Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ ބޯޓުވެއްޓުން

އިންޑިއާއިން ދުއްވާ ބޮއިންގ 737 ބޯޓުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރވެލަންސް ކުރަން ފަށައިފި

ދުނިޔޭގައި މިވަގުތު ބޮއިންގ 737 އަދި 800 ގެ 4،208 ބޯޓު ޚިދުމަތުގައި ބޭނުންކުރޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 23 މާރިޗު 2022 | ބުދަ 04:17
ޗައިނާގެ ބޯޓުވެއްޓުން

ޗައިނާގެ ބޯޓުވެއްޓުން

ޗައިނާ އީސްޓަރން އެއާލައިންސްގެ ބޮއިންގ 737 ބޯޓެއް ހޯމަ ދުވަހު ވެއްޓުނު ހާދިސާ އާއި ގުޅިގެން އިންޑިއާއިން ދުއްވާ ބޮއިން 737 ބޯޓުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ސަރވެލަންސް ކުރަން ފަށައިފި އެވެ. އިންޑިޔާގެ އެވިއޭޝަން ރެގިއުލޭޓަރުގެ ފަރާތުން މިހާރުވަނީ އެމަރުކާގެ ބޯޓުތަކުގެ ފްލައިޓް ޕޮރޮސީޖިއަރ، އެއާވޯރދިނަސް އަދި އޮޕަރޭޝަންސްގެ ކަންކަން މޮނީޓަރުކުރުމަށް ޙާއްސަ ޓީމްތަކެއް އެކި ސަރަޙައްދުތަކަށް ފޮނުވާފައެވެ.

ޗައިނާއަށް ހޯމަ ދުވަހު ވެއްޓުނު ބޯޓުން 132 މީހުން ދަތުރު ކުރި އިރު، ބޯޓު އުދުހުނީ ކުންގމިންގ އިން ފުރައިގެން ގުއަންގޒޫ އަށް ދިޔުމަށެވެ. އަދި ބޯޓު ވެއްޓިފައިވަނީ ފަރުބަދަމަތީގެ ގަސް ގިނަ ހިސާބަކަށެވެ.

ވެއްޓުމާއެކު ބޯޓާއި، ބޯޓު ވަށައިގެންވާ ގަސްތަކުގައިވަނީ އަލިފާން ރޯވެފައެވެ. އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާކަމަށް ޗައިނާގެ ސްޓޭޓް މީޑީއާއިން އަންގާރަ ދުވަހު ބުނެފައިވެއެވެ.

މިހާދިސާއާއި ގުޅިގެން ޗައިނާ އިންވެސް ވަނީ ހުރިހާ ބޮއިންގ737 އަދި 800 ގެ ބޯޓުތައް ގްރައުންޑް ކޮށްފައެވެ.

އިންޑިޔާގައި އަޅަންފެށި ސަލާމަތީ ފިޔަވަޅުތަކާބެހޭ ގޮތުން އިންޑިޔާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އެސޯސިއޭޝަންގެ ޗީފް އަރުން ކުމާރު ވިދާޅުވީ މަތިންދާ ބޯޓުތަކުގެ ރައްކާތެރިކަމަކީ ވަރަށް އިސްކަމެއް ދޭންޖެހޭކަމެއް ކަމަށްވުމާއެކު މިވަގުތު ބޯޓުތަކުގެ ސަރވެލަންސަށް ވަރަށް އިސްކަމެއް ދީގެން ބަލަމުންދާކަމަށެވެ.

އިންޑިޔާގެ އެއާލައިންތަކުގެ ތެރެއިން ސްޕައިސް ޖެޓް، ވިސްތާރާ، އެއާރ އިންޑިއާ އެކްސްޕްރެސްގެ ފްލީޓްތަކުގައި ބޮއިންގ 737 އަދި 800 ގެ ބޯޓުތައް ހިމެނެއެވެ.

ޗައިނާގައި ހިނގި ބޯޓުވެއްޓުމުގެ ހާދިސާ އާއި ގުޅިގެން އެމެރިކާގެ ބޮއިންގ ކުންފުނިން ބުނީ ޗައިނާގެ ތަހުގީގުގައި ގާތުން ބައިވެރިވެ އެހީތެރިވަމުން ދާކަމުގައެވެ.

ދުނިޔޭގައި މިވަގުތު ބޮއިންގ 737 އަދި 800 ގެ 4،208 ބޯޓު ޚިދުމަތުގައި ބޭނުންކުރެވޭ ކަމަށް ވެއެވެ. 1990 ގެ އަހަރުތަކުގެ ފަހުކޮޅު ފުރަތަމަ އުފެއްދި ބޮއިންގ 737 އަދި 800 އަކީ ވަރަށް ރަނގަޅު ސޭފްޓީ ރިކޯޑެއް އޮންނަ މަރުކާއެއްކަމަށްވެއެވެ. ހޯމަ ދުވަހު ޗައިނާއަށް ވެއްޓުނު ބޯޓަކީވެސް އެންމެ ހަތްއަހަރުވެފައިވާ ބޯޓެއް ކަމަށް ވެއެވެ.

ބޯޓު ވެއްޓުނު ސަބަބެއް އަދިވެސް ނޭނގޭއިރު ބޯޓުގެ ކަޅުފޮށި އަދި ކޮކްޕިޓް ވޮއިސް ރެކޯޑަރު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.  

އިންޑިއާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު