Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫތު މިނިސްޓްރީ

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން އިތުރު ފުޓުސަލް ދަނޑުތަކެއް އަޅަނީ

28 މާރިޗު 2019 | ބުރާސްފަތި 14:25

21 ރަށެއްގައި ފުޓުސަލް ދަނޑު އަޅަން ނިންމާފައިވޭ

މިއުނާ ހަސަން
މިއުނާ ހަސަން | 28 މާރިޗު 2019 | ބުރާސްފަތި 14:25
މިނިސްޓަރ އަލީ ވަހީދު ދެއްވި ޕްރެސް ކޮންފަރެންސް

މިނިސްޓަރ އަލީ ވަހީދު ދެއްވި ޕްރެސް ކޮންފަރެންސް

ކުދި އަދި ބޮޑެތި ރައްރަށުގެ ފަރަގު ނައްތާލައި 21 ރަށެއްގައި ފުޓުސަލް ދަނޑު އަޅަން ނިންމާފައިވާ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅު ވެއްޖެއެވެ.

އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ދިން ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފައި ވަނީ ތަފާތު ކުރުން ނައްތާލައި، ކުދި އަދި ބޮޑެތި ރައްރަށުގެ ފަރަގު ނައްތާލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މީގެ ކުރިން ފުޓުސަލް ދަނޑު އަޅާފައި ނުވާ 21 ރަށެއްގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ފުޓުސަލް ދަނޑު އެޅުމަށް ރައީސް ސޯލިހް ހުއްދަ ދެއްވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީގައި ދެއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ހުކުރު ދުވަހުގެ ވަގުތެއްގައި ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނުތައް ރަށްރަށަށް ފޮނުވައި ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަނޑުތައް އެޅުމަށް ރަށްތައް ކަނޑައަޅާފައި ވަނީ ސްޕޯޓްސް އޮޑިޓަށް ބެލުމަށް ފަހު، އެއްވެސް ވަސީލަތެއް ނެތް ރަށްތަކުގައި ކަމަށާއި، ދަނޑުތައް އެޅުމަށް ފަހު މެއިންޓެއިންކޮށް ރަނގަޅަށް ބެލެހެއްޓުމަށްޓަކައި އެންމެ ބޮޑަށް ވިސްނަނީ ވިޔަފާރި މޮޑެލަށް ހިންގަން ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ފުޓުސަލް ދަނޑު އެޅުމަށް ނިންމާފައިވާ ރައްތަކަކީ ހއ. މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރާ، ނ. ހެބަނދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫގެ އިތުރުން ދ. ރިނބުދޫގައެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން އަޅަން ރާވައި މަސައްކަތް ނުފެށި ހުރި ދަނޑުތަކުގެ ޕްރޮޖެކްޓްތަކާ ބެހޭގޮތުން އެފްއޭއެމްއާ މަޝްވަރާކޮށް އެކަން ވީހާ ވެސް އަވަހަކަށް ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މާފަންނު ވެލި ދަނޑުގައި އިތުރު ޓާފް ދަނޑެއް އަޅަން ފީފާ އިން ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއާ އެކު އަންނަ ހަފުތާގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައިވިދާޅުވި އެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

މެސީގެ ބައްޕަ މަރުވެއްޖެ

5

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
04 ޖެނުއަރީ 2017

ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި

04 ޖެނުއަރީ 2017
ޗައިނާ ކްލަބުން ހުށަހެޅި ބިޑް ސަންޗޭޒް ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް