރީން ބުނީ އެފަދަ ކަމެއް ފާހަގަވެއްޖެނަމަ ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ތައިލެންޑަށް އެތެރެވުން މަނާ ކުރާނެ ކަަމަށެވެ. މުއްދަތު ހަމަވުމަށް ފަހު، އެ ގައުމުގައި އުޅޭ ދުވަސްތަކަށް 500 ބާތު (16 ޑޮލަރު) ފެށިގެން 20،000 ބާތު (632 ޑޮލަރު) ހަމައަށް ޖޫރިމަނާ ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
15 އެޕްރީލު 2017

މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް

15 އެޕްރީލު 2017
މާދަމާއިން ފެށިގެން އެއާރޕޯޓް ފެރީ ފުރާ ސަރަހައްދު ބަންދު ވާނެ، ދެން ފެރީ ފުރާނީ ފެރީ ލަފާ ސަރަހައްދުން: އެއާރޕޯޓް
09 އެޕްރީލު 2017

މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

09 އެޕްރީލު 2017
މިއަދުން ފެށިގެން އާއްމުކޮށް އިންފްލުއެންޒާ ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި
23 މާރިޗު 2017

ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި

23 މާރިޗު 2017
ބިޑަކާ ނުލައި ހދ. ދިއްޕަރުފުށި މެންބަރު ޖައުފަރު ދާވޫދަށް ދީފި
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
13 މާރިޗު 2017

އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ

13 މާރިޗު 2017
އިންތިހާބާ ނުލައި 13 ކެންޑިޑޭޓަކު ކައުންސިލަށް އިންތިހާބު ވެއްޖެ
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް