Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައްޔިތުންގެ މަޖިލިސް 2019

މަޖިލީހުގެ މެޖޯރިޓީ ނުލިބެއްޖެ ނަމަ ސަރުކާރު ނޭވާ ހޮޅިއަށް އެޅޭނެ!

މަޖިލީހުގެ އަގުލަބިއްޔަތު ރައީސް ސޯލިހުގެ ވެރިކަން ދިފާއުކޮށްދޭނެ ފަރާތްތަކަށް ލިބުން މުހިންމު

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 5 އެޕްރީލު 2019 | ހުކުރު 02:01
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީޙުގެ ކެމްޕެއިންގައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަޖިލީޙުގެ ކެމްޕެއިންގައި

އުސޫލެއްގެ ގޮތުން ޑިމޮކްރަސީގައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު ރައްޔިތުން ތަމްސީލްކުރާ މަންދޫބުންގެ މައްޗަށް އެކުލެވޭ މަޖިލީހަކީ އެންމެ ވަރުގަދަ ބާރެވެ. ނަމަވެސް ފާއިތުވި ފަސް އަހަރު ކަން ހިނގައިދިޔަ ގޮތުން މަޖިލީހަކީ ދައުލަތުގެ ހަތަރު ބާރުގެ ތެރެއިން ބަލިކަށި ބާރެއްގެ ގޮތުގައި ގިނަ ބަޔަކަށް ސިފަ ވެދާނެއެވެ. އެކަން އެގޮތަށް މެދުވެރިވުމުގެ މައިގަނޑު ސަބަބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަން ހުދު މުޚްތާރު ވެރިކަމަށް ވުމެވެ. އެހެންކަމުން ބާރުތައް އެމަނިކުފާނުގެ އަތްދަށަށް ލެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް ހަނިކުރެއްވީއެވެ.

ޑިމޮކްރަސީގެ އުސޫލްތައް ހިނގާ ނަމަ ސަރުކަރުގައި އެންމެ ބާރުގަދަ އެއް މުއްސަސާއަކީ ރައްޔިތުންގެ މަޖިލީހެވެ. ސަރުކާރެއް ދެމެހެއްޓުމަށްޓަކައި މައި ތަނބަކީ މަޖިލިސް ކަމަށްވާ އިރު ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ބޭނުން ވެއެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުލިބިއްޖެ ނަމަ ސަރުކާރު ދެމިއޮތުމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. ދެން އޮތް އޮތް ސުވާލަކީ ސަރުކާރަށް މެޖޯރިތީ ލިބުމަކީ ކޮބައި ހެއްޔެވެ؟ މިއީ ހަތަރު ފިކުރެއް އެކުވެގެން އުފައްދާފައިވާ ސަރުކާރަކަށް ވުމުން އެ ހަތަރު ފިކުރު އެއްކޮށްލުމުން މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ސަރުކާރަށް މެޖޯރިޓީ ލިބުން ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

ނޫނެކެވެ. އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން މަޖިލީހަށް ވާދަކުރައްވާ ފަރާތްތަކާ އެކު ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބުމަކުން މައްސަލަތަކަށް ހައްލެއް ލިބޭކަން ނެތެވެ. އަދި ސަރުކާރު ދިފާއުކުރެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ވެސް ނުލިބޭނެއެވެ. އޭގެ އެއް މިސާލަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކޮންމެހެން ފާސްކުރައްވަން ބޭނުންފުޅުވި ބިލްތަކެއް މަޖިލީހުގައި ފާސްނުވެ އޮތުމެވެ. އެކަން ނުވެ އޮތީ ޖޭޕީން އެކަން ކުރަން ދެކޮޅު ހަދާތީއެވެ. އެހެންކަމުން ސަރުކާރަށް މެޖޯރިޓީ ލިބުން މާނަކުރަންޖެހެނީ ޖޭޕީގެ ގިނަ ގޮނޑިތަކެއް ނުހިމަނައެވެ. ޖޭޕީގެ ޓިކެޓްގައި ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަފާތެރިވާނެ ކަމަށް ވަރަށް ޔަގީންކުރެވޭ ބައެއް ކެންޑިޑޭޓުން އެބަ ތިއްބެވެ.

އެމްޑީޕީ އާއި އެމްއާރުއެމް އަދި އަދާލަތު ޕާޓީގެ މެންބަރުންގެ އިތުރުން ޖޭޕީގައި ތިއްބެވި ރައީސް ސޯލިހަށް ވަފާތެރި ބޭފުޅުންނާ އެކު މަޖިލީހުގެ މެޖޯރިޓީ ނުލިއްޖެ ނަމަ ސަރުކާރު ދެމިއޮތުމާ މެދު ސުވާލު އުފެދޭ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން މަޖިލީހުގެ ތެރެއިން ސަރުކާރުގެ ބިލްތައް ފެއިލްކޮށްލުމާއި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓުތައް ނެގުމާއި އަދި އެކަށީގެންވާ އަދަދެއް އިދިކޮޅަށް ހަމަވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަކީ ވެސް ނުކުރާނެ ކަމެކޭ ބުނެވޭކަށް ނެތެވެ. އިދިކޮޅުގައި ތިބި ފަރާތްތައް ވެރިކަމަށް ދަހިވެތިވެފައި ތިބިލެއް އެއަށް ވުރެ މާ ބޮޑެވެ. އަދި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި މި ވަގުތު އޮތް ޖޭޕީގެ ލީޑަރުގެ ދަހިވެތިކަން ވެސް މާބޮޑެވެ.

މަޖިލީހުގެ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބައިއަތު ހިއްޕަވައިގެން ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އިދިކޮޅު ޕީއެންސީ އާއި ޕީޕީއެމްގެ އިސް ބޭފުޅުންނާ އެކުއެވެ. އެހެންކަމުން މަޖިލީހަށް ހޮވިވަޑައިގަތުމުން ވެސް އެމަނިކުފާނާއި އެ މަނިކުފާނަށް ތަބާވާ މެންބަރުން މަސައްކަތްކުރައްވާނީ އެ ގޮތުގައި ކަމަށް ޔަގީނާ ގާތެވެ. އެހެންކަމުން އިދިކޮޅުން ބޭނުންވާ ކަންކަން ޖޭޕީން ވެސް މަގުފަހިކޮށްދޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. އެމްޑީޕީ އަށް ނުވަތަ ރައީސް ސޯލިހަށް ވަފާތެރި ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ނުލިބިއްޖެ ސަރުކާރު ނޭވާ ހޮޅިއަށް އެޅިގެންދާ އިރު އިދޮޅުން ޖޭޕީ ބޭނުންކުރާނީ ސަރުކާރު ގަންބާލުމަށް ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017
ސަރުކާރު މަރަށް ތެޅެނީތަ؟

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު