Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

އިސްލާހީ މަސައްކަތް ފެށުނު ހިސާބުން ފެނިގެން ދިޔައީ ނަޒާހަތްތެރި މަޖިލީހެއް: ފާރިސް

30 މާރިޗު 2019 | ހޮނިހިރު 03:23

އެ މަޖިލީހަކީ ވަރަށް ނަޒާހަތްތެރި ހަމަ ކެރިގެން ފާޅުގައި އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެން މަޖިލީހެއް ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 30 މާރިޗު 2019 | ހޮނިހިރު 03:23
ފާރިސް މައުމޫން

ފާރިސް މައުމޫން

އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސްލާހީ މަސައްކަތް ފެށުނު ހިސާބުން ފެނިގެން ދިޔައީ ނަޒާހަތްތެރި މަޖިލީހެއް ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، ކުރީގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް މަޖިލީސް ހިންގަމުން ދިޔަ ގޮތުން އޭރު އިދިކޮޅު ފަރާތްތަކުން ތިބީ އުއްމީދު ކެނޑިފައި ކަމަށެވެ.

Advertisement - newsAdvertisement

އަދި ސަރުކާރުން ކަންތައްތައް ކުރަމުން ދިޔަ ގޮތުން ކުރީގެ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ސިއްރުގައި މަޝްވަރާތަކެއް ކުރެއްވި ކަމަށް ފާރިސް ހާމަކުރެއްވިއެވެ.

އެކަން އެހެން އޮތް ނަމަވެސް ސަރުކާރުން ކުރަމުން ދިޔަ ކަންތައްތަކާއި ދެކޮޅަށް ކުރިމަތިލައްވާނެ މެމްބަރުން ތިއްބެވި ކަމަށް ވިދާޅުވެފައިވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އަޅުގަނޑު ބަހާލާނީ 18 ވަނަ ރައްޔިތުންގެ މަޖިލީސް ދެބަޔަކަށް. ދެ މަރުހަލާއަކަށް. އަޅުގަނޑުމެން އިސްލާހީ މަސައްކަތް ކުރަން ފެށި ހިސާބުން އެ މަޖިލީހަކީ ވަރަށް ނަޒާހަތްތެރި ހަމަ ކެރިގެން ފާޅުގައި އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވެ ވަޑައިގެން މެޖޯރިޓީއެއް ހިމެނިގެން ދިޔަ މަޖިލީހެއް. ފާރިސް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކޯލިޝަނަށް ކާމިޔާބު ވެގެން ދިޔައީ، އެދުވަހު އިސްލާހަށް މަސައްކަތް ކުރުމަށް މެމްބަރުންތައް ތެދުވުމުގެ ސަބަބުން ކަމަށް ފާރިސް ވިދާޅުވިއެވެ.

އެގޮތުގައި މި ސަރުކާރު ކޯލިޝަންގައި ރައީސް ސޯލިހުގެ އަރިހުގައި އެމްއާރްއެމް ތިބޭނެ ކަމުގެ ޔަގީންކަން ފާރިސް ވަނީ ދެއްވާފައެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވީ، އިންތިހާބު ކޮށްދެއްވައިފިނަމަ ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

ފާރިސްގެ ކެމްޕޭނު ކުރިޔަށްދާ ގޮތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި، އަދިވެސް އެކަށީގެންވާ ވަރަށް ރައްޔިތުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިނުވާ ކަމަށެވެ.

''ވީހާވެސް ގިނަ ބަޔަކާއި ވޯޓު ލުމުގެ ކުރިން ބައްދަލު ކުރާނަން'' ފާރިސް ވިދާޅުވިއެވެ.

ދާއިރާގެ ރައްޔިތުންގެ ފަރާތުން އެނގިފައިވާ ގޮތުން މައްޗަންގޮޅީ އުތުރު ދާއިރާ އަކީ ސަރުކާރުން އެ ދާއިރާއަކަށް ގިނަ ހިދުމަތްތަކެއް ބޭނުންވާ ދާއިރާއެއް ކަމަށް ފާރިސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ގޯތި ގެދޮރުގެ ދަތިކަމަކީ އެ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށް ފާރިސް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑު ދަންނަވާނީ މުޅި ދިވެހިރާއްޖޭގައި ވެސް މި ދާއިރާއަށޭ މި މައްސަލަ ( ގޯތި ގެދޮރުގެ) އެންމެ ބޮޑުވެފައި ވަނީ. ވަރަށް ބޮޑެތި އާއިލާތައް އެބަތިބި. އަޅުގަނޑުމެންގެ ދާއިރާ އަކީ ޗާޓުން ބެއްލެވީމަވެސް އެނގިވަޑައިގަންނަވާނެ ހަތަރު ފަރާތުން ބެދިފައި އޮތް ދާއިރާއެއް. އަޅުގަނޑުމެންނަށް ނެތް ދާއިރާގެ އަތިރި މައްޗެއް ގޮނޑު ދޮށެއް ފަޅެއް ނެތް ބޮޑު ކުރެވޭ ކަށް. އެ ދާއިރާ އަށް ނިސްބަތްވާ ފާރިސް ވިދާޅުވިއެވެ.

ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް އެ ދާއިރާގައި ތިބިކަން ފާހަގަ ކުރައްވަމުން ފާރިސް ވިދާޅުވި، މި ހުރިހާ ކަމަކަށް މިހާރުން މިހާރަށް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިހާރު އޮތް އުސޫލުތަކަކީ އެންމެ އިންސާފުވެރި އުސޫލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހުރިހާ ކަމަކަށް ހައްލެއް ހޯދުމަށް ސަރުކާރު މެދުވެރިކޮށް މަސައްކަތް ކުރައްވާނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މާފަންނު އުތުރު ދާއިރާ އަށް ފާރިސް ހިމެނޭ ގޮތަށް ހަ ކެންޑިޑޭޓަކު ވަނީ ކުރިމަތިލައްވާފައެވެ. އާބާދީގައި 4228 މީހުން ދިރިއުޅޭ މާފަންނު އުތުރު ދާއިރާ އަށް ވޯޓުލެވޭ މީހުންގެ އަދަދަކީ 3095 އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް