Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް

ދުނިޔޭގެ އެއްމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރަންޓާއި އެކު ޔޫ އެންޑް މީ ރިސޯޓް ހުޅުވައިފި

މިއީ ރާއްޖޭގައި ހެދި ކޮކޫންގެ ދެވަނަ ޕްރޮޕަޓީ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2019 | ހޯމަ 12:23
ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސްގެ މަންޒަރެއް

ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސްގެ މަންޒަރެއް

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓާއި އެކު، ރ.އުތުރުމާފަރުގައި "ޔޫ އެންޑް މީ"ގެ ނަމުގައި ކޮކޫން މޯލްޑިވްސްގެ ދެވަނަ ރިސޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޔޫ އެންޑް މީގައި ރިސޯޓުގައި އޮތް ރަސްމިއްޔާތެއްގައި ރިސޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އަލީ ވަހީދު ވިދާޅުވީ ރިސޯޓް ވަރަށް ފުރިހަމަ ކަމަށާއި އުއްމީދަކީ މިކަހަލަ ތަފާތު ފަރުމާތަކުގެ އިތުރު ރިސޯޓުތަކެއް ރާއްޖޭގައި ހުޅުވިގެން ދިޔުން ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް ޓުވަރިޒަމް މިނިސްޓްރީއާއި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރިސޯޓުގައި ޖުމުލަ 109 ވިލާ ހިމެނޭއިރު، އޭގެ ތެރެއިން 10 ވިލާ ފިޔަވައި ދެން ހުރި 99 ވިލާއަކީ ވޯޓަރ ވިލާސްއެވެ. އޭގެ ތެރޭގައި ހިމެނެނީ މަންތާ ވިިލާއާއި، ޑޯލްފިން ވިލާއާއި، ޑޯލްފިން ވިލާ ވިތް ޕޫލް، ބީޗް ސުއީޓް ވިތް ޕޫލް، އަކުއާ ސުއީޓް، އަކުއާ ސުއީޓް ވިތް ޕޫލް އަދި ރިސޯޓުގައި ހުރި އެއްމެ ބޮޑު ވިލާކަމުގައިވާ "ޔޫ އެންޑް މީ" ސުއީޓް ހިމެނެއެވެ. ޔޫ އެންޑް މީ ސުއީޓްގައި ޕްރައިވެޓް ޖިމަކާއި، މަސާޖް ޓޭބަލެއްގެ އިތުރުން ބަދިގެއެއްގެ އިތުރުން ސިނަމާއެއް ވެސް ހިމެނެއެވެ.

ފަސް ތަރީގެ ޔޫ އެންޑް މީގައި ހަ ރެސްޓޯރަންޓް ހުންނައިރު މި ތަންތަނުން ދުނިޔޭގެ އެކި ގައުމުތަކުގެ ކާއެއްޗެހި ލިބެއެވެ. މި ރިސޯޓުގައި އެއްވެސް ބުފޭ ރެސްޓޯރަންޓެއް ނުހުންނަ އިރު، ހުރިހާ ރެސްޓޯރަންޓަކުން ވެސް ޖެހެނީ ގެސްޓު މީހާ މެނޫއިން އޯޑަރު ކުރާށެވެ. ރިސޯޓުގައި ހުންނަ ހަ ރެސްޓޯރަންޓަކީ "ގްރީން ކާޕެޓް"، "ދަ ސޭންޑް"، ޖަޕާނުގެ ކެއުންތަކަށް ހާއްސަ ރައިޒިން ސަން، އިޓަލީގެ ކެއުންތަކަށް ހާއްސަ "އިޓާލިއަންސް ޑޫ އިޓް ބެޓަރ.. ލަ ޕާސްތާ"، "ޗިއަރޒް ބާރ" އަދި ކަނޑުއަޑީގެ ރެސްޓޯރަަންޓް "އެޗް2އޯ"އެވެ.

"އެޗް2އޯ"އާ ބެހޭގޮތުން މައުލޫމާތު ދެމުން ކޮކޫންގެ އޯނަރެއް ކަމުގައިވާ އެލެކްސް ބުނެފައިވަނީ މިއީ މިހާރު ދުނިޔޭގައި ވެސް ހުރި އެންމެ ގިނަ މީހުންނަށް އެއްފަހަރާ ކެވޭ ގޮތަށް ހަދާފައި ހުރި ކަނޑުއަޑީގެ ރެސްޓޯރަންޓް ކަމަށެވެ. މި ރެސްޓޯރަންޓުގެ ތިން އަރިމަތިން މޫދު ފެންނަން ހުންނަ އިރު، ރެސްޓޯރަންޓް ހުންނަނީ ރިސޯޓުގެ ފަޅުތެރޭގައެވެ. "އެޗް2އޯ"އަށް ދާން ޖެހެނީ ލޯންޗެއްގައެވެ. މި ރެސްޓޯރަންޓަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ރެސްޓޯރަންޓެއް ކަމަށް އެލެކްސް ބުނެފައިވެއެވެ. އެގޮތުން ކެއުމުގެ އިތުރުން، ކާ ގަޑީގައި ޖަހާ ލަވަތަކަކީ ވެސް ހާއްސަކޮށް ހޮވާލާފައި ލަވަތަކެއް ކަމަށާއި، ބޭޏުންވަނީ ގެސްޓުންނަށް ކާ ގަޑީގައި "ގެސްޓްރޮނޮމިކަލް އެކްސްޕީރިއަންސެއް" ދިނުން ކަމަށް އެލެކްސް ބުންޏެވެ.

ޔޫ އެންޑް މީ ރިސޯޓަކީ 16 އަހަރުން މަތީގެ މީހުންނަށް އެކަނި ދެވޭ ގޮތަށް ކަނޑައަޅާފައިވާ ރިސޯޓެކެވެ. ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އެލެކްސް ބުނީ މިކަމުގެ ބޭނުމަކީ އެއްމެ ފުރަތަމަ ރާއްޖޭގައި ފަތުރުވެރިކަން ތައާރަފުވެގެން އައި އިރު 1980ގެ އަހަރުތަކުގައި، އޭނާ ކުރި އެކްސްޕީރިއަންސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރިސޯޓު ފަރުމާކުރެވިފައި ވަނީ ރިސޯޓަށް އަންނަ ފަރާތްތަކަށް ވަރަަށް އުފާވެރި ޗުއްޓީއެއް ހޭދަކޮށްލެވޭ ގޮތަށް ހުރިހާ ކަމަކަށް ވެސް ވަރަށް ބަލައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. އެގޮތުން ރިސޯޓުގެ ޑިޒައިނަކީ ވަރަށް "ރަސްޓިކް" އަދި "ރޮމޭންޓިކް" ޑިޒައިނެއް ކަމަށް އެލެކްސް ވަނީ ބުނެފައެވެ.

ޔޫ އެންޑް މީ ރިސޯޓަކީ ރާއްޖޭގައި ކޮކޫން މޯލްޑިވްސް އިން ހަދާފައިވާ ދެވަނަ ޕްރޮޕަޓީއެވެ. އެގޮތުން 2017ވަނަ އަހަރު ޅ.އޮޅުވެލިފުށީގައި ހުޅުވި "ކޮކޫން މޯލްޑިވްސް"އަކީ ރާއްޖޭގެ ފުރަތަމަ ޑިޒައިނަރ ރިސޯޓެވެ. ޔޫ އެންޑް މީއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

"ބާސެލޯސް" އަށް ބޮޑު ތަރުހީބެއް ލިބޭ، ވަރަށް ބާރުބޮޑުކޮށް ދަނީ: ބާސެލޯސް ރެސްޓޯރެންޓް

22 މެއި 2017
ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

ފެން އަގޮބޮޑުކޮށް ނުވިއްކުމަށް އިލްތިމާސްކޮށްފި!

09 މެއި 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު