Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީސް އިންތިހާބު 2019

އިންތިހާބާ ގުޅިގެން އެންމެ ގިނަ ޝަކުވާ ގދ. އަތޮޅުން!

ގދ. އަތޮޅުން 33 ޝަކުވާ ހުށައެޅިފައިވޭ: ފުލުހުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 27 މާރިޗު 2019 | ބުދަ 12:45
ފުލުހުންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން

ފުލުހުންގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެންމެ ގިނަ އިން ޝަކުވާ ހުށައެޅިފައި ވަނީ ގދ. އަތޮޅުން ކަމަށް ފުލުހުން ބުނެފިއެވެ.

ބުދަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އިންތިހާބާ ދިމާކޮށް ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުން ކަންތައްތަކެއް ކުރާކަމުގެ ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ. އެގޮތުން މާލޭގެ އިތުރުން ރަށްރަށުން ވެސް ޝަކުވާ ހުށައެޅިފައިވާ ކަމަށެވެ.

Advertisement - newsAdvertisement
''ބައެއް އަތޮޅުތައް އެބަހުރި މާލެ ހިމެނޭ ގޮތަށް، މާލެގައި މިހާތަނަށް ބެލިއިރު އިލެކްޝަނާ ގުޅުން ހުރި 12 މައްސަލައެއް ހުށައެޅިފަ އެބޮތް. ދެން އަތޮޅުތަކަށް ބަލާއިރުގައި ގދ. އަތޮޅު ތަންކޮޅެއް ގިނަ ކަމަށް ފާހަގަ ކުރެވޭ. ގދ. އަތޮޅަށް ބަލާއިރު 33 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ފާހަގަ ކުރެވެނީ،'' ބަޝީރު ވިދާޅުވިއެވެ.

ހުށައެޅިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލަ ހައްލުކުރުމަށް އިލެކްޝަނާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

އިންތިހާބަ ދިމާކޮށް ފުލުހުން ފަށާފައިވާ ''އޮޕަރޭޝަން ބްލޫ ޓައިޑް'' އާ ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ބްލޫ ޓައިޑް އޮޕަރޭޝަންގެ ކޮމާންޑަރު އަދި ޗީފް ސުޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ފުލުހުންނާއި އިލެކްޝަނާ ވެވިފައިވާ އެއްބަސްވުމުގެ ދަށުން އިންތިހާބުގެ ސަލާމަތީ ކަންކަމާއި، ވޯޓު ފޮށި ބަހައްޓާ މަރުކަޒުގެ ހުރިހާ ތަންތަނެއްގެ ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓަމުންދާނެ ކަމަށެވެ.

އިންތިހާބަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި އިންތިހާބަކަށް ހެދުމުގެ ގޮތުން ދުރާލާއި އިންތިހާބުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ތައްޔާރު ވާން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަތޮޅު ތެރެއަށް ބޭނުންވާ ފުލުހުން އަތޮޅުތަކަށް ގޮސްފައިވާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

''އެގޮތުން އަތޮޅު ތެރެއާއި މާލޭގައި މި ހަރަކާތްތައް މިހާރު ވެސް ކުރިޔަށްދާ ކަން ފާހަގަ ކުރަން. މީގެ އިތުރުން އިލެކްޝަނާއި ގުޅިގެން އިލެކްޝަންގެ ފަރާތުން ފުލުހުންނަށް ދޭ ތަމްރީނުދޭ ތަންތަން މީގައި ހިމެނިގެން ދާނެ މި އިންތިހާބަކީ އަމާން ވެއްޓެއްގައި ކުރިޔަށްދާނެ އިންތިހާބަކަށް ހެދުމަށްޓަކައި ފުލުހުންގެ އޮޕަރޭޝަން ބުލޫ ޓައިޑްގެ ތެރެއިން ވޯޓު ފޮށި ބަހައްޓާ ހުރިހާ ތަނެއްގައި ފުލުހުން ހަރަކާތްތެރި ވަމުންދާނެ،'' އޭނާ ވިދާޅުވިއެވެ.

އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި، މަންދޫބުންނާ އެކު ފުލުހުން މާލޭގެ އިތުރުން ރަށްރަށުގައި ބައްދަލުވުންތަކެއް ބާއްވަމުންދާ ކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ، މާލޭގެ ފަރާތްތަކާއި މިހާރު ބައްދަލުވުން ނިމިފައިވާ ކަމަށެވެ.

ކެމްޕޭނު ކުރުމުގެ ނިޔަތުގައި އެއްވެސް ފަރާތްތަކުގެ މުދަލަށް ގެއްލުމެއް ނުދިނުމަށާއި، ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި އާއްމު އިޖުތިމާއި މިންގަނޑުތަކާއި ހިލާފުނުވުމަށް ފުލުހުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ރައްކާތެރި ކޮށްފައިވާ ތަނަށް ''ގޮތް ނޭނގޭ ބަޔަކު'' ވަދެފައިވާ ކަމަށް އޭރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ، މި ފަހަރުގެ އިންތިހާބުގައި ފުލުހުންނަށް ނޭނގި ބަޔަކަށް ނުވަދެވޭނެ ކަމަށާއި އެ އަށް ވުރެ ސެކިއުރިޓީ ވަރުގަދަ ވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު