Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ހިޔާނާތްތެރިންނޭވެ، ފޮރުވަން އުޅުނަސް ދެނެއް ނުފޮރުވޭނެ އެވެ.

ޔާމީން ސަރުކާރުގެ ހިޔާނާތުގެ އެތައް ވާހަކަތަކެއް

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 13:08
އައިޖީއެމްއެޗް އާ އިމާރާތް

އައިޖީއެމްއެޗް އާ އިމާރާތް

ވައްކަމާ ކޮރަޕްޝަނުގެ ސަބަބުން ގައުމެއް ހަލާކުވާންވީ ވަރަށް މިއޮތީ ހަލާކުވެފައެވެ. ގެޔަށް ވަންނަ ފައިސާއަކީ ހަލާލު ފައިސާތޯ ނުވަތަ ހަރާމް ފައިސާތޯ ވެސް ޚުދު އަނބިމީހާ ވެސް ސުވާލު ނުކުރާނެ ކަމަށް ގަބޫލު ކުރެއްވި ބޭފުޅުންނަށް ގައުމުގެ ބާރު ފަސް އަހަރަށް ނަމަވެސް ލިބުނީމާ ވާނެ އެއްޗެއް ވެގެން ދިޔައީއެވެ. ކުރާނެ ކަމެއް ނެތެވެ.

ސިއްހީ ނިޒާމު ހަރަުދަނާކޮށް ޚިދުމަތް ރަގަޅުކުރި ވާހަކަ ޔާމީންގެ ސަރުކާރުން ގޮވިއެވެ. އައިޖީއެމްއެޗްއާ ޖެހިގެން ބޮޑު އިމާރާތެއް ޔާމީނު ސަރުކާރުން އަޅައިފައި އެބަހުއްޓެވެ. އެ އިމާރާތާއި ގުޅޭ ކޮރަޕްޝަންގެ ވާހަކަ ރީތިކޮށް ތިލަކޮށް އެންމެ ފަހުން ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތަކީ ވައްކަމާއި ކޮރަޕްޝަން ދާއިމަށް ފެންނަ ގޮތަށް އިމާރާތް ކުރެވިފައިވާ ތަނެއް ކަމަށެވެ. ނުވަތަ ބިނާއެއް ކަމަށެވެ. ރައީސް ވިދާޅުވީ އެއީ 54 މިލިއަން ޑޮލަރަށް އިމާރާތް ކުރެވޭނެ ތަނެއް ކަމަށެވެ. ނަމަވެސް އެ އިމާރާތަށް މިހާތަނަށް ޖުމްލަ 220 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި 23 މިލިޔަނެއްހާ ޑޮލަރަށް ގަނެވެން ހުރި އިކުއުޕްމަންޓް ގަތުމަށް 80 މިލިއަން ޑޮލަރު ހޭދަ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. ހައިރާނެއް އިންސާނަކު ނުވާނެ ހެއްޔެވެ؟ މި ދައްކަނީ ސަރުކާރަކުން ކޮށްފައިވާ ކަމެއްގެ ވާހަކައެވެ.

މި ހަފްތާ އަޅުގަނޑުމެން ކަންފަތުގައި މުޅިން ޖެހެނީ ރައީސް ޔާމީނުގެ ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކޮށްގެން ކޮށްފައިވާ ކަންތައްތަކުގެ ވާހަކައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އަޅާފައި ހުރި ފްލެޓްތަކަކީ ބޮޑު އަގު ދީގެން އަޅައިފައިވާ އިމާރާތްތަކަށް ވިޔަސް އިންސާނުން ދިރިއުޅެން ކަމުދާ ގޮތަކަށް ހަދައިފައިވާ ތަންތަން ނޫންކަން މިހާރު ޔަގީން ވެއްޖެއެވެ. ރައީސް އިބުރާހިމް މުހައްމަދު ޞާލިހް ވިދާޅުވީ އެ ފްލެޓްތަކުގައި ހުރި ކޮޓަރިތަކުގެ ބޮޑުމިނަކީ 8 ފޫޓް 9 ފޫޓް ކަމަށެވެ. އެނދެއް ބަހައްޓައިފިނަމަ އެކޮޓަރީގައި އުޅޭ މީހާގެ ތަކެތި އަޅަން އަލަމާރި ގަނޑެއް ބަހައްޓާނެ ތަނެއް ނެތް ކަމަށެވެ.

ގަބޫލު ކުރަން އުނދަގޫ ވިޔަސް މިހާރު އާންމުވަމުން އެދަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ކޮށްފައިވާ ކަންކަމުގެ ވާހަކައެވެ. ވައްކަމާއި ހިޔާނާތުގެ މޫ ދެމިފައިވަނީ ކިހާ ހިސާބަކަށް ކަން ބެލުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނަށް ލިބެންޖެހޭ ގާނޫނީ ބާރެއް މަޖިލީހަކުން ނުދިނެވެ. ބާރު ލިބިގެން ބަލަން ހުރި މައްސަލަތައް އިތުރަށް ބަލައިފި ނަމަ ދައްކަން އޮތް ވާހަކަ އަދި މާގިނަވާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުން އެމަނިކުފާނު މަޖިލީސް ކެމްޕެއިނުގައި ދަތުރުފުޅު ކުރައްވައި ނޫޅުއްވަނީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި ފައިސާ ހިފަހައްޓައިފައި ހުރުމުންނެވެ. ހީވާ ގޮތުން ވިދާޅުވާން އެ އުޅުއްވަނީ އެފައިސާ ބޭނުންފުޅު ކުރެއްވޭ ގޮތްވީނަމަ އިންތިހާބުގައި ފިސާރި ކުޅި ދައްކަވާ ލެއްވީސް ކަމަށެވެ.

މިއީ އަޅުގަނޑުމެންގެ ގައުމެވެ. މިއީ ހިޔާނާތްތެރިންނާ ވަގުންގެ ގައުމަކަށް ބަދަލުކޮށްގެން ގައުމު ހިންގާކަށް ޖާގައެއް މިއަދަކު ނުލިބޭނެއެވެ. މާޒީއަކީ މާޒީއެވެ. މާޒީގައި ބަޔަކު ހިންގި ޖަރީމާ އަލުން ހިންގުމަށް އަތަށް ބާރުތައް ޖަމާކުރުމަށް ނޫޅުއްވާށެވެ. ދައުލަތުގެ ފައިސާއަށް ވެފައިވާ ހިޔާނާތުގެ ވާހަކަތަކާ ގުޅިގެން ވަމުންދާ އޮރިޔާން ނިވާކުރަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

ތިން މިނިސްޓްރީގައި އަލިފާން ރޯވިތާ 1 އަހަރު: މައުލޫމާތު ހާމަނުކޮށް ފޮރުވަން މިއުޅެނީ ކޯއްޗެއް؟

12 ޑިސެމްބަރު 2025
މަސްމާރުކޭޓު މައްސަލައިގައި މުއިއްޒު ހެދި ގޯސް ފޮރުވަން ޕީއެންސީ ކައުންސިލަރުން ދެފައި އެއްތާކު ނުޖެހޭ

މަސްމާރުކޭޓު މައްސަލައިގައި މުއިއްޒު ހެދި ގޯސް ފޮރުވަން ޕީއެންސީ ކައުންސިލަރުން ދެފައި އެއްތާކު ނުޖެހޭ

01 އޮކްޓޯބަރު 2025
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ފޮރުވަން މިއުޅެނީ ކޮންކަމެއް!؟

ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ފުލުހުން ފޮރުވަން މިއުޅެނީ ކޮންކަމެއް!؟

26 އެޕްރީލު 2025
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

18 ފެބުރުއަރީ 2025
އދގެ ޖަމިއްޔާއަށް އެހީ ހުއްޓާލުމަކީ، ޙަޤީޤަތް ފޮރުވަން ޖަހާ މަޅިއެއް!

އދގެ ޖަމިއްޔާއަށް އެހީ ހުއްޓާލުމަކީ، ޙަޤީޤަތް ފޮރުވަން ޖަހާ މަޅިއެއް!

01 ފެބުރުއަރީ 2024

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު