Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސާވެން

ސާވެންގެ ފަސްވަނަ އެކްޒެކެޓިވް ބައްދަލުވުން ފަށައިފި

ބައްދަލުވުން ކުރިޔަށް ދަނީ އެއް ދުވަހުގެ މުއްދަތަށް

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 26 މާރިޗު 2019 | އަންގާރަ 07:17
ސާވެންގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިން

ސާވެންގެ ފަސް ވަނަ ބައްދަލުވުމުގެ ތެރެއިން

ސައުތު އޭޝިއަން ވައިލްޑްލައިފް އެންފޯސް ނެޓްވޯކް( ސާވެން)ގެ ފަސް ވަނަ އެކްޒެކެޓިވް ބައްދަލުވުން ފަށައިފިއެވެ.

ސާވެން އަކީ ސާކް ގައުމުތަކުގެ ދިރުންތައް ބެލެހެއްޓުމަށް ހަދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ، މި ސަރަހައްދުގެ ގައުމުތަކުގައި ގަވައިދާ ހިލާފަށް އެތެރެ ކުރެވޭ ޖަނަވާރުތައް ހުއްޓުވުމުގެ މަސައްކަތެވެ.

Advertisement - newsAdvertisement

އަންގާރާ ދުވަހު ފަށާފައިވާ ބައްދަލުވުމާއި ބެހޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އީޕީއޭގެ ސީނިއާ އެންވަޔަރަމެންޓް އެނަލިސްޓު އަހްމަދު ޝާން ވިދާޅުވީ، ސާވެންގެ އެކްޒެޓިވް މީޓިން އަކީ ސާވެންގެ ކަންތައްތައް ބަލަހައްޓާ ފޯކަލް ޕޮއިންޓް ގައި ތިބޭ ފަރާތްތަކުން އެއްތަނަކަށް އެއްވެ ފާއިތުވި އަހަރުގައި ހާސިލްވި ކަންތައްތައް އެހެން ގައުމުތަކާއި ހިއްސާ ކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި، އަންނަ އަހަރު ކުރަން ހަމަޖެހިފައިވާ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާތަކެއް ކުރާނެ ކަމަށްވެސް ޝާން ވިދާޅުވިއެވެ. މި އަހަރުގެ ބައްދަލުވުން ރާއްޖެގައި ބާއްވާފައިވާއިރު އަންނަ އަހަރުގެ ބައްދަލުވުން ބާއްވާނެ ގައުމެއް މި ބައްދަލުވުމުގައި ކަނޑައަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީޕީއޭގެ ސީނިއާ އެންވަޔަރަމެންޓް އެނަލިސްޓު އަހްމަދު ޝާން މީޑިއާ އަށް މައުލޫމާތު ދެނީ. ފޮޓޯ - އެންވަޔަރަމެންޓް މިނިސްޓްރީ

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހަވީރު ހައެއް ޖަހަންދެން ކުރިޔަށްދާ މި ބައްދަލުވުމުގައި ސާވެންގެ ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ރަސްމިއްޔާތު ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ނަސީރު ވިދާޅުވީ، މި ސަރަހައްދުގެ އިތުރުން ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް، ދުނިޔެއިން މަދުވަމުންދާ ބާވަތްތަކުގެ ދިރުން ދެމެހެއްޓުމަށް ސަރުކާރުން އަހައްމިއްޔަތު ދޭ ކަމަށެވެ.

ސާވެން ރަސްމީ ގޮތުން އިފްތިތާހް ކޮށްފައިވަނީ 2011 ވަނަ އަހަރު ބޫޓާންގެ ޕަރޯގައި ބޭއްވި ސައުތު އޭޝިއަން އެކްސްޕާޓް ޓްރޭޑް އޮން އިއްލީގަލް ވައިލްޑް ޓްރޭޑްގެ ދެ ވަނަ ބައްދަލުވުމުގައެވެ. އެ ޖަމިއްޔާގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ސްރީލަންކާގައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ޖެނުއަރީ 2017

ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!

23 ޖެނުއަރީ 2017
ޓީއެމްއޭގެ ބޯޑް ބައްދަލުވުން ކަނޑު އަޑީގައި!
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު