Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ހާސްނުވާށެވެ. މަރަށް ތެޅެނީއެވެ.

31 މާރިޗު 2019 | އާދީއްތަ 13:57

އިންތިހާބުގެ ފަހު ދުވަސްވަރު ގޮތްތަކެއް އެބަ ނިންމާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 31 މާރިޗު 2019 | އާދީއްތަ 13:57
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިޔާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިޔާ

ފެނުން މައްޗަށް ފަހު ބޮކި ދޫކޮށްފައި އަޑިއަށް ދަނީއެވެ. ގެނބެނީއެވެ. ހަތަރެސް ފައިގައި އޮތީ ބަރު އެލުވާފައެވެ. އެއީ އޭނާ އަމިއްލައަށް މެހުނު ކަސްތޮޅެކެވެ. ސަލާމަތުގެ އަތެއް ދިއްކޮށްލާނެ ޔާރެއް ނެތެވެ. ސަބަބަކީ އެ ހާލަތުގައި ގޯސް ހަދަން އުޅޭތީއެވެ. ނުބައި ކަމަކަށް ހުށަހެޅި ގަންނާތީއެވެ. ވިޔާނުދާ ކަމާއި ނުލަފާކަން އެ ހާލަތުގައި ދައްކަމުންދާތީ، ރައްކާތެރި ކަމެއް ދޭނީ ކާކުތޯއެވެ؟

މުގުރު ޖަހައި އިންސާފޭ ބުނެ، ފުލުފުލުގައި "ފަޓާސްބަރި"ހެން ނިންމާ ކަންތައްތަކާ ގުޅިގެން ބައެއް މީހުން ދައްކަމުން ދަނީ އެ ވާހަކައެވެ. އެއީ އިންސާފު ނޫން ކަމަށެވެ. ހައްގުގެ މަގުގައި ނިންމާ ކަންތައްތަކެއް ނޫން ކަމަށް މީހުން އެބަ ބުނެއެވެ. އިންތިހާބީ މޫސުމަކާ ދިމާކޮށް، ތިލަފަތް ހަމަހަމަ ގޮތަކަށް އިންސާފު ގާއިމު ކުރާނީ އެގޮތަށް ނޫން ކަމަށް ކަތުން އެބަ ކިޔައެވެ. ސަބަބަކީ ޝައްކެތް ނެތް މިންވަރަކަށް އެންމެންނަށް އެނގެން ހުރި މުޖިރިމަކު، ކަސްތޮޅުން މޮހެލުމުންނެވެ. ބާރުވެރިކަމާއި އަނިޔާވެރިކަމުގައި އެއް ކުރި ނޫޓުތައް އިންތިހާބުގެ ކޮއްޓަށް ދޫކޮށްލުމުންނެވެ. އަވަސް ވެގެން ނިންމާ އެފަދަ ނިންމުންތަކަށް ނަންތައް ވެސް ބަޔަކު ދަނީ ދެމުންނެވެ.

އެއް ބަޔަކު ބުނަމުންދަނީ އެއީ މަރަށް ތެޅެނީ ކަމަށެވެ. ގޮތް ހުސްވީ ކަމެކެވެ. އަރަން ހުރި ގޮޅި ހުސްވީ ކަމަށެވެ. ސަބަބަކީ އަނިޔާވެރިއެއްގެ ނިމުން ގެނައީ، ރައްޔިތުން ކަމަށާއި އެ ރައްޔިތުން އަނެއްކާ ވެސް ބޮޑު ނިންމުމަކަށް ފެންބޮވައިގެންފައި ވާތީ، އެކަމުގެ ބިރަށް ބަޔަކު "ތަރަތަރަ"ލަނީ ކަމަށެވެ. މަޖިލީހުގެ ތަޅުން ދޮވެލުމަށް ނަގާ ވޯޓަށް ކުޑަތަންވަމުންދާ ދަނޑިވަޅުގައި ބަޔަކަށް އަސަރު ކުރާނެ ކަމަށް އެބަ ބުނެއެވެ. ވާޖިބާއި މަސްއޫލިއްޔަތާއި ޒިންމާ އެއްކައިރިކޮށް، ނޫޓަށް ހެއްލުނު މުއައްސަސާތަކުގެ ވެރިން އެ ވޯޓަށް ބިރު ގަންނާނެ ކަމަށް ވެސް އެބަ ކިޔައެވެ.

ފަހު ނޭވާގައި ސަލާމަތްވުމަށް "މަރަށް ތެޅޭ" ބަޔަކު، އެ ބައިމީހުންގެ އައުވާނުންނަށް މަދަދުވެރިވުމަށް ގޮތް ތަކެއް ނިންމަމުންދާ ކަމަށާއި އެކަމަށް ސަމާލުކަން ނުދިނުމަށް ވެސް އެއް ބަޔަކު އެބަ ކިޔައެވެ. ފަސް ކުރާށޭ ބުންޏަސް، ފަހަތަަށް ނުޖެހޭށެވެ. ލަސްކުރާށޭ ބުންޏަސް، ކަނުލާނެ ކަމެއް ނެތެވެ. ގޮތް ހުސްވެގެން ތެޅުނު ވަރަކަށް ހުޅުބުދާނީ ނުލަފާ ރޭވުންތައް ރާވާ މީހުންގެ ގައިންނެވެ. ތެޅިފޮޅުނު ވަރަކަށް އަމިއްލަ ކަރަށް މެހުނު މަޅި ބާރު ވެސް ވާނެ ކަމަށް އެބަ ބުނެއެވެ. ސަލާމަތް ވާނެ ކަމަށް ހީކޮށް، ކިތަންމެ ވަރަކަށް މުގުރުން ޖަހައި ނިޔާ އިއްވިޔަސް، އެބައި މީހުންނަށް ސަލާމަތުގެ އައްސޭރިއެއް ނުފެންނާނެއެވެ.

އަބަދުވެސް ފަހު ނިންމުން ނިންމަނީ ރައްޔިތުންނެވެ. އަނިޔާވެރިކަން ފަތަހަ ކުރި ގޮތަށް، ކޮރަޕްޝަންގެ މޫތައް ފަނޑިޔާރުގެއިން މުހެލަން ގޮތް ނިންމާނީ ވެސް ރައްޔިތުންނެވެ. އިންސާފު ގާއިމު ކުރުމުގެ ފުރިހަމަ ބާރު ރައްޔިތުން ލިބޭނީ ހޮނިހިރު ދުވަހު ނަގާ ވޯޓާއެކުގައެވެ. މުއައްސަސާތަކުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ފަސާދަ ފޮހެލެވޭނީ އެ ނިޔަތް އޮތް ބަޔަކު މަޖިލީހަށް އިންތިހާބުކޮށްގެންނެވެ. ހާލަތު ބަދަލު ކުރާނީ ރައްޔިތުން ވެސް އެ ނިޔަތް އޮތް ނަމައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 އޯގަސްޓު 2022

އައިމަން އައްޒަވާހިރީގެ މަރަށްފަހު އަލްގާއިދާ އުވިދާނެތަ؟

03 އޯގަސްޓު 2022
އައިމަން އައްޒަވާހިރީގެ މަރަށްފަހު އަލްގާއިދާ އުވިދާނެތަ؟
03 އޮކްޓޯބަރު 2021

ޖަމާލް ޚާޝަގްޖީގެ މަރަށް 3 އަހަރު – އަދިވެސް އިންސާފެއް ނުލިބޭ!

03 އޮކްޓޯބަރު 2021
ޖަމާލް ޚާޝަގްޖީގެ މަރަށް 3 އަހަރު – އަދިވެސް އިންސާފެއް ނުލިބޭ!
23 އެޕްރީލު 2021

ޔާމީން ރަޝީދުގެ މަރަށް 4 އަހަރު: އަދިވެސް އިންސާފުގެ އިންތިޒާރުގައި!

23 އެޕްރީލު 2021
ޔާމީން ރަޝީދުގެ މަރަށް 4 އަހަރު: އަދިވެސް އިންސާފުގެ އިންތިޒާރުގައި!
02 އޮކްޓޯބަރު 2020

ޑރ. އަފްރާޝީމްގެ މަރަށް 8 އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!

02 އޮކްޓޯބަރު 2020
ޑރ.  އަފްރާޝީމްގެ މަރަށް 8  އަހަރު، ޖަރީމާ ހިންގި މީހުންހޯދާ ހައްގު އަދަބު ދެވޭނެ ކަމާމެދު ޝައްކު!
02 އޮކްޓޯބަރު 2019

އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!

02 އޮކްޓޯބަރު 2019
އަފްރާޝީމް މަރަށް 7 އަހަރު : އަދިވެސް އިންސާފު ލިބޭނެކަމުގެ އުއްމީދު ގައި!
21 ޖެނުއަރީ 2019

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

21 ޖެނުއަރީ 2019
ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
01 ސެޕްޓެމްބަރު 2017

ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!

01 ސެޕްޓެމްބަރު 2017
ޑަޔާނާގެ މަރަށް 20 އަހަރު، ހަނދާންތަކަށް ބަދަލެއް ނެތް!
11 ޖޫން 2017

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ
24 މެއި 2017

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟
23 މާރިޗު 2017

ސަރުކާރު މަރަށް ތެޅެނީތަ؟

23 މާރިޗު 2017
ސަރުކާރު މަރަށް ތެޅެނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް