Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވީ ސައުދު އެކަނި

7 އެޕްރީލު 2019 | އާދީއްތަ 04:20

އޭނާ ވާދަ ކުރެއްވީ އަމިއްލަ ގޮތުން

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 7 އެޕްރީލު 2019 | އާދީއްތަ 04:20
ސައުދު ހުސައިން: 12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރު

ސައުދު ހުސައިން: 12 މެމްބަރުންގެ ތެރެއިން ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރު

ގޮނޑި ގެއްލު ކަމަށް ބުނެ، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުކޮށް، "މަގުމަތި" ކުރި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ތެރެއިން ހަމައެކަނި ގޮނޑި ދިފާއު ކުރެއްވި މެމްބަރަކަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް، ސައުދު ގޮނޑި ދިފާއު ކުރެއްވީ ފަސް ކެންޑިޑޭޓުންނާ ވާދަ ކުރައްވައެވެ. ސައުދާ އެންމެ ކައިރިން ވާދަ ކުރެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ކެންޑިޑޭޓް ހާރޫން ރަޝީދެވެ. ސައުދާއި ހާރޫންގެ ވޯޓުގެ ފަރަހު 100 އަށް ވުރެ ބޮޑެވެ.

Advertisement - newsAdvertisement

މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް 2017 ވަނަ އަހަރު ހުށަހެޅި ގަރާރުގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި 12 މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި ގޮތް ގޮތަށް އަނިޔާ ލިބިވަޑައިގެންނެވި މެމްބަރުންނެވެ. އެގޮތުން ބައެއް މެމްބަރުންނަށް ޖިނާއީ ދައުވާތައް އުފުލައި، މުއްދަތެއް ނެތް ގޮތަށް ބަންދުކުރިއެވެ. އަދި އެހެން މެމްބަރުން އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި ދުވަސްކޮޅަހު ހޭދަ ކުރެއްވިއެވެ.

އެ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސައުދު އާ މަޖިލީހަށް އިންތިހާބު ވެވަޑައިގެންފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ފުލުހުންގެ މަސައްކަތައް ދަތިކުރި ކަމުގެ ދައުވާ އުފުލިއެވެ. އެ ތުހުމަތުތަކަށް އޭނާ ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ވަނިކޮށް، އޭނާގެ މަންމާފުޅު ވަނީ އަވަހާރަވެފައެވެ. ސައުދުގެ މަންމާފުޅު އަވަހާރަވުމުން، ޖަނާޒާއަށް އޭނާ ގެނައީ ފަސްދާނުލާން އުޅެނިކޮށެވެ.

ޔާމީނަށް މަޖިލީހުގެ މެޖޯރިޓީ ގެއްލެން މެދުވެރިވި 12 މެމްބަރުންގެ ތެރެއިން އިންތިހާބު ނާކާމިޔާބު ވެވަޑައިގެންނެވި 11 މެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ތިލަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ހަނީމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
16 ފެބުރުއަރީ 2017

މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން

16 ފެބުރުއަރީ 2017
މަޖިލީހުގައި ބައެއް މެމްބަރުންގެ އަޑުކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މައުމޫން
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް