Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

2018 ވަނަ އަހަރު ބީއެމްއެލް ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރައިފި

11 އެޕްރީލު 2019 | ބުރާސްފަތި 16:51

 ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 11 އެޕްރީލު 2019 | ބުރާސްފަތި 16:51
ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

2018 އަހަރު ވެފައިވަނީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ކަމަށާއި ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ 1.6 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޝާޢިއުކޮށްފައިވާއިރު، މި ކާމިޔާބު ހޯދިފައިވަނީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދި އަދި ލޯނު ދޫކުރެވުނު ނިސްބަތް ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވުމާ ގުޅިގެން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ޓެކްސް އަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށާއި މިއީ ޖުމްލަކޮށް ކުރީ އަހަރާ އަޅާބަލާއިރު %13 އިތުރު އަދަދެކެވެ. މިއީ ކުރީ އަހަރަށް ވުރެ ހިންގުމުގެ ހަރަދު ބޮޑުވުމުގެ އިތުރުން ފައިދާގެ ތެރެއަށް އެއްފަހަރާ ގަނޑުކޮށް ލިބޭ އާމްދަނީ ނުހިމެނި ހޯދުނު ވަރަށް ރަނގަޅު މާލީ ނަތީޖާއެއް ކަމަށާއި ޓެކްސް އަށް ކެނޑުމަށް ފަހު ލިބުނު ފައިދާ މިވަނީ ވިދިވިދިގެން 3 ވަނަ އަހަރު 1 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ %4.1 އިން %3.5 އަށް ދަށްކުރެވިފައިވާ ކަމަށާއި ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު ބޭންކުގެ މާލީ ނަތީޖާ އަށް ބަލައި ބޭންކުގެ ބޯޑުން ވަނީ 2018 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 24 ރުފިޔާގެ މަގުން ޖުމްލަ 129 މިލިއަން ރުފިޔާ ބެހުމަށް ހުށަހަޅާފައެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ 'އަހަރެންގެ ބޭންކް' ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި 4 އައު ބްރާންޗާއި 5 ސެލްފް ސާވިސް ބޭންކިން ސެންޓަރ ގާއިމްކޮށް ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ޚިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތް ވެސް ތާރަފް ކޮށްފައެވެ. މީގެ އިތުރުން ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 230 އިން 277 އަށް އިތުރު ކޮށްފަައެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓްތައް ކަމަށާއި ބޭންކުގެ އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން ކަމަށެެވެ.

"މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން. ބޭންކުގެ ޚިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ޚިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން."އައިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބޭންކުގެ ސްޓްރެޖީއަށް އަލިއަޅުވާލަމުން އައިޝަތު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ބޭންކުންވަނީ 5 އަހަރުގެ ޕްލޭނެއް ތައްޔާރުކޮށް ބޭންކުގެ އޮނިގަނޑާއި، ޓެކްނޮލޮޖީގެ އިތުރުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ކުރާ އިންވެސްޓްމަންޓް ތަކަށް މުހިންމު ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ފައްްޓާފައި ކަމަށާއި 2018 ވަނަ އަހަރު ވަނީ މި ޕްލޭން ކާމިޔާބު ކަމާއެކު ފުރިހަމަކޮށްފައި ކަމަށެވެ.

"2018 ވަނަ އަހަރު އަޅުގަނޑުމެންގެ އިސްލާމިކް ބޭންކިންގ ޚިދުމަތް ދޭ 'ބީއެމްއެލް އިސްލާމިކް' ވަނީ ހަލުވިކަމާ އެކު ކުރިއެރުންތަކެއް ހޯދާފަ. ޑިޕޮސިޓް ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ފައިނޭންސިންގ ޕްރޮޑަކްޓްތައް ވެސް ވަނީ މިއަހަރު ތައާރަފްކުރެވިފަ. އަލުގަނޑުމެން މިދަނީ ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީޢާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފް ކުރަމުން."ބީއެމްއެލް އިސްލާމިކް އާއި ގުޅޭގޮތުން އައިޝަތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް