Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މައުމޫނު

ކޯލިޝަނަށް މެޖޯރިޓީ ނުލިބިއްޖެނަމަ އަނިޔާވެރިކަން އަންނާނެ: ރައީސް މައުމޫން

ކޯލިޝަންގެ ކެންޑިޑޭޓުން އިންތިހާބު ކޮށްދެއްވުމަށް މައުމޫން ވަނީ އެދި ވަޑައިގެންްފައި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 30 މާރިޗު 2019 | ހޮނިހިރު 03:27
ރައީސް މައުމޫން ފާރިސްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރައީސް މައުމޫން ފާރިސްގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ފުރިހަމަ ޢައުލަބިއްޔަތު ނުލިބިއްޖެނަމަ ލިބުނު އަނިޔާތައް ދެން ވެސް އަނބުރާ އިޔާދަ ކުރާތަން ފެނިގެން ދާނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިފަދަ ގޮތަކަށް ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނުގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މައުމޫނުގެ އިތުރުން ދަރިކަލުން ތަހައްމަލު ކުރައްވަން ޖެހިވަޑައިގަތް އަނިޔާވެރިކަން ބަޔާން ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ، ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީން މަސައްކަތް ކުރަމުން ދަނީ ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ކަމަށާއި، ރައްޔިތުން ހޮވަން ޖެހޭނީ ކޯލިޝަންގެ ކެންޑިޑޭޓުން ކަމަށެވެ.

އަދި ހަމައެއާއި އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ނޫން އެހެން ޕާޓީއެއްގެ މެމްބަރުން އިންތިހާބު ކޮށްދިނުމަކީ އެމަނިކުފާނު އެދޭ ގޮތް ނޫން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.

އޭރުގެ އަނިޔާވެރިކަން އެއީ އަޅުގަނޑުމެން އިތުރަށް ދެކެން ބޭނުންވާ ކަމެއް ނޫން. އަޅުގަނޑުމެންގެ މި ކޯލިޝަންގެ ހަތަރު ޕާޓީ ނޫން އެހެން ޕާޓީތަކަށް މެޖޯރިޓީ ލިބިއްޖެއްޔާ އެއްކަލަ އަނިޔާ ވެރިކަން އަނބުރާ އަންނާނެ. އެއްވެސް ކުށެއް ނެތް އެތައް ބަޔަކު ޖަލަށް ދާން ޖެހޭނެ. މީހުންގެ ވަޒީފާތައް ގެއްލޭނެ. މައުމޫނު ވިދާޅުވިއެވެ.

އޭރު ރާއްޖެ އޮތް ހާލަތަށް ދާން ދެން ބޭނުންފުޅުނުވާ ކަމަށާއި، ބޭނުންފުޅުވަނީ އެންމެންނަށް އަމާން ކަމާއި އެކު ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް ގާއިމް ވެފައި އޮތުން ކަމަށް ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން ވިދާޅުވިއެވެ.

އެމްއާރްއެމްގެ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން ، އެމްއާރްއެމް އަށް ތާއިދު ކުރައްވާ ހުރިހާ ފަރާތްތަކުން އެމަނިކުފާނުގެ ތާއިދާ އެކު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާ ހޮއްވަވައި ދެއްވުމަށް ރައީސް މައުމޫނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް މައުމޫނު ވިދާޅުވީ، އެމްއާރްއެމް އިން އިންތިހާބުވާ މެމްބަރުން ވަނީ ސަރުކާރު ހިމާޔަތް ކޮށް ސަރުކާރުގެ ހުރިހާ މަޝްރޫއުތައް ކުރިޔަށް ގެންދަން އެހީތެރިވާނެ ބައެއްގެ ގޮތުގައި ކަަމަށެވެ. އެމްއާރްއެމްގެ ކެންޑިޑޭޓަކު ނެތް ދާއިރާއެއް ނަމަ ކޯލިޝަންގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް މައުމޫނު އެދިވަޑައިގެންނެވިއެވެ.

އެ ޖަލްސާގައި މައުމޫން ވިދާޅުވީ، ރައީސް ސޯލިހު ތާއީދު ކުރައްވާނީ ހަމައެކަނި އެއް ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ނޫން ކަމަށެވެ.

އަޅުގަނޑަށް އެނގޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރައްވާނީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންނަށް ނޫންކަން. އެ ވާހަކަ އަޅުގަނޑު ގާތު ވަނީ ވިދާޅުވެފައި. އަދި އެމަނިކުފާނު ކުރައްވާ ހުރިހާ ކަމަކުން އެކަން އެނގޭ. އެމަނިކުފާނަކީ ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެން އެންމެން ކުރި މަސައްކަތުން ހޮވި ވަޑައިގެންފައިވާ ރައީސް. މައުމޫން ވިދާޅުވިއެވެ.

ރައީސް ސޯލިހު އަކީ ހަމައެކަނީ އެމްޑީޕީގެ ރައީސް ނޫން ކަމަށާއި އެމަނިކުފާނަކީ ކޯލިޝަންގެ ރައީސް ކަމަށް މައުމޫނު ވިދާޅުވިއެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް

12 މެއި 2017
ބާރުވެރި ކައުންސިލްތަކެއް އުފެދިގެން އަންނާނެތަން ފެނިގެންދާނެ: ހަސަން ލަތީފް
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
04 އެޕްރީލު 2017

ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު

04 އެޕްރީލު 2017
ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު
01 އެޕްރީލު 2017

ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު

01 އެޕްރީލު 2017
ކައުންސިލް އިންތިހާބުގެ ވޯޓަކީ އަނިޔާވެރިކަން ނިންމަން ދޭ ވޯޓެއް:ފައްޔާޒު
21 މާރިޗު 2017

އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު

21 މާރިޗު 2017
އަނިޔާވެރިކަން ނިންމާލެވޭނީ އަނިޔާވެރިކަމުގެ ވާހަކަ ދައްކައިގެން:ތައްޔިބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު