Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމް7 ނައިޓް 2018

ޗާޕުގެ އިންޑަސްޓްރީ ދަނީ އުވެމުން: އެމް7 ސައްތާރު

ޒުވާނުންނަށް އެހީތެރިކަން ދެވިއްޖެ ނަމަ ކުރިއަރާނެ ދާއިރާއެއް ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 13 އެޕްރީލު 2019 | ހޮނިހިރު 02:52
އެމް7 ނައިޓް 2018 ފާހަގަކުރަން ބޭއްވި ހަފުލާގައި ސައްތާރު ވާހަކަފުޅު ދައްކަވަނީ

އެމް7 ނައިޓް 2018 ފާހަގަކުރަން ބޭއްވި ހަފުލާގައި ސައްތާރު ވާހަކަފުޅު ދައްކަވަނީ

ޗާޕުގެ އިންޑަސްޓްރީ ދަނީ އުވެމުން ކަަމަށާއި، ރާއްޖޭގައި ޗާޕުގެ މަސައްކަތް ކުރާ ތަންތަން ދުވަހުން ދުވަހަކަށް ދަނީ މަދުވަމުން ކަމަށް އެމް7ގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެމް7 އިން 2018 ވަނަ އަހަރު ހޯދި ކާމިޔާބީތައް ފާހަގަކޮށް ކުންފުނީގައި މަސައްކަތް ކުރާ މުއައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި "އެމް7 ނައިޓް 2018" ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ޗާޕުގެ އިންޑަސްޓްރީއަކީ މުހިންމު އިންޑަސްޓްރީއެއް ކަމުގައިވީ ނަމަވެސް، މި އިންޑަސްޓްރީ ކުރިއަރުވަން އެދެވޭ ވަރުގެ މަސައްކަތްތަކެއް ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ. ސައްތާރު ވަނީ ސިޔާސަތުތައް އެކުލަވާލުމުގައި މަސައްކަތް ކުރާ ފަރާތްތަކުން މިއީ ވެސް އިންޑަސްޓްރީއެއްކަން ދަނެގެން މިކަމަށް އެދެވޭ ހައްލެއް ގެނެސްދިނުމަށް ގޮވާލައްވާފައެވެ.

ސައްތާރު ވިދާޅުވީ މިއަދު މި މަސައްކަތައް އަލަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ އެއްމެ ބޮޑު ގޮންޖެހުމަކީ މީހަކު ދިރާސާއެއްކޮށްގެން މަސައްކަތެއް ފެށުމުގެ ނިޔަތުގައި ޕްރޮޕޯޒަލްއެއް ހިފައިގެން ދިޔުމުން އެ މަސައްކަތް ބަލައިނުގަތުން ކަމަށެވެ. އެގޮތުން އަމިއްލަ ތަޖުރިބާއިން މިސާލު ނަންގަވަމުން ސައްތާރު ވިދާޅުވީ އެމް7ގެ މަސައްކަތް ފަށަން ވެސް އެތައް ބޭންކުތަކަކާއި ވިޔަފާރިވެރިން ކައިރިޔަށް ދިޔަ ނަމަވެސް އެހީތެރިކަމެއް ލިބިފައި ނުވާ ކަމަށެވެ. އަދި މިކަން އެންމެ ފަހުން ކުރެވޭ ގޮތްވީ ރައްޓެއްސަކު މެދުވެރިވެގެން ލިބުނު ފުރުސަތެއްގައި ކުންފުނީގެ ހިއްސާ ވެސް ދޫކޮށްލައިގެން ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ މިކަން އޮންނަން ޖެހޭނެ ގޮތް ނޫން ކަމަށް ވިދާޅުވެ ސައްތާރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިކަން ކަމަށް ހައްލެއް ގެނައުމަށް ސައްތާރު ވަނީ އިންސާނީ ވަސީލަތް ކުރިއެރުވުމަށާއި މެޝިނަރީޒް ގަތުމަށް ހުރި ދަތިތައް ފިލުވައިދެއްވުމަށް ކަމާބެހޭ ފަރާއްތަކަށް ގޮވާލައްވާފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ގޮތުން ވެސް ކުރެވޭނޭ ވިޔަފާރިއެއް ކަމަށާއި، މި ރާއްޖޭގައި ވެސް ޑިޒައިން އަދި ލޭއައުޓް ހަދަން ވަރަށް ކުޅަދާނަ އަދި އެހާމެ ހުނަރުވެރި ކުދިން އެބަތިބިކަން ސައްތާރު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުންނަށް ފަސޭހަކަމާ އެކީ މާލީ އެހީ ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް ސައްތާރު ގޮވާލެއްވިއެވެ.

އެމް7 އިން ހުކުރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި އެ ކުންފުނިން ވަނީ އެތަނުގެ ކްލަޔަންޓުންނާއި އެތަނުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް އެވޯޑާއި ހަނދާނީ ފިލާ އަރުވާފައެވެ. އެގޮތުން އެ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށް ދިން ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތަތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އެމް7 އަކީ އެންމެ މަތީ ފަންތީގެ ދިވެހި ކުންފުނިތަކަށްދޭ "ގޯލްޑް 100" އެވޯޑު ވެސް ކާމިޔާބު ކޮށްފައިވާ ކުންފުންޏެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

ޖެނުއަރީގެ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު