Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮއިން 737 މެކްސް

ގަރޫޑާ އެއާލައިނުން ބޮއިން އަށް ދީފައިވާ އޯޑަރުތައް ކެންސަލް ކުރަނީ!

24 މާރިޗު 2019 | އާދީއްތަ 04:02

އޯޑަރު ކުރި ފްލައިޓްތަކުގެ އަގަށް 4.9 ބިލިއަން ޑޮލަރު އަރާ

އަލީ ސަމާޚް
އަލީ ސަމާޚް | 24 މާރިޗު 2019 | އާދީއްތަ 04:02
ގަރޫޑާ އެއާލައިންގެ ފްލައިޓެއް

ގަރޫޑާ އެއާލައިންގެ ފްލައިޓެއް

އިންޑޮނޭޝިއާގެ ގަރޫޑާ އެއާލައިނުން އޯޑަރު ކޮށްފައިވާ ބޮއިން 737 މެކްސް 8 މަރުކާގެ 49 ފްލައިޓް ކެންސަލް ކުރަން ބޭނުންވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިންޑޮނޭޝިއާގެ މި ނިންމުން އައިސްފައި މިވަނީ ފާއިތުވި ފަސް މަސް ދުވަސް ތެރޭގައި މި މަރުކާގެ ދެފްލައިޓް ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާ އަށް ފަހުއެވެ.

އޭގެ ތެރޭގައި އިންޑޮނޭޝިއާގެ ލަޔަން އެއާލައިންގެ ބޮއިން 737 މެކްސް 8 މަރުކާގެ ފްލައިޓެއް ވެސް ހިމެނެއެވެ. ހަމަ މި މަރުކާގެ އިތިއޮޕީއާގެ ފްލައިޓް ވެއްޓުނު ހާދިސާ ފަހު ބޮއިން ފްލައިޓް ތަކުގެ ރައްކާތެރި ކަމާއި މެދު ސުވާލު އުފައްދައި ބޮޑެތި އެއާލައިން ތަކުން ބޭނުން ކުރަމުން އައި ބޮއިން މެކްސްގެ ފްލައިޓްތައް ވަނީ ގްރައުންޑް ކޮށްފައެވެ. ދެ ފްލައިޓް ވެއްޓުނު ހާދިސާ ތަހްގީގު ކޮށް ނުނިމެނީ އިތުރަށް ދަތުރު ނުކުރާނެ ކަމަށް ބައެއް އެއާލައިންތަކުން ވަނީ ބުނެފައެވެ.

އިންޑޮނޭޝިއާގެ ގައުމީ އެއާލައިން ޕީޓީ ގަރުޑާއިން 2014 ވަނަ އަހަރު މެކްސް 8 މަރުކާގެ 50 ފްލައިޓަށް އޯޑަރު ކޮށްފައިވާއިރު މިހާތަނަށް ލިބިފައިވަނީ އެންމެ ފްލައިޓެކެވެ.

އޯޑަރު ކުރި ފްލައިޓްތަކުގެ އަގަށް 4.9 ބިލިއަން ޑޮލަރު އަރާއިރު، އެ އޯޑަރު ކެންސަލް ކުރުމަށް ބޮއިން ކުންފުންޏަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށް އެއާލައިންގެ ތަރުޖަމާނު ރޮސަން ވަނީ އޭއެފްޕީ އަށް ވިދާޅުވެފައެވެ.

ގަރޫޑާ އިން ބޮއިން އަށް އޯޑަރު ދިން އިރު 26 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ.

އޭނާ ވިދާޅުވީ، އޯޑަރު ކެންސަލް ކުރުމާއި ބެހޭ ގޮތުން ބޮއިންގެ އިސްފަރާތްތަކާއި އެކު ވެރިރަށް ޖަކާޓާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަރުކާގެ ފްލައިޓްތައް ބޭނުން ނުވާ ކަމަށާއި ،ފަހަރެއްގައި ބޮއިންގެ އެހެން މޮޑެލް އަށް ބަދަލުކުރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އިންޑޮނޭޝިއާގެ ފަސެންޖަރުން ބޮއިން މެކްސްގެ އެއްވެސް ފްލައިޓަކުން ދަތުރު ކުރަން ބޭނުންނުވާ ކަމަށް ރޮސަން ފާހަގަކުރެއްވިއެވެ.

ގަރޫޑާ އިން ދިން ފްލައިޓް އޯޑަރު ކެންސަލް ކުރަން ނިންމާފައިވާއިރު ޕޮލެންޑްގެ ގައުމީ އެއާލައިން ޕީއެލްއެލްއެލްއޯޓީ އިން ދަނީ، ފްލައިޓްތައް ގްރައުންޑު ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

އެލްއޯޓީ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނިން މިހާރު މަޑުކޮށްލައިގެން ތިބީ އަލުން ބޮއިން މެކްސް 8 މަރުކާ ބޭނުން ކުރުމާއި ބެހޭ ގޮތުން ބޮއިން ކުންފުނީގެ ބަހެއް ލިބެންދެން ކަމަށެވެ. ލޮޓް އެއާލައިނުގައި މެކްސް މަރުކާގެ ފަސް ފްލައިޓް ގެންގުޅޭ އިރު އިތުރަށް މެކްސް މަރުކާގެ ނުވަ ފްލައިޓަކަށް ވަނީ މީގެ ކުރިން އޯޑަރު ދީފައެވެ. އެ އެއާލައިންގައި ޖުމްލަ 80 އެއާކްރާފްޓެއް ގެންގުޅޭއެވެ.

މީގެ އިތުރުން ޕޮލެންޑްގެ ޗާޓާ އެއާލައިން އެންޓާ އެއާއިން ބުނީ، ފްލައިޓްތައް ދަތުރު ނުކުރެވި ގްރައުންޑް ކުރަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށެވެ.

މި މަހުގެ ކުރީ ކޮޅު ނޯވާޖިއަން އެއާޝަޓުލް އިން ވެސް ވަނީ ބޮއިންގެ ފަރާތުން ބަދަލު ހޯދާނެ ކަމަށް ބުނެފައެވެ. އެ އެއާލައިނުން ބޭނުން ކުރަމުން އައި ބޮއިން 737 މެކްސް 8 މަރުކާގެ 18 ފްލައިޓް ވަނީ ގްރައުންޑް ކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

23 މާރިޗު 2022

އިންޑިއާއިން ދުއްވާ ބޮއިންގ 737 ބޯޓުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރވެލަންސް ކުރަން ފަށައިފި

23 މާރިޗު 2022
އިންޑިއާއިން ދުއްވާ ބޮއިންގ 737 ބޯޓުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރވެލަންސް ކުރަން ފަށައިފި
22 ފެބުރުއަރީ 2021

ބޮއިންގ 777 ގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ޔުނައިޓެޑް އެއަރލައިންސް އިން ހުއްޓާލަނީ

22 ފެބުރުއަރީ 2021
ބޮއިންގ 777 ގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ޔުނައިޓެޑް އެއަރލައިންސް އިން ހުއްޓާލަނީ
18 ފެބުރުއަރީ 2021

އެމެރިކާގައި ވެކްސިންގެ 56.3 މިލިއަން ޑޯޒް ދީފައިވާ ކަމަށް އެގައުމުން ހާމަކޮށްފި

18 ފެބުރުއަރީ 2021
އެމެރިކާގައި ވެކްސިންގެ 56.3 މިލިއަން ޑޯޒް ދީފައިވާ ކަމަށް އެގައުމުން ހާމަކޮށްފި
14 މާރިޗު 2019

ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި

14 މާރިޗު 2019
ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި
07 ޖެނުއަރީ 2019

އާއިލާއިން އަނިޔާކޮށް މަރުގެ އިންޒާރު ދީފައިވާ ރަހަފް ތައިލެންޑުގައި ތާށިވެފައި

07 ޖެނުއަރީ 2019
އާއިލާއިން އަނިޔާކޮށް މަރުގެ އިންޒާރު ދީފައިވާ ރަހަފް ތައިލެންޑުގައި ތާށިވެފައި
13 ނޮވެމްބަރު 2018

އެމްނެސްޓީ އިން އަންގ ސަން ސޫކީ އަށް ދީފައިވާ އެވޯޑު އަތުލަނީ

13 ނޮވެމްބަރު 2018
އެމްނެސްޓީ އިން އަންގ ސަން ސޫކީ އަށް ދީފައިވާ އެވޯޑު އަތުލަނީ
04 އޮކްޓޯބަރު 2018

ސޫ ކީއަށް ކެނެޑާ އިން ދީފައިވާ ރަމްޒީ ރައްވެހިކަން އަތުލައިފި

04 އޮކްޓޯބަރު 2018
ސޫ ކީއަށް ކެނެޑާ އިން ދީފައިވާ ރަމްޒީ ރައްވެހިކަން އަތުލައިފި
28 ސެޕްޓެމްބަރު 2018

ސޫކީއަށް ދީފައިވާ ޝަރަފު އަތުލުމަށް ކެނެޑާ އިން ނިންމައިފި

28 ސެޕްޓެމްބަރު 2018
ސޫކީއަށް ދީފައިވާ ޝަރަފު އަތުލުމަށް ކެނެޑާ އިން ނިންމައިފި
05 މެއި 2018

ހޮންޑޫރަސް ރައްޔިތުންނަށް ދީފައިވާ ވަގުތީ ހިމާޔަތް އަތުލުމަށް އެމެރިކާއިން ނިންމައިފި

05 މެއި 2018
ހޮންޑޫރަސް ރައްޔިތުންނަށް ދީފައިވާ ވަގުތީ ހިމާޔަތް އަތުލުމަށް އެމެރިކާއިން ނިންމައިފި
23 އޯގަސްޓު 2017

ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭނަމަ އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ: ޓިލާސަން

23 އޯގަސްޓު 2017
ހަނގުރާމަވެރި ޖަމާއަތްތަކަށް ޕާކިސްތާނުން ރައްކާތެރިކަން ފޯރުކޮށްދޭނަމަ އެމެރިކާ އިން ދީފައިވާ އަސްކަރީ ރަހްމަތްތެރިކަމުގެ މަގާމު ގެއްލިގެން ހިނގައިދާނެ: ޓިލާސަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް