Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް 2019

މަދުވެގެން 58 ގޮނޑި ނަގާނަން: ނަޝީދު

30 މާރިޗު 2019 | ހޮނިހިރު 11:44

ސަރުކާރު ކެންޑިޑޭޓުން ނުތިބޭނެ، އެއީ ބޯދާ ވާހަކައެއް ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 30 މާރިޗު 2019 | ހޮނިހިރު 11:44
ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މަދުވެގެން 58 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތިމަރަފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ކެންޑިޑޭޓުން ނުތިބޭނެ ކަމަށާއި އެއީ ބޯދާ ވާހަކައެއް ކަމަށެވެ. ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓަކީ އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު މުސްތަފާ ކަމަށާއި އެއީ އެމަނިކުފާނުގެ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އޭގެ ތެރެއިން [86 ކެންޑިޑޭޓުންގެ] ދަންނަވަންތޯ މަދުވެގެން 58 މީހުން ނުވަތަ 59 މީހުން ނަގާނަން. މަދުވެގެން ނަގާނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ވާދަވެރި ފަރާތްތަކަށް ބަހުގެ ހޫނު ހަމަލަތަކެއް ރައްދު ކުރި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ތާއިދު އޮތީ މުސްތަފާއަށް ކަމަށާއި އޭނާއަށް ތާއިދު ކުރާނެ އިތުރު މީހަކު ތިމަރަފުށީ ރައްޔިތުން ބަލަން އުޅޭތީ އެކަމާ ދެރަވާ ކަމަށެވެ. ތިމަރަފުށީ އެމްޑީޕީ ހަރުގޭގައި މަސައްކަތް ކުރި ބައެއް މީހުން، މަޖިލިސް އިންތިހާބާ ދިމާކޮށް، ޕާޓީގެ ހަރަކާތްތަކުން ދުރަށް ޖެހިފައިވާތީ ރައީސް ނަޝީދު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.

"އަޅުގަނޑުގެ ކެންޑިޑޭޓަކީ ތިމަރަފުށީ މުސްތަފާ. އަޅުގަނޑު ވަރަށް ދެރަވޭ، އެހެން ކޮން މީހެއްތޯ މުސްތަފާބެއަށް ތާއިދު ކުރޭތޯ ބަލާތީ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުގެ ކެންޑިޑޭޓަކީ މުސްތަފާބޭ. ތިބޭފުޅުން އެހެން މީހަކު ކީއްވެގެންތޯ އޭ ހޯއްދަވަނީ މުސްތަފާބެއަށް ތާއިދު ކުރަން. އެކަމާއޭ އަޅުގަނޑު ހިތްހަމަނުޖެހިގެން އުޅެނީ،" ތިމަރަފުށީ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ.

މުސްތަފާއާ ދެކޮޅަށް ތިމަރަފުށީ ދާއިރާއަށް ނުކުންނަވާ ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އޭނާއާ އެންމެ ވާދަވެރި ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. ކެމްޕެއިންގައި ރިޔާޒާއި މުސްތަފާ ގެންދަވަނީ ބަހުގެ ހޫނު ހަމަލާތަކެއް ރައްދު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިމަރަފުށީ ދާއިރާއަކީ އަބަދުވެސް ވާދަވެރިކަން ބޮޑު ދާއިރާއެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާގެ ގޮނޑި މުސްތަފާ ކާމިޔާބު ކުރެއްވީ 11 ވޯޓުގެ ތަފާތުންނެވެ. ދެހާސްސާދަ ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި މުސްތަފާއާ ވާދަކޮށް ނާކާމިޔާބު ވެވަޑައިގެންނެވީ ޕީޕީއެމްގެ ފަރާތުން ނުކުންނެވި އޭރު އެ ދާއިރާގެ މެމްބަރު އަދި އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފެވެ. ޝަރީފަށް ލިބިވަޑައިގެންނެވީ 975 ވޯޓެވެ. މުސްތަފާ އިންތިހާބު ކާމިޔާބު ކުރެއްވީ 986 ވޯޓުންނެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
29 ޖެނުއަރީ 2017

ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި

29 ޖެނުއަރީ 2017
ރައީސް ނަޝީދު ލަންކާއަށް ވަޑައިގެންފި
28 ޖެނުއަރީ 2017

ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ

28 ޖެނުއަރީ 2017
ރައީސް ނަޝީދު މާދަމާ ލަންކާއަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް