Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޚާއްސަ ފެއާއެއް ބާއްވައިފި

މި ފެއާގައި 110 މޭޒެއްގައި ކާނާ އާއި އަންނައުނާއި ފޮތާއި ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވިއްކާފައިވޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 13 އެޕްރީލު 2019 | ހޮނިހިރު 02:58
އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ފެއާ ހުޅުއްވާދެއްވަނީ: އެޑިއުކޭޝަން މިނިސްޓަރު ވެސް ފެއާގައި ބައިވެރިވެވަޑައިގެންނެވި

އަމީނިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ފެއާ ހުޅުއްވާދެއްވަނީ: އެޑިއުކޭޝަން މިނިސްޓަރު ވެސް ފެއާގައި ބައިވެރިވެވަޑައިގެންނެވި

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްކޫލްގެ ކުރީގެ ދަރިވަރުންގެ އިސްނެގުމުގެ މަތިން ޚާއްސަ ފެއާއެއް ސްކޫލްގައި ފަށައިފިއެވެ. ފެއާ ފެށުމުގެ ގޮތުން ހުކުރު ދުވަހުގެ ހަވީރު ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ފެއާ ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލްކަން ކުރައްވާފައިވާ ރަޝީދާ މުހައްމަދު ދީދީ އެވެ. ރަޝީދާއަކީ ޓީޗަރެއްގެ ގޮތުން ވެސް ގިނަ ދުވަހު އެ ސްކޫލަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އަމީނިއްޔާ ސްކޫލްގައި މި ފެއާ ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމަށެވެ. މި ފެއާގައި 110 މޭޒެއްގައި ކާނާ އާއި އަންނައުނާއި ފޮތާއި އަތްތެރި މަސައްކަތުގެ އުފެއްދުންތަކުގެ އިތުރަށް އެހެނިހެން އެކި ސާމާނު ވިއްކަމުން ދާނެއެވެ

މީގެ އިތުރުން ވެސް މި ފެއާގައި މިހާތަނަށް އަމީނިއްޔާ ސްކޫލުން ތައުލީމު ހާސިލް ކޮށްފައިވާ ހުރިހާ ފަރާތްތަކަކުން ބައިވެރިވުމަށް ހަމަޖެހިފައި ވާއިރު ތަފާތު އެކިއެކި ސަބަބުތަކާއި ހުރެ މި އިވެންޓްގައި ބައިވެރި ނުވެވޭ ފަރާތްތަކަށް ޚާއްސަކޮށްގެން މެގަޒިނެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ސުކޫލުން މައުލޫމާތު ދެއެވެ. އަދި މި މެގެޒިންގައި އަމީނިއްޔާ ސްކޫލުގެ ދިގު ތާރީޚާއި އަދި އެ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ހިމެނޭނެ ކަމަށް އެ ސްކޫލުން ބުނެއެވެ.

Advertisement - newsAdvertisement

އަމީނިއްޔާ ސްކޫލަކީ ރާއްޖޭގައި އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން ހުޅުވި ފުރަތަމަ ސްކޫލަށް ވާއިރު މި ސްކޫލުގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހެވެ..

އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭ "ޑައިމެންޑް ޖުބުލީ" ނިންމާ ހަރަކާތެއްގެ ގޮތުގައި "ފަޔަރ ވޯކް" އާ އެކު ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު