Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

އެމްޑީޕީއަށް ލިބުނު ކާމިޔާބީގެ އަސްލަކީ ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު: އިންތި

8 އެޕްރީލު 2019 | ހޯމަ 04:06

ކޮރަޕްޝަނުގެ އަމަލުތަކުގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު ހާމަވެއްޖެ ކަމަށް އިންތި ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 8 އެޕްރީލު 2019 | ހޯމަ 04:06
އިމްތިޔާޒް ފަހުމީ

އިމްތިޔާޒް ފަހުމީ

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބިގެން ދިޔައީ މިހާރު އޮތް ސަރުކާރު ބަލައިގަނެ، ރައްޔިތުންގެ އިތުބާރު އޮތުމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތިޚާބާ ގުޅޭ ގޮތުން އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ވިދާޅުވީ މި ފަހަރުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވުމުން ހާމަވެގެން ދަނީ، ހިޔާނާތުގެ އަމަލުތައް ހިންގާފައިވާ ފަރާތްތަކަށް ރައްޔިތުން އިތުރަށް ފުރުސަތު ދޭން ބޭނުންނުވާކަން ކަމަށެވެ. މި ފަހަރުގެ އިންތިހާބަކީ މިނިވަން ކަމާއެކު ހުރިހާ ސިޔާސީ ޕާޓީތަކަށް ކެމްޕޭނު ކުރަން ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
''އެއް ޕާޓީ އަކަށް މިހާ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދެއްވި ދެއްވުމުން ދިވެހި ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު އަޅުގަނޑުމެންނަށް އެނގިގެން އެބަދޭ. ހަމަ އެއާއެކުގައި ރައްޔިތުން ބޭނުންވެފައިވާ ކަންތައްތައް އެއީ އެމްޑީޕީން މި ހުށަހަޅާ ކަންކަން ރަނގަޅަށް ކަށަވަރުވެގެން ހިނގައްޖެ. އެހެންވީމާ މިކަން ކަމަކީ އިންތިހާބުގައި އަޅުގަނޑުމެން ފާހަގަ ކޮށްލާ މުހިއްމު ކަންތައްތައް،'' އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ފުރިހަމަ ތަހްގީގެއް ހިންގުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު އިންތިހާބުގެ ނަތީޖާއިން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' ގައި ހިމެނޭ ކަންކަން އާ މަޖިލީހާއެކު ފެށިގެން ދާނެ ކަމަށާއި، އެ ސިޔާސަތުތައް ހުރީ ޑްރާފްޓްކޮށް ނިމިފައި ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެ ބިލްތަކަށް ރައްޔިތުންގެ ހިޔާލު ހޯދައިގެން ބާރު ސްޕީޑެއްގައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިގެން އެކަމަށް އިޝާރާތް ކުރައްވާ އިމްތިޔާޒު ވިދާޅުވީ ޖޭޕީއަށް އެފަދަ ގޮތަކަށް ވެގެން ދިޔައީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ ވާހަކަފުޅުތައް ރައްޔިތުންގެ އިތުރުން އެ ޕާޓީގެ ގިނަ މެމްބަރުންނަށް ވެސް ގަބޫލު ނުކުރެވިގެން ކަމަށެވެ.

ސަރުކާރާއެކު ޖޭޕީން ކޯލިޝަން ހަދާފައިވާއިރު، މަޖިލީހުގެ އިންތިޚާބުގައި ގާސިމް ތާއިދު ކުރެއްވީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓުންނަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް