Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓް ވެއްޓުން

ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި

ވެއްޓުނު ފްލައިޓުގެ ބްލެކް ބޮކްސް ވަނީ ފެނިފައި

އަމަން ހަލީމް
އަމަން ހަލީމް | 14 މާރިޗު 2019 | ބުރާސްފަތި 10:51
ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ

ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ

އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާފައި ހުރި ހުރިހާ 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ބޮއިންގ ކުންފުނިން އުފައްދާފައިވާ 737 މަރުކާގެ 371 ފްލައިޓް ގްރައުންޑް ކުރަން ނިންމީ، މި ހަފުތާގެ ތެރޭގައި ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ފޯރުކޮށްދީފައިވާ އާ މައުލޫމާތުގެ އަލީގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ވެއްޓުނު އިތިއޯޕިއަން އެެއަރލައިންސް ފްލައިޓުން ދަތުރުކުރި 157 މީހުން ވެސް ވަނީ މަރުވެފައެވެ.

ވެއްޓުނު ފްލައިޓުގެ ބްލެކް ބޮކްސް ފެނިފައިވާ އިރު، އެ ތަކެތި އިތުރަށް ތަހުލީލު ކުރުމަށް މިހާރު ފަރަންސޭސްވިލާތުގެ ޕެރިސްއަށް ފޮނުވާލާފައިވާ ކަމަށް އިތިއޯޕިއަން އެއަރލައިންސްއިން ވަނީ މައުލޫމާތު ދީފައެވެ.

އިތިއޯޕިއާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާއި އެކު ފްލައިޓު ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީއިން ބުނެފައިވަނީ އެ ގައުމުގެ ވެއްޓުނު އިތިއޯޕިިއަން އެއަރލައިންސްގެ ފްލައިޓްއާއި ކުރިން ވެއްޓުނު ހަމަ އެ މަރުކާގެ ލަޔަން އެއަރ ފްލައިޓްގެ ފްލައިޓް ޕާތްގައި އެއްގޮތް ކަންކަން އެބަހުރި ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ މި މަރުކާގެ ފްލައިޓް ދަރުތުކުރުން މަނާކޮށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް މަނާކޮށްފައެވެ. މި މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރުމުގައި ލަސް ވުމުން އެމެރިކާއަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ބޮއިންގއިން ވަނީ ފްލައިޓުތަކުގެ ރައްކާތެރިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ގްރައުންޑް ކުރަން ނިންމީ އެ ކުންފުނިން މީހުންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް އިސްކުރާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިކަން ތަކުރާރު ވިޔަ ނުދިނުމަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.

މި ހާދިސާ ހިނގި ފަހުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފްލައިޓް އުފައްދާ ކުންފުނި ކަމުގައިވާ ބޮއިންގގެ މާކެޓް ވެލިއުގެ 26 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ. މިހާރު އެ ކުންފުނީގެ ޝެއަރއެއްގެ އަގު ހުރީ 377 ޑޮލަރުގައެވެ.

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2018

އެއަރ ނިއުގިނީގެ ފްލައިޓެއް މައިކްރޮނީޝިއާގެ ފަޅަކަށް ވެއްޓިއްޖެ

28 ސެޕްޓެމްބަރު 2018
އެއަރ ނިއުގިނީގެ ފްލައިޓެއް މައިކްރޮނީޝިއާގެ ފަޅަކަށް ވެއްޓިއްޖެ
28 ޖޫން 2018

މުމްބާއީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ފްލައިޓެއް ވެއްޓި ފަސް މަރު

28 ޖޫން 2018
މުމްބާއީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް ފްލައިޓެއް ވެއްޓި ފަސް މަރު
18 ފެބުރުއަރީ 2018

66 މީހުންނާއެކު ދަތުރުކުރި ފްލައިޓެއް ވެއްޓިއްޖެ

18 ފެބުރުއަރީ 2018
66 މީހުންނާއެކު ދަތުރުކުރި ފްލައިޓެއް ވެއްޓިއްޖެ
16 އޮކްޓޯބަރު 2017

ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި

16 އޮކްޓޯބަރު 2017
ވައިގެ ތެރޭ ދިމާވި ކަމަކުން އެއާއޭޝިއާގެ ފްލައިޓެއް އަނބުރާ ޖައްސައިފި
15 އޮކްޓޯބަރު 2017

ފްރާންސް އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓުން: ހަތަރު މީހުން މަރުވެ ހަމީހުން ޒަޚަމްވި

15 އޮކްޓޯބަރު 2017
ފްރާންސް އަސްކަރިއްޔާގެ ކާގޯ ފްލައިޓެއް ވެއްޓުން: ހަތަރު މީހުން މަރުވެ ހަމީހުން ޒަޚަމްވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު